ނިއުޒިލޭންޑްގެ ކްރިސްޓްޗާޗް ސަރަހައްދުގައި ހުންނަ ދެ މިސްކިތަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ނަމާދު ކުރަން ތިބި މީހުންގެ ގަޔަށް ބަޑި ޖަހާ ގިނަ ބަޔަކު ޒަހަމް ކޮށްލައިފިއެވެ.

މިހާދިސާގައި މީހަކު މަރުވި ކަން ފުލުހުން އަދި ކަށަވަރު ކޮށެއް ނުދެއެވެ. އާއްމު ފަރާތްތަކުން މީޑިއާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި 50 ވަރަކަށް ވަރަކަށް ފަހު ބަޑި ޖެހި އަޑު އިވުނެވެ. މިސްކިތްތަކުގައި ވަރަށް ގިނަ ލޭ ހުރި ކަމަށް ވެސް މަންޒަރުދުއް މީހުން ބުނެއެވެ.

މިހާރު ނިއުޒިލޭންޑް ފުލުހުން ވަނީ އެގައުމުގެ ހުރިހާ މިސްކިތެއް ވަގުތީ ގޮތުން ބަންދު ކުރަން އަންގާފައެވެ. އަދި ކްރިސްޓްޗާޗް ސަރަހައްދުގެ ސްކޫލްތައް ވެސް ބަންދުކޮށް ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ.

މިސްކިތްތަކުގައި ބަޑި ޖެހި މައްސަލައިގައި އެކަކު ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް ފުލުހުން ބުނާ ގޮތުގައި މިހަމަލާ ދިނުމުގައި އަދި އިތުރު ބަޔަކު ބައިވެރި ވެފައިވާކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ފުލުހުން ބުނީ މިއީ ނިއުޒިލެންޑްގެ ތާރީޚްގައި ވެސް އައި އެންމެ ހިތާމަވެރި އެއް ދުވަސް ކަމަށެވެ.

މިއަދު ދިން ހަމަލާގެ ފަހަތުގައި ތިބީ ކޮން ގައުމެއްގެ ބައެއް ކަމެއް ވެސް އަދި ސާފެއް ނުވެއެވެ. ނިއުޒިލެންޑަކީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހިޖުރަކޮށްގެން އުޅޭ ގައުމެކެވެ. އެހެންކަމުން ހަމަލާ ދިނުމުގައި އެހެން ގައުމަކަށް ނިސްބަތްވާ ބަޔަކު ތިބުން އެކަށީގެންވާ ކަމަށް ތުހުމަތު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    މުސްލިމަކު ކުރި ކަމެއްނަމަ ޓެރަރިސްޓުންނަށް ގޮރިއްލާއިންނަށް ރާމާމަކުނަށްވެ ނިމެއްޖައީސް! އެހެން ދީނުގެ މީހެއްވިއްޔާ ވެލިޒިނޭއަށް ވީފަދައިން ނަފްސާނީ ބަލިމަޑުކަމެއް ހުންނަނީތި.

    8
    2
  2. ރައްޔިތުމީހާ

    ތިވާނީ ނަފްސާނީ މައްސަލަހުރިބަޔަކަށް....