ޖަލަކީ ކުށްވެރިން ބަންދު ކުރުމަށް ބޭނުން ކުރާ ތަނެކެވެ. އެހެންކަމުން ދުނިޔޭގެ އެއްވެސް ގައުމެއްގައި ޖަލަކީ އަރާމު ތަނެއް ނޫނެވެ. ޖަލަށް ލުމަކީ ވޭނެކެވެ. އެންމެން ކުށް ނުކުރަނީ ޖަލަށް ދިއުމަކީ ވޭނެއްކަން އެމީހުންނަށް އެނގޭތީއެވެ.

ޖަަލަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ދާދި އެއްގޮތަކަށް ހުންނަ ތަނެކެވެ. ބައެއް ގައުމުތަކުގެ ޖަލުތަކުގެ ފެންވަރު ރަނގަޅު ނަމަވެސް އަނެއްބައި ގައުމުތަކުގައި ޖަލުތަކުގެ ފެންވަރު ވަރަށް ދަށެވެ.

ތިރީގައި މިވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ޖަލުތައް ހުންނަ ގޮތެވެ.

މިއީ މަލާވީގެ ޖަލެއްގެ ފޮޓޯއެއް
މިއީ ބްރެޒިލްގެ ޖަލެއްގެ ފޮޓޯއެއް
މިއީ އެމެރިކާގެ އޮކްލޮހޯމާގެ ޖަލެއްގެ ފޮޓޯއެއް
މިއީ އެމެރިކާގެ އޮކްލޮހޯމާގެ ޖަލެއްގެ ފޮޓޯއެއް
މިއީ އެމެރިކާގެ ނިއުޔޯކްގެ ޖަލެއްގެ ފޮޓޯއެއް
މިއީ އެމެރިކާގެ ނިއުޔޯކްގެ ޖަލެއްގެ ފޮޓޯއެއް
މިއީ އެމެރިކާ ބައްރުގެ ގައުމެއް ކަމަށްވާ ހެއިޓީގެ ޖަލެއްގެ ފޮޓޯއެއް
މިއީ އެމެރިކާ ބައްރުގެ ގައުމެއް ކަމަށްވާ ހެއިޓީގެ ޖަލެއްގެ ފޮޓޯއެއް

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސާނާ

    މިޤައުމުގާ އުޅޭ މީހުންނަށް ހީވެފައި އޮންނަނީ ޖަލަކީ ވަރަށް އަރާމް ތަނެއް ހެން. ޢެހެން ޤައުމު ތަކުގެ ޖަލުތަކާ ހަމައެއްގޮތަށް މިތާގެ ޖަލުތައްވެސް ހުންނަނީ. މިއުޅޭ ސިޔާސީ ބައިގަނޑު ހިންހަމަ އެއް ނުޖެހޭނެ އެތަން 5 ސްޓާރ ހޮޓަލެއް ހެން ނުހުންނަންޔާ. މީދެން ވަރަށް ވާހަކަ....

  2. ތުނިޔަ

    ދެން ރާއްޖޭ ޖަލެއްގެ ފޮޓޯ ހިމަނާލިނަމަ އެއްނު!

  3. ޢަލިފުޅު

    ރާއްޖޭގެ ޖަލުތަކޭކިޔާފަ ހުންނަނީ ގަނޑުވަރުތައް، ކާންދެނީ އެމީހަކު ބޭނުންއެއްޗެއް، ގެއިންކާންނުލިބޭހާ މީރުކޮށް އެގަނޑުވަރުތަކުން ކާންލިބޭ!!!

    • ލޮލް..

      ކަލޭ ދިޔައިން ތަ؟؟ ދިޔަ ނަމަ ތިހެން ނުބުނާނެ...

  4. Anonymous

    ޖަލުގައި އަންނިއައް ފައްކާކޮއްފަ ހުރި ފައިވްސްޓަރ ކޮޓަރިވެެސް ދައްކާލިނަމަ

  5. ޢިއްޒަތު އިބްރާހީމް

    މިތަންތަން ދައްކަންވީ ދިވެހިރާއްޖޭގެ އެޗްއާރުސީއެމް ގެ ބޭފުޅުންނަށް!

    • ލޮލް..

      މޮޔަ ނުވޭ.. ތިއިނީ ހޮވާފަ ހުސް ކަމަކު ނުދާ ޖަލުތަށް. ދުނިޔޭގެ އެންމެ ނުބައި މީހުން ލަނީ ގުއަންޓަނާ މޯބޭ ޖަލަށް. ގޫގުލް ކޮށްގެން ވިޔަސް އެތަނުގެ ފޮޓޯ އެއް ބަލާލަބަ.

  6. ކޮކާކޯލާ

    ޖަލަކީ އަނިޔާ ދޭން ބުރަ ޖައްސަން ލާ ތަނެއް ނޫން. ޖަލަށްލަނީ ކުށް ކުރާމީހުން މުޖުތަމައު އިންވއެކަހެރި ކޮށް މުޖުތަމައު އަމާން ކޮށް އަދި ކުށް ކުރާ މީހުން ރީހެބިލިޓޭޓް ކުރަން.

  7. ށސނ

    ފާރިސް ޖަލަށްލީމަ ފިނި ނޫންކަން އެނގުނީ..މައުމޫނު30އަހަރު ވެރިކަން ކުރިއިރު ވެސް ޖަލުގެ ހާލް ގޯސް ކީއްވެ އިހްސާސް ނުވީ....

  8. ނައިންޓީ

    ޖަލު އެއީ ކުށްވެރިން ވައްދާ ތަނެއް. ކުއްވެރިވެއްޖެނަމަ ރައީސެއް ފަނޑިޔާރެއް ތަފާތުވާކަށް ނުޖެހޭ. ޖަލު އެއީ ރަނގަޅުތަނެއްނޫން. ރަނގަޅު ވެގެންވެސް ނުވާނެ. ޖަލު ކަމުނުދާތީ އެތަނަށް ދާންބޭނުންނުވާމީހުން ކިޔަމަންތެރިވާން ދަސްކުރޭ. ޖަލުގެ ފެންވަރު ރަނގަޅުކުރާކަށް ނުޖެހޭ.

  9. ާއަައްޑޫ

    ދެން ކީތްވެތަ ހުކުމް ނުއިއްވަނީހެން ހަތަރު ފަސް މަސް ދުވަސް ވަންދެން މީހުން މިކަހަލަ ތަންތަނުގަ ބަހައްޓަނީ؟