އިންޑީޔާގެ ވެރިކަން ކުރާ ޕާޓީ ބާރަތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ) ގެ ރަސްމީވެބްސައިޓް ހެކް ކޮށްލައިފިއެވެ.

އިންޑީޔާގެ ނޫސްތަކުން މަޢުލޫމާތު ދޭ ގޮތުގައި މި ވެބްސައިޓް ހެކްކޮށްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް ވެބްސައިޓް ހެކްކޮށްފައިވަނީ ކޮން ފަރާތަކުން އަދި މިހާތަނަށް ހާމަކޮށްފައިއެއް ނުވެއެވެ. އަދި ހެކް ކުުރުމުގެ ޒިންމާވެސް އެއްވެސް ފަރާތަކުން އުފުލާފައިއެއް ނުވެއެވެ.

ވެބްސައިޓް ހެކް ކުރުމާއެކު މިއަދު ހެނދުނު އެ ވެބްސައިޓްގައިވަނީ އެޤައުމުގެ ބޮޑު ވަޒީރު ނަރެންދެރަ މޯދީގެ މީމްތަކެއް އަޅާފައެވެ. އަދި ޖަރުމަނުގެ ޗާންސެލަރ އެންޖެލީނާ މާކަލްއާއި ބޮޑު ވަޒީރުގެ ފޮޓޯތަކެއް އެޑިޓްކޮށް ވެބްސައިޓަށްވަނީ އަޅާފައެވެ.

ބީޖޭޕީގެ ވެބްސައިޓްގެ އެޑްމިން ބުނެފައިވަނީ މިހާރު ވެބްސައިޓް އޮތީ އެމީހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި ވެބްސައިޓް އަޕްވާނެ ކަމަށްވެސް އޭނާ ބުނެއެވެ.

މިހާރު ބީޖޭޕީގެ ސައިޓްއަށް ވަނުމުން މަރާމާތު ކުރަން ވެބްސައިޓަށް ނުވަދެވޭ ކަމަށް ލިޔެފައިވެއެވެ.

ބީޖޭޕީގެ ހެކްކޮށްފައިވާ މިދަނޑިވަޅަކީ އިންޑީޔާއާ ޕާކިސްތާނާ ދެމެދުގެ މަޝްރަޙް ވަރަށް ހޫނު ދުވަސްކޮޅެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުބު

    މީފެށުން އިގޭ..