އިންޑިޔާގެ މަހާރަޝްތާގައި 12 އަހަރުގެ ފިރިހެން ކުއްޖެއް އެތައް ފަހަރެއްގެ މަތިން 10 އަހަރުގެ އަންހެން ކުއްޖެއް ރޭޕުކުރުމުން އެ ކުއްޖާ ބަނޑުބޮޑު ވެއްޖެއެވެ.

އެ ފިރިހެން ކުއްޖާ ހަތަރުމަސް ވަންދެން އެ އަންހެންކުއްޖާ ރޭޕުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަންހެން ކުއްޖާ ބަނޑުބޮޑުވުމުން އެ ފިރިހެން ކުއްޖާގެ މައްސަލަ ޖައްސާފައިވަނީ އަންހެންކުއްޖާގެ އާއިލާއިންނެވެ.

އަންހެން ކުއްޖާގެ އާއިލާއިން ބުނެފައިވަނީ އެކުއްޖާ ފަހަކަށް އައި ބަނޑަށް ތަދުވާތީ އުޅޭކަމަށެވެ. އަދި އެ ކުއްޖާ ބަނޑުބޮޑުކަން އެނގުނީ އެދުވަހު ރިޕޯޓުތައް ހެދުމުން ކަމަށެވެ. އަދި އެހިސާބުން އާއިލާއިން އެ ކުއްޖާ ގާތުގައި ސުވާލުކުރުމުން އެކުއްޖާ ވަނީ ހުރިހާ ވާހަކައެއް ތެދަށް ކިޔައިދީފައެވެ.

މި މައްސަލަ މިހާރު އަންނަނީ ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައ ތަޙުގީގު ކުރަމުންނެވެ. އެހެންނަމަވެސް އެ ފިރިހެން ކުއްޖާ އަދި މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވެބް ސައިންޓިސްޓް

    އެހާ ކުޑަކުދިންގެ ދަރިފަނި ހުރޭތަ؟
    ކުޑަކޮށް ހީވޭ ޢާއިލާ ނުވަތަ ގާތް މީހެއް ބެހުނީމަ އެހެން މީހެއް ބޮލުގައި އަޅުވަނީހެން.
    ޑީއެންއޭ ޓެސްޓް ކޮށްގެން ތިކަން ބަލަންވާނެ

    19
    16
  2. ޖިންނި

    ބްލޭމް ޕާކިސްތާން

    9
    11
  3. މަންތިރި

    10 ބާރަ އަހަރުގެ ކުދީން ކުޑައެއް ނުވާނެ. ހުރިހާ ކަމެއް ކުރެވޭނެ ބަރާބަރަށް. އެކަން އެއޮތީ މީގެ 1400 އަހަރެު ކުރީންވެސް އަހަރެމެންނަށް ދައްކަވާ ދެއްވާފަ.

    40
    1
    • އެ

      ތިބުނި ގޮތަށް ކޮބާ ޔަގީންވާން އޮތް ހެކި

      2
      11
  4. ކޮރަލް

    އިންޑިޔާ ސްޕްރިމް ކޯޓުން އެކި ވައްތަރުގެ ކުޅި ކުޅެން ވަނީ ހުއްދަ ދީފައެވެ.

    17
  5. ރައްޔިތުމީހާ

    ދެން ދެކުދިން ކައިވެނިކޮށްދީ...