ކަޝްމީރުގެ ޕުލްވަމާގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އިންޑިޔާގެ ސިފައިން މަރުވި ހާދިސާއަށް ފަހު އިންޑިޔާގައި އުޅޭކަޝްމީރު ކިޔަވާ ކުދިންނާއި ވިޔަފާރި ވެރިންނަށް އިންޑިޔާ މީހުން ޖެއްސުންކޮށް އަނިޔާ ކުރަން ފެށުމާއެކު އެކަން ހުއްޓުވުމަށް އިންޑިޔާގެ ސްޕީމް ކޯޓުން ސަރުކާރަށް ވަނީ އަމުރެއް ނެރެފައެވެ. މިއާއެކު މައްސަލަ އިތުރަށް ހޫނުވެ، އިންޑިޔާ މީހުން މިވަނީ އިތުރު ދާއިރާ ތަކުގައި އުޅޭ މީހުންނަށްވެސް ޖެއްސުން ކުރަން ފަށާފައެވެ.

މިގޮތުން އިއްޔެވެސް ވަނީ ރޯމާ ދުވާލު އިންޑިޔާގައި އުޅޭ އިންޑިޔާގެ ޕޫނޭގައި ދިިރިއުޅޭ ކަޝްމީރުގެ ނޫސްވެރިއަކަށް ވަނީ އަނިޔާކޮށްފައެވެ.

ޖިބްރާން ނާޒިރު ނަމަކަށް ކިޔާ މީހަކަށް އަނިޔާކޮށްފައިވަނީ އެމީހާއަކީ ކަޝްމީރުގެ މީހަކަށް ވާތީއެވެ. އިންޑިޔާގެ ފުލުހުން މިމައްސަލަ މިހާރު ދަނީ ބަލަމުންނެވެ. ނާޒިރު ބުނެފައިވަނީ އޭނާއަށް ހަމަލާދީފައިވަނީ ޓްރެފިކް ލައިޓެއް ކައިރީގައި ހުއްޓާ ކަމަށެވެ. އަދި "އަނބުރާ ޤައުމަށް" ދާށޭ ކިޔާ ދެމީހަކު ވެގެން އޭނާ ގައިގައި ތަޅައިގަތީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި ހާދިސާގެ އިތުރުންވެސް އިތުރު ބައެއް ހާދިސާތައްވެސް އިންޑިޔާގައި ހިނގާފައި އެބަހުއްޓެވެ. މިއިން ކޮންމެ ކަމެއްވެސް ނިމިގެންދަނީ ޕުލްވަމާގައި ހިނގި ހާދިސާއާ ހިސާބުންނެވެ.

މި މަހު 14 ވަނަ ދުވަހު ކަޝްމީރުގެ ޕުލްވަމާގައި ދިން ހަމަލާ ގައި އިންޑިޔާގެ42 ސިފައިން ވަނީ މަރުވެފައެވެ. މިމައްސަލައިގައި އިންޑީޔާއިން މިއީ ޕާކިސްތާނުން ކުރި ކަމެއްގެ ގޮތުގައި ތުހުމަތު ކުރާއިރު، ޕާކިސްތާނުން މިތުހުމަތު ތަކަށް އިންކާރު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    އަހަންނަށް ބޮޑަށް ވައްތަރީ ތިޔަ ބުނާ 40 އެތައް ސިފައިންނެއް މަރާލި ހާދިސާއަކީ އިންސައިޑް ޖޮބްއެއްހެން. މިހެން މިބުނީ ކެންޕެއިން ފޯރިގަދަވެފައިވާއިރު މޯދީ އަައި އޭނާގެ ޕާރޓީ އަށް ތާއިދު ވަނީ ވަރަށް ދަށްވެފައި. އެކަމުން ސަލާމަތްވެވެން އޮތް އެންމެ މޮޅު ކާޑު އެކުޅެނީ މިހާރު. ޢިންޑިއާ މީހުން އެންމެ ރުޅި އަންނަ މީހުންނާ ދެކޮޅަށް ބާރު ބޭނުންކޮށް ރައްޔިތުން އުފާކޮށްދީފަ މޯދީއަށް ސަޕޯޓް އިތުރުކުރެވެތޯ. ތިކަމުން ފެންނަން އޮތް ގެއްލުމާއި ފައިދާއަށް ރަނގަޅަށް ބަލާލީމަ އަހަންނަށް ފާހަގފާހަގަ ވާގޮތް މީ. އެމެރިކާ މީހުންކައިރިން މޯދީ ދަސްކޮށްފި ރަނގަޅަށްވެސް. ޢަ ސެކްރިފައިސް އިސް ނެސެސަރީ ފޯ ދަ ގްރޭޓަރ ގުޑް

    29
    1
  2. އިންޑިއަން ލޮޖިކް

    ބަލަ އަނބުރާ ގައުމަށް ދިޔައިމަ ގައުމުގައިވެސް ތިބެނީ ތި އާލާތުން ހިސާރުކޮށްފައި ލޮލް

    5
    1