އެންމެ ވައި ނުސާފަ 10 ސިޓީ އޮތީ އިންޑިޔާގައި ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އާޓްވިޝުއަލް އެންޑް ގްރީން ޕީސްއިން ހަދާ އާއްމުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ދުނިޔޭގައި އެންމެ އެންމެ ވައި ނުސާފު ވެރިކަން ކުރާ ސިޓީއަކޫ އިންޑިޔާގެ ވެރިރަށް ނިއު ޑެއްލީއެވެ. ނިއުޑެއްލީގައި ޖުމްލަ 20 މިލިޔަން މީހުން ދިރިއެމުން އަންނަކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ވައި ނުސާފު ސިޓީތަކުގެ ލިސްޓްގައި އެންމެ ވައި ނުސާފު ލިސްޓްގެ ފުރަތަމަ 20 ގައި އޮތީ އޭޝިޔާގެ ތިން ޤައުމެއްކަން ފާހަގަކޮށްލެވެއެވެ. އެއީ އިންޑިޔާ، ޕާކިސްތާން، އަދި ބަގްލަދޭޝްއެވެ.

މިރިޕޯޓްގަައި އާޓްވިޝުއަލް އެންޑް ގްރީން ޕީސްއިން އިން ބުނެފައިވަނީ މިފަދަ ރިޕޯޓެއް އެކުލަވާލާ ޝާއިރު ކުރުމުގެ މަޤްސަދަކީ އިންސާނުން ނޭވާ ލުމަށް ބޭނުން ކުރާ ވައި ސާފު ނޫންކަން އިންސާނުންނަށް ހާމަކޮށްދިނުން ކަމަށާއި މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެންމެ ގިނައިން ވައި ނުސާފުވާ ބައިވަތްތަކަށްވެސް މިރިޕޯޓްގައިވަނީ އަލިއަޅުވާލާފައެވެ. މިގޮތުން ބުނެފައިވަނީ އެންމެ ގިނައިން ވައި ނުސާފުވަނީ ދުއްވާ އުޅަދު، އިންޑަސްރީ، އަދި ކަރަންޓު ނެގުމަށް ބޭނުން ކުރާ އާލާތްތަކުން ކަމަށެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެހެން

    ހަމަ ޔަޤީން މާލެއަކު ނޫންކަން؟؟

  2. އަހުމަދު

    ބުނެދީބަލަ އިންޑިޔާގައި ސާފު އެއްޗެއް

  3. ރޭޕިސްތާން

    ޑުނިޔޭގަ ލެއްވި ނުބައި ހުރިހާ ކަމަކުން އެންމެ ކުރީގަ އުޅެނީ އިންޑިޔާ..!