އިންޑިއާ ކަނޑުގައި ބާރުގަދަ ކުރަން ފަރާންސް އިން ދާދި ފަހުން ޒަމާނަށް ފެތޭގޮތަށް މަރާމާތު ކުރި އެޤައުމުގެ ހަމަ އެކަނި އަސްކަރީ މަތިންދާ ބޯޓް އުފުލާ މަނަވަރު އިންޑިއާ ކަނޑަށް ފޮނުވަން ނިންމައިފިއެވެ.

އިންޑިއާ ކަނޑުގައި އަސްކަރީ ގޮތުން އެންމެ ބާރު ފޯރުވާ ނުފޫޒު ގަދަ ގައުމަކީ ފްރާންސެވެ. އިންޑިއާ ކަނޑުގައި މިހާރު ވެސް ފްރާންސްގެ ބާރު ހިންގާ ގިނަ ރައްތަކެއް ހިމެނޭ އިރު އިންޑިއާ ކަނޑުގައި ފްރާންސްގެ 16 އަސްކަރީ ބޭސް އެބައޮތެވެ.

ފްރާންސްގެ ދިފާއީ ވުޒާރާއިން ބުނިގޮތުގައި އެގައުމުގެ ހަމަ އެކަނި މަތިންދާ ބޯޓް އުފުލާ މަނަވަރު " ޗާލްސް ޑީ ގައުލޭ" އިންޑިއާ ކަނޑުގައި އޮންނަ ރީޔޫނިއަން އައިލެންޑްގައި ހަމަސް ދުވަހުގެ މުއްދަތަކަށް ހަރަކާތްތެރިވާނެ ކަމަށާއި 42000 ޓަނުގެ މަތިންދާ ބޯޓް އުފުލާ މަނަވަރާއި އެކު އިތުރު ދެ މަނަވަރު އަދި މީގެ އިތުރުން ސަބްމެރިނެއް ވެސް ހަރަކާތްތެރިވާނެ ކަމަށެވެ.

ރީ ޔޫނިއަން އައިސްލޭންޑް އަކީ އިންޑިއާ ކަނޑުގައި އޮންނަ ފްރާންސްގެ ޖަޒީރާ ރަށެކެވެ.

ފްރާންސްގެ އިތުރުން އެމެރިކާ އަދި އޮސްޓްރިއާއިން ވެސް އިންޑިއާ ކަނޑުގައި އަސްކަރީ ގޮތުން ހަރަކާތެރިވެއެވެ. އެމެރިކާގެ އަސްކަރީ ބޭހެއް އިންޑިއާ ކަނޑުގައި މިހާރުވެސް ވެއެވެ.

ކޮންމެ ދުވަހަކު އިންޑިއާ ކަނޑު ހުރަސްކޮށް 40 މިލިއަން ފީފާގެ ތެޔޮ އުފުލާއިރު މިއިން ކޮންމެ ގައުމަކަށް ވެސް އިންޑިއާ ކަނޑުގެ އަމާންކަން ވަރަށް މުހިންމެވެ.

ރާއްޖެ ވެސް ހިމެނޭ އިންޑިއާ ކަނޑިގެ ސަރަހައްދަކީ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ކަނޑު ފޭރުމުގެ ހަރަކާތްތަށް ހިންގަމުން އަންނަ ސަރަހައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    ޤައުމު އިނދަ ޖެހުނީމަ މީޑިއާގެ ސަމާލުކަންއެހެން ދިމާއަކަށް އަނބުރާލަން ކުރި ކަމެއް

    19
    1