ޕެރޫއަށް 7.0 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ، ޕެރޫގެ 258 ކިލޯމީޓަރު އަޑިއަށް މި ބިން ހެލުން އައިސްފައި ވަނީ މިއަދު މެންދުރު 13:50 ހާއިރު ކަމަށެވެ.

މާލެ އާއި 15839 ކިލޯ މީޓަރު ދުރުން ޕެރޫއަށް އައި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށްވެސް މެޓް އިން ބުންޏެވެ.

ބިންހެލުންތަކާއި ސުނާމީތަކާ ބެހޭ އެމެރިކާގެ އިދާރާ، ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ޕެރޫގެ މެދުތެރޭގެ ސަރަހައްދަކަށެވެ.

ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

ބިންހެލުމުގެ ސަބަބުން އެއްވެސް ތަނަކަށް ނުވަތަ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހަންމާ

    Aisha thi dhen konkameh .. Nikan hadhaabala 30km dhuvan eyrun thi helmet alhaakah nujeheynu.