އިޓަލީގައި ދާދިފަހުން މީސަލްސް ބަލި ފެތުރިގެން ދިއުމާއެކު، ރަނގަޅަށް ވެކްސިން ނުޖަހާ ކުދިން ސްކޫލަށް ނުވެއްދުމަށް ނިންމައިފިއެވެ.
އިޓަލީގެ ފައިވް ސްޓްރ މޫމްމެންޓް ޕާޓީން ހުށަހަޅާ އެޤައުމުގެ ޤާނޫނަށް އިސްލާޙް ގެނެސްފައިވާއިރު، މީގެ ފަހުން ކުދިންނަށް ވެކްސިން ނުޖަހާ ސްކޫލަށް ފޮނުވާ ކުދިންގެ މައިންބަފައިން 500 ޑޮލަރު ޖޫރިމަނާ ވާނެއެވެ. އަދި ވެކްސިން ނުޖަހާ ކުދިން، އިތުރަށް ސްކޫލަށް ކިޔަވަން ފޮނުވަން ބޭނުން ނަމަ ވެކްސިން ޖަހަން ޖެހޭނެއެވެ.
އައު ޤަވާއިދުގެ ދަށުން، މީސަލްސް، ޗިކަން ޕޮސްކް، ރުބެއްލާ ފަދަ ބަލިތަކަށް ވެކްސިން ޖަހާފައިވޭތޯ ކުއްޖާ ސްކޫލަށް ވެއްދުމުގެ ކުރިން ޗެކް ކުރަން ޖެހެއެވެ.
ވެކްސިން ޖެހުން ބަޔަކު ހުއްޓާލާފައިވަނީ އެކަމުގެ ސަބަބުން ސިއްޙަތަށް ގެއްލުން ލިބޭ ކަމަށް ބުނެއެވެ. ނަމަވެސް ވެކްސިން ޖެހުމަކީ ގިނަ ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ.
ރާއްޖޭގައި އުޅޭ މިބައިގަނޑަށްވެސް ހަދަންވީ ހަމަ މިހެން.
އިސްލާމް ދީނީ ހައްދުފަހަނަ އަޅާފަ ތިބި ބައގަނޑަކައްވާނީ
ދީނުގަ އޮތީ ބައްޔަށް ފަރުވާ ހޯދާށޭ. ހަމައެކަނި ދުޢާއިން ނުފުދޭނެޔޭ. އެހެންވީމާ ދީނީގޮތުން "ހައްދުފަހަނަ އަޅައިފައިވާ" ބައިގަނޑުތަކަކީ މުނާފިގުން ނޫންތޯ.
ވެކްސިން އަކީ ބަޔޯ ޓެރެރިޒަމްގެ އަމަލެއް. މިއީ މުޅި ދުނިޔެއަށް ފެތުރިފައިވާ ވަބާއެއް
ކަލޭ ކަހަލަ މީހުންނަކީ ބަޔޯޓެރަރިސްޓުން. ބަޔޯޓެރަރިސަމަކީ ނުރައްކާތެރި ބަލިތައް ފެތުރުވުން. ވެކްސިންނަކީ ފެތުރިގެންދާފަދަ ބަލިތައް ކޮންޓުރޯލް ކޮއްދޭ ބޭހެއް. ސްމޯލް ޕޮކްސްފަދަ ބަލިތަކުގެ ވެކްސިން ބޭނުން ނުކުރިނަމަ މުޅި ރާއްޖެ މިއަދު އޮންނާނީ ފަޅުކޮށް. ވަގުތު ނޫހުން ވެކްސިންނާ ބެހޭގޮތުން ހޭލުންތެރި ކޮދޭ ހަބަރުތައް ގެނެސްދިނުން އެދެން
ޑިސްލައިކުންވެސް އިނގޭ ރާއްޖޭގައި މި އެންޓި ވެކްސް ބައިގަނޑު އުޅޭކަން