އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އިއްޔެ ސަލްފިތް ސިޓީގައި ހިންގި ކުރިމަތިލުން ތަކެއްގައި އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ދެ މީހެއް ގަޔަށް ބަޑި ޖެހިކަމަށާއި އޭގެ ތެރެއިން އުމުރުން 23 އަހަރުގެ މުހައްމަދު ޝާހީން ވަނީ ޒަހަމް ތަކަށް ހޮސްޕިޓަލަށް ގެންދެވުނު އިރު ޝަހީދުވެފައިވާ ކަމަށެވެ.

އެ އިދާރާއިން އިތުރަށް ބުނީ ޝާހީން ޝަހީދުވީ މެޔަށް އަމާޒު ކޮށް ބަޑިޖެހުމުން ކަމަށެވެ.

އިއްޔެ ހިންގި ކުރިމަތިލުން ތަކުގައި ފަލަސްތީނުގެ ޒުވާނުން ވަނީ ގަލާއި ފުޅި އިސްރާއީލުގެ ސިފައިނާއި ދިމާލަށް އުކާފައެވެ.

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުވެ ބިންތަކުގައި ގަދަކަމުން ވަޒަންވެރިކުރުވާފައިވާ ޔަހޫދީން ފަލަސްތީނު މީހުންނަށް ހަމަލާ ދިނުން ގިނަވެގެން އިސްރާއީލްގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީންގެ ބައެއް މީހުން ތެދުވުމުން އިސްރާއީލުން ވަނީ ފަލަސްތީނުގެ ވެރިރަށް ރާމަﷲގައި މިމަހު ކުރީ ކޮޅު އޮޕަރޭޝަނެއް ވެސް ފަށާފައެވެ.

މިދިޔަ އަހަރު މާޗް މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 245 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 22000 ވުރެ މައްޗަށް އަރައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހެޔޮލަފާ

    ޔާ ﷲ ޔަހޫދީ ނުބައި ނުލަފާ މީހުންގެ ކިބައިން މުސްލިމުންގެ ސަލާމަތް ކުރަށް ވާދޭ

    27
    1
  2. ބާބަ

    ފަލަސްތީނުގަ އުޅޭނީ މެހި ހޯނު ކުރެފި އެހެން ވީމަ އދ އީޔޫ ތަންތަނައް އޯކޭވާނެ

  3. އަންނި

    މަރުވީ ދޮން އިނގިރޭސި އަކަށް ނުވާތީ. ރީނދޫ ގުންޑާ އިންނަށް އުފާވެރި ދުވަހެއް.

    10
    1
  4. ދާމޫ

    އދ. އަކީ ކާފިރުންގެ ޕްރޮޕެގެންޑާ މެޝިނެއް!