އިންޑިޔާއިން ޕާކިސްތާނަށް ހަމަލާއެއް ދީފިނަމަ ރައްދުގައި ދޭނެ ހަމަލާ ވެގެންދާނެ، އިންޑީޔާއަށް ސަޕްރައިޒަކަށް ކަމަށް ސިފައިންގެ ސިފައިންގެ ތަރުޖަމާން މޭޖާ ޖެނެރަލް އާސިފް ޣަފޫރު ވިދާޅުވެއްޖެވެ.

ކަޝްމީރުގައި ދިން ހަމަލާއެއްގައި އިންޑިޔާގެ 42 ސިފައިން މަރުވުމާއި ގުޅިގެން، އިންޑިޔާއިން ޕާކިސްތާނަށް އެކަމުގެ ރައްދުދޭނެ ކަމަށް އަޑު ގަދަވެފައިވެއެވެ. މިކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އާސިފް ވިދާޅުވީ، އިންޑިޔާއަކީ ޒަމާންވީ ދޫޝްމަނެއް ކަމަށާްއި ޕާކިސްތާނުންވަނީ ނުދަންނަ ޤައުމުތަކުގެ މައްޗަށްވެސް ކުރި ހޯދާފައި ކަމަށެވެ.

"އިސްވެ، ހަމަލާއެއް ނުދޭނެނަން. ހަމަލާއެއް ދީފިއްޔާ އޭގެ ރައްދު، އިންޑިޔާ ހައިރާންކޮށްލާނެ. އިންޑީޔާގެ ހަމަލާއަކަށް ޕާކިސްތާނެއް ނުސިހޭނެ" މޭޖާ ޖެނެރަލް އާސިފް ޣަފޫރު ވިދާޅުވިއެވެ.

މޭޖާ ޖެނެރަލް އާސިފް ޣަފޫރު މިމޭރުވުމް ވާހަކަފުޅު ދައްކަވާފައިވާއިރު، ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން އިއްޔެވަނީ އެޤައުމުގެ ފުލުހުންނަށް އައިސްދާނެ ހަމަލާއަކަށް ތައްޔާރަށް ތިބުމަށް ގޮވާލާފައެވެ. އަދި ހަމަލާއެއް ދީފި ހާލަތެއްގައި ރައްދު ދިނުމުގެ ހުއްދަވެސް ދެއްވާފައެވެ.

ކަޝްމީރުގައި ދިން ހަމަލާގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 42 މީހުން ވަނީ މަރުވެފަ އެވެ. މިއީ 1989 ވަނަ އަހަރުގެ ފަހުން ކަޝްމީރުގައި ދިން އެންމެ ނުރައްކާ ހަމަލާ އެވެ.