ޗައިނާގައި ހިންގާދިޔަ ވަރަށް ހައިރާންކުރަނިވި ފޭރުމެއްގައި ފޭރިގަނެފައިވާ ލާރި އަނބުރާ ހަވާލު ކޮށްފިއެވެ.

އައިސީބީ ބެންކްގެ ކެމެރާ ފުޓޭޖް އިން ފެންނަގޮތުގައި ލީ ނަމަކަށް ކިޔާ އަންހެނަކު އޭޓީއެމް ތެރޭގައި ލާރި ނަގަން ހުއްޓާ ކުއްލިއަކަށް އެތާ ތެރެއަށް ވަން ފިރިހެނަކު ވަޅިންވަނީ އޭނާ އަށް ބިރު ދައްކައި ލާރި ހޯދަން މަސައްކަތް ކޮއްފައެވެ.

މި އަންހެން މީހާ އަތުން އޭނާ ހޯދާފައިވަނީ 2500 ޔުއާން އެވެ. އަދި އިތުރަށް ލާރި އިންތޯ ބަލަންވެގެން އޭނާ ބުނީ އެކައުންޓް ބެލެންސް ދެއްކުމަށެވެ. ބެލެންސް ބެލުމަށް ފަހު އޭނާ އަށް ވެސް އިހުސާސް ކުރެވުނީ އެ އަންހެންމީހާ އަތުގައި އެއްވެސް ވަރަކަށް ލާރިއެއް ނެއްކަމެވެ. ވީ ދެރައެއްގެ ސަބަބުން އޭނާ އެ ހުރިހާ ލާރިއެއް އަނބުރާ އަންހެންމީހާ އާއި ހަވާލު ކުރިއެވެ.

މި މަންޒަރު މިގޮތަށް ދިޔަޔަސް އޭނާ އަކަށް ސަލާމަތެއް ނުވެވުނެވެ. ކަމާ ބެހޭ ފަރާތުން މިހާރު ވަނީ އޭނާ ފޭރުމުގެ މައްސަލައިގައި ހިފަހައްޓާފައެވެ.