އިކުއެޑޯ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މިބިންހެލުން އައިސްފައިވަނީ ޕަލޯރާ ނަމަކަށް ކިޔާ އެޤައުމުގެ އަވަށަކަށެވެ. މިބިންހެލުމުން އައިސްފައިވަނީ ރެކްޓަރ މިންގަޑުން7.7 މެގްނިޓިއުޑްގެ ބާރު މިނުގައެވެ.

ޔުނައިޓެޑް ސްޓޭސްޓް ޖިއޮލޮޖިކަލް ސާރވޭއިން ބުނެފައިވަނީ މި ބިންހެލުން އައިސްފައިވަނީ އިކުއެޑޯ ގެ އުތުރުން 224 ކިލޯމީޓަރ ދުރުން ކަމަށެވެ. ނަމަވެސް ބިންހެލުމުގެ އަސަރު އިކުއެޑޯގެ އިތުރުން ޕެރޫއަށް ކޮށްފައިވާ ކަމަށެވެ.

މިބިންހެލުމާއި ގުޅިގެން އަދި މިހާތަނަށް ސްނާމީގެ އިންޒާރެއް ދީފައިއެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހުރިހާ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުން، ދުނިޔެ ނިމުން ގާތްވެއްޖެ، މާތްﷲއަށް ބިރުވެތިވޭ، އަޅުގަނޑުމެންގެ ގައުމަކީ މުންކަރާތްތަކުންނާއި ފަސާދައިގެ ޢަމަލުން އެއްކިބާވެގެންވާ ގައުމެއްގެ ގޮތުގައި ލަހައްޓަވާށި، އާމީިން.

    9
    1