އަވަށްޓެރި ސްރީ ލަންކާގެ ކޮލަމްބޯގެ ކޮއްލުޕިޓިޔާގައި އެއްޗެއް ގޮވައި ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.

މިއަދު މެންދުރު ހާދިސާ ހިނގާފައިވަނީ ކޮއްލުޕިޓިޔާގެ ޖަންކްޝަންގައި ހުންނަ ފިހާރާ ސަރަހައްދުގައެވެ.

މި ހާދިސާގައި އެ ހިސާބުގެ 11 ފިހާރައަކަށް ވަނީ ގެއްލުންތަކެއް ވެފައެވެ. އަދި ތިން ފިހާރައެއް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށް ފުލުހުންނާއި ހަވާލާތީ ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބުނިގޮތުގައި، މި ހާދިސާގައި ޗައިނާއަށް ނިސްބަތްވާ ދެމަފިރިއަކަށް ގެއްލުންތަކެއް ވަނީ ވެފައެވެ. އަދި އެ ސަރަހައްދުގައި ފިހާރައެއް ހިންގަމުން އަންނަ ދެ މީހަކަށްވެސް ގެއްލުންތަކެއްވިއިރު، އޭގެ ތެރެއިން އެކަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ ސަރަހައްދުގައި ގޮވީ ކޮން އެއްޗެއް ކަމެއް އަދި ނޭގެއެވެ. އަދި އަދި އެއްޗެއް ގޮވަން މެދުވެރިވީ ކީއްވެގެންކަންވެސް ރިޕޯޓްތަކުގައި ބުނެފައިނުވާއިރު، މި ހަދިސާ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.