ސޫދާނުގައި އެއް އަހަރު ދުުވަހަށް ކުއްލި ހާލަތު އިއުލާން ކޮށްފިއެވެ.

ސޫދާންގެ ރައީސް އުމަރު އަލް ބަޝީރު ގައުމާ މުހާތަބުކޮށް ކުއްލި ހާލަތު އިއުލާން ކޮށްފައިވާ އިރު، އެގައުމުގެ ސްޓޭޓް ސަރުކާރުތައް ވަގުތީ ގޮތުން އުވާލިކަންވެސް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. ސޫދާންގެ އާ ޕްރައިމް މިނިސްޓަރެއް އައްޔަން ކޮށްފައިވީ ނަމަވެސް، މިހާރު އޮތް ކެބިނެޓް ވަނީ ސިފައިންގެ އަތް ދަށަށް ގެންގޮސްފައެވެ.

ސޫދާނުގައި ދާހިލީ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ އިރު، އެންމެ ބޮޑު މައްސަލައަކަށް ދިމާވީ މީހުންނަށް ވާނުވާ ނޭނގި ގެއްލުމާއި ތަކެތީގެ އަގު މައްޗަސް ދިޔުމެވެ. އެފަދަ ގިނަ ކަންތައްތަކެއް ސޫދާނަށް ކުރިމަތިވެފައިވާ އިރު، ސޫދާން ދާހިލީ ހަނގުރާމައަކަށް ދިޔުން ގާތެވެ. ހާއްސަކޮށް މުޒާހަރާ ކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ އިރު، ފުލުހުންނާއި އާންމުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތައްވެސް އަންނަނީ ހިނގަމުންނެވެ.

މީގެ ކުރިން 1989 ވަނަ އަހަރު ބަޝީރު ވެރިކަމަށް އައީ ބަގާވާތަކުން ކަމަށް ގިނަ ބަޔަކު ބުނެއެވެ. ކުއްލި ހާލަތާއެކު އޭނާ ވަނީ ތިންވަނަ ދައުރެއް ހޯދުމަށް މަޖިލީހަށް ވައްދާފައިވާ އިސްލާހު މަޑު ޖައްސާލުމަށްވެސް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިހުސާން

    ޝިމާން އާއި ބެހޭ ގޮތުން ހިތުގައި ގިނަ ސުވާުލު ތަށް އުފެދޭ!! ސަބަބަކީ ޝިމާން އެކަނި މާކަނޑަށް ދޫކޮށްފަ ދިޔައިރު ޝިމާގެ އަތަށް ހަމަކާއި ގުޅޭނެ ފޯނެއް ދިންކަމަށް ބުނުން އަދި ފުށުން ޖަހާލި ޑިންގީ ކައިރީގަ އޮވެމެ ޝިމާ ދޫކޮށް ދާކަށް ނުޖެހޭނެ ބަޔަކު ހޯދަން އެހާ އަވަހަށް ޝިމާގެ އަތަށް ފޯނު ދިން އިރު ގުޅާފަ ކަނޑުވި ވާހަކަ ނުބުނީ އޮޅުވާލަން ވެގެންބާ!!!