ސަޢުދީ އަރަބިއްޔާއަށް 5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ސައުދީގެ އަލް ގުނިފާތާގެ ދެކުނުން 161 ކިލޯމީޓަރަށް އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރެކްޓާ މިންގަނޑުން 5.0 މެގްނެޓިއުޑް ބާރު މިނުގައެވެ. އެގައުމަށް މިފަދަ ބިންހެލުމެއް އައިސްފައިވާ އިރު، ސައުދީއަކީ ބިންހެލުން ވަރަށް މަދު ގައުމެއްކަން ފާހަގަކޮށްލެވެއެވެ.

ސައުދީއަށް މިރޭ އައި ބިންހެލުުމާ ގުޅިގެން އެއްވެސް ތަނަކަށް ގެއްލުންވި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިދިޔަ އަހަރު މަދީނާއަށް ކުޑަ ބިންހެލުމެއް އައި އިރު، އޭގެ ކުރިން ހަބަރުތަކަށް އަރާ ވަރަށްވެސް ބިންހެލުން އައިސްފައި ވަނީ މަދު ފަހަރެއްގައެވެ. އެގޮތުން 2009 ވަނަ އަހަރު ސައުދީއަށް ދެ ބިންހެލުން އައި އިރު، އެފަހަރު ވަނީ 5.7ގެ ބިންހެލުމެއް އައިސް ހަތް މީހަކު ޒަހަމްވެސް ވެފައެވެ. އަދި އެއަހަރުގެ އަނެއް ބިންހެލުން 4.6 މެގްނެޓިއުޓް ބާރު މިނުގައި އައި އިރު، ބައެއް ތަންތަނަށް ވަނީ ގެއްލުން ވެފައެވެ.

ތާރީހަށް ބަލާ އިރު، 1072 ވަނަ އަހަރުވެސް ސައުދީއާއި ޔަމަނަށް އައި ބިންހެލުމެއްގައި 50 މީހުން މަރުވި ކަމަށް ރެކޯޑު ކުރެވިފައިވެއެވެ. އަދި 551 ވަނަ އަހަރު ސައުދީއާއި އަރަބި އިތުރު ތިން ގައުމެއް ހިމެނޭ ގޮތަށް އައި ބިންހެލުމެއްގައި ސުނާމީއެއް އުފެދި 30،000 އަށްވުރެ ގިނަ މީހުން މަރުވި ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖައްބާރު

    ނާންނާނެ