2022 ވަނަ އަހަރު ޖަޕާނުގައި އޮންނަ އޮލިންޕިކްގައި މުސްލިމުންނަށް ލުއި ފަސޭހަ ކުރުމަށްޓަކައި ބަހެއްގައި ނަމާދު ކުރެވޭ ގޮތަށް މިސްކިތެއް ހަދައިފިއެވެ.

މި މިސްކިތް ފަރުމާކޮށް ތައްޔާރު ކޮށްފައިވަނީ، ޔާސޫ ޕްރަޖެކްޓް އިންނެވެ. ޔާސޫ ޕްރަޖެކްޓްގެ ސީއީއޯ ޔަޝްހަރު އިނޯއީ ބުނެފައިވަނީ، އޮލިންޕަހަށް ޖަޕާނަށް ގިނަ މުސްލިމުން އަންނާނެ ކަމަށާއި އަދި ޖަޕާނުގައި އެވަރަށް މިސްކިތް ނެތް ކަމަށެވެ.

“ޖަޕާނުގައި ނެތް އޮލިންޕަހަށް އަންނާނެ ހުރިހާ މުސްލިމުން ނަމާދު ކުރާނެ މިސްކިތެއް. . މިސްކިތްތައް ފުރޭނެ. އަދި ސްޓޭޑިއަމް ކައިރީގައިވެސް ނެތް މިސްކިތެއް. މިހެންވެ، ހެދި ބަހެއް މިއީ.” އޭނާ ބުންނެވެ.

ޔަޝްހަރު އިތުރަށް ބުނެފައިވަނީ މިފަދަ ގޮތަކަށް ބަހެއް ޑިޒައިން ކުރުމަކީ ލިބުނު ފަޙްރެއް ކަމަށާއި، ޤިބްލައާއި މުޞައްލަ ފަދަ ތަކެތި ބަހުން ލިބެން ހުންނާނެ ކަމަށެވެ. އަދި ބަސް ފަރުވާ ކޮށްފައިވަނީ ވީހާވެސް ގިނަ ބަޔަކަށް ނަމާދު ކުރެވޭ ގޮތަށް ކަމަށް އޭނާ ބުނެފައިވެއެވެ.