އިންޑީޔާގައި ދިރިއުޅޭ ކަޝްމީރުގެ ރައްޔިތުންނަށް އިންޑިޔާއިން ހިމާޔަތާއި ރައްކާތެރިޔަން ޔަޤީންކޮށްދިނުމަށް އިންޑިޔާގެ ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ކަޝްމީރަށް ނިސްބަތްވާ އިންޑިޔާއަށް ނިސްބަތްވާ ކިޔަވާ ކުދިންނާއި ވިޔަފާރިވެރިންނަށް ޖެއްސުން ކުރުމާއި އަނިއްޔާ ކުރުމުގެ މައްސަލަތައް އިތުރުވެފައިވާ މިދަނޑިވަޅުގައި އިންޑިޔާގެ ސްޕްރީމް ކޯޓުންވަނީ އެޤައުމުގެ ސަރުކާރަށް އެމީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަމުރުކޮށްފައެވެ.

ސްޕްރީމް ކޯޓުގެ އަމުރުގައި ސްޓޭޓް ސަރުކާރު ތަކަށާއި އިންޑިޔާގެ މައި ސަރުކާރަށް ކަޝްމީރުގެ ރައްޔިތުންނަށް ހިމާޔަތް ދިނުމަށް އަމުރުކޮށްފައިވަނީ ގިނަ ބަޔަކު ސޮއިކޮށް އިންޑިޔާގެ ސްޕްރީމް ކޯޓަށް އަމުރެއް ޕެޓިޝަނެއް ހުށަހެޅުމާއި ގުޅިގެއެވެ.

އިންޑިޔާގައި އުޅޭ ކަޝްމީރުގެ ރައްޔިތުންނަށް އިންޑިޔާގެ ބައެއް ފަރާތްތަކުން ޖެއްސުންކޮށް އަނިޔާ ކުރަން ފަށާފައިވަނީ މި މަހު 14 ވަނަ ދުވަހު ކަޝްމީރުގެ ޕުލްވަމާގައި ދިން ހަމަލާ ގައި އިންޑިޔާގެ42 ސިފައިން މަރުވުމާއި ގުޅިގެންނެވެ. މިމައްސަލައިގައި އިންޑީޔާއިން މިއީ ޕާކިސްތާނުން ކުރި ކަމެއްގެ ގޮތުގައި ތުހުމަތު ކުރާއިރު، ޕާކިސްތާނުން މިތުހުމަތު ތަކަށް އިންކާރު ކުރެއެވެ.