ޖަލަކީ ކުށްވެރިން ބަންދު ކުރުމަށް ބޭނުން ކުރާ ތަނެކެވެ. އެހެންކަމުން ދުނިޔޭގެ އެއްވެސް ގައުމެއްގައި ޖަލަކީ އަރާމު ތަނެއް ނޫނެވެ. ޖަލަށް ލުމަކީ ވޭނެކެވެ. އެންމެން ކުށް ނުކުރަނީ ޖަލަށް ދިއުމަކީ ވޭނެއްކަން އެމީހުންނަށް އެނގޭތީއެވެ.
ޖަަލަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ދާދި އެއްގޮތަކަށް ހުންނަ ތަނެކެވެ. ބައެއް ގައުމުތަކުގެ ޖަލުތަކުގެ ފެންވަރު ރަނގަޅު ނަމަވެސް އަނެއްބައި ގައުމުތަކުގައި ޖަލުތަކުގެ ފެންވަރު ވަރަށް ދަށެވެ.
ތިރީގައި މިވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ޖަލުތައް ހުންނަ ގޮތެވެ.
މިޤައުމުގާ އުޅޭ މީހުންނަށް ހީވެފައި އޮންނަނީ ޖަލަކީ ވަރަށް އަރާމް ތަނެއް ހެން. ޢެހެން ޤައުމު ތަކުގެ ޖަލުތަކާ ހަމައެއްގޮތަށް މިތާގެ ޖަލުތައްވެސް ހުންނަނީ. މިއުޅޭ ސިޔާސީ ބައިގަނޑު ހިންހަމަ އެއް ނުޖެހޭނެ އެތަން 5 ސްޓާރ ހޮޓަލެއް ހެން ނުހުންނަންޔާ. މީދެން ވަރަށް ވާހަކަ....
ދެން ރާއްޖޭ ޖަލެއްގެ ފޮޓޯ ހިމަނާލިނަމަ އެއްނު!
ރާއްޖޭގެ ޖަލުތަކޭކިޔާފަ ހުންނަނީ ގަނޑުވަރުތައް، ކާންދެނީ އެމީހަކު ބޭނުންއެއްޗެއް، ގެއިންކާންނުލިބޭހާ މީރުކޮށް އެގަނޑުވަރުތަކުން ކާންލިބޭ!!!
ކަލޭ ދިޔައިން ތަ؟؟ ދިޔަ ނަމަ ތިހެން ނުބުނާނެ...
ޖަލުގައި އަންނިއައް ފައްކާކޮއްފަ ހުރި ފައިވްސްޓަރ ކޮޓަރިވެެސް ދައްކާލިނަމަ
މިތަންތަން ދައްކަންވީ ދިވެހިރާއްޖޭގެ އެޗްއާރުސީއެމް ގެ ބޭފުޅުންނަށް!
މޮޔަ ނުވޭ.. ތިއިނީ ހޮވާފަ ހުސް ކަމަކު ނުދާ ޖަލުތަށް. ދުނިޔޭގެ އެންމެ ނުބައި މީހުން ލަނީ ގުއަންޓަނާ މޯބޭ ޖަލަށް. ގޫގުލް ކޮށްގެން ވިޔަސް އެތަނުގެ ފޮޓޯ އެއް ބަލާލަބަ.
ޖަލަކީ އަނިޔާ ދޭން ބުރަ ޖައްސަން ލާ ތަނެއް ނޫން. ޖަލަށްލަނީ ކުށް ކުރާމީހުން މުޖުތަމައު އިންވއެކަހެރި ކޮށް މުޖުތަމައު އަމާން ކޮށް އަދި ކުށް ކުރާ މީހުން ރީހެބިލިޓޭޓް ކުރަން.
ފާރިސް ޖަލަށްލީމަ ފިނި ނޫންކަން އެނގުނީ..މައުމޫނު30އަހަރު ވެރިކަން ކުރިއިރު ވެސް ޖަލުގެ ހާލް ގޯސް ކީއްވެ އިހްސާސް ނުވީ....
ޖަލު އެއީ ކުށްވެރިން ވައްދާ ތަނެއް. ކުއްވެރިވެއްޖެނަމަ ރައީސެއް ފަނޑިޔާރެއް ތަފާތުވާކަށް ނުޖެހޭ. ޖަލު އެއީ ރަނގަޅުތަނެއްނޫން. ރަނގަޅު ވެގެންވެސް ނުވާނެ. ޖަލު ކަމުނުދާތީ އެތަނަށް ދާންބޭނުންނުވާމީހުން ކިޔަމަންތެރިވާން ދަސްކުރޭ. ޖަލުގެ ފެންވަރު ރަނގަޅުކުރާކަށް ނުޖެހޭ.
ދެން ކީތްވެތަ ހުކުމް ނުއިއްވަނީހެން ހަތަރު ފަސް މަސް ދުވަސް ވަންދެން މީހުން މިކަހަލަ ތަންތަނުގަ ބަހައްޓަނީ؟