ސައުދީގެ ޖަލުތަކުގައި ތިބި 850 އިންޑިޔާގެ ގައިދީ އަކު މިނިވަން ކުރަން ނިންމައިފިއެވެ.

އިންޑީޔާގެ ފޮރިންގ މިނިސްޓްރީން ބުނެފައިވަނީ މިގޮތަށް ނިންމާފައިވަނީ ސައުދީގެ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާން އެޤައުމަށް ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދެރަ މޯދީގެ އެދި ވަޑައިގަތުމަކަށެވެ.

އިންޑިޔާގެ އެންމެ ގިނަ ބަޔަކު ޤައިދީންގެ ގޮތުގައި ތިބި ބޭރު ޤައުމެއްގެ ޖަލު ކަމުގައިވާ، ސައުދީގެ ޖަލުން850 މީހުން މިނިވަން ކުރުމަށް ނިންމާފައިވާއިރު، އެޖަލުގައި ޖުމްލަ 2,224 އިންޑީޔާ މިީހުން ތިބޭ ކަމަށް މިދިޔަ އަހަރު އިންޑީޔާއިން ނެރުނު ރިޕޯޓަކުންވަނީ ހާމަކޮށްފައެވެ.

ސައުދީގައި އިންޑީޔާގެ ޖުމްލަ2.7 މިލިޔަން މީހުން ދިރިއުޅޭއިރު، އެޤައުމުގެ ޖަލުތަކުގައި، މީހުން މެރުމާއި، ރޭޕް ކުރުމުގެ ކުށްތަކުގައި އިންޑިޔާގެ ގިނަ ބަޔަކު ހައްޔަރުކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ. ސަައުދީގައި މަސައްކަތް ކުރާ ގިނަ އިންޑިޔާ މީހުން މަސައްކަތް ކުރަމުން އަންނަނީ ކޮންސްޓްރަކްޝަން، ކުނި ކެހުން ފަދަ ދާއިރާތަކުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ދޫނުކޮއް މަރާލަންވީ ހުރިހާ ގައިދީން