ނިއުޒިލޭންޑްގެ ކްރިސްޗާޗްގެ ދެ މިސްކިތައް މިއަދު ދިން ހަމަލާގައި އެތައް ބަޔަކު މަރާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ކްރިޗާޗް އަކީ ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ ސިޓީ އެކެވެ. ނަމަވެސް މިހަމަލާގައި ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓް އަދި ލިބިފައެއް ނުވެއެވެ.

ހަމަލާގައި މަރުވި މީހުންގެ އަދަދު ފުލުހުން އަދި ކަށަވަރު ކޮށެއް ނުދެއެވެ. ނަމަވެސް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނާ ގޮތުގައި ދެ މިސްކިތައް ދިން ހަމަލާގައި ގިނަ ބަޔަކު މަރުވެފައި ވެއެވެ.

ކްރިސްޗާޗްގައި ދިރިއުޅޭ ބައެއް އާއްމުން ކޮށްފައިވާ ޓްވީޓްތަކުގައި ބުނީ މިސްކިތްތަކުގައި ދިން ހަމަލާގައި ނުވަ މީހަކު މަރުވެފައިވާކަން މިހާތަނަށް ކަށަވަރު ވެފައިވާ ކަމަށެވެ. މަރުވި މީހުންގެ އަދަދު 27 އަރާ ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. ނަމަވެސް އަދި ރަސްމީ އިދާރާއަކުން އެކަން ކަށަވަރު ކޮށެއް ނުދެއެވެ.

ފުލުހުން ބުނީ މިސްކިތްތަކަށް ދިން ހަމަލާ އާއި ގުޅިގެން ހަތަރު މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައި ވަނީ ތިން ފިރިހެނުންނާއި އަންހެނެކެވެ.

ފުލުހުން ވަނީ ހަމަލާ ދިނުމަށް ބޭނުން ކުރި ހަތިޔާރުތަކުގެ އިތުރުން ގިނަ އަދަދެއްގެ ގޮވާތަކެތި ވެސް މިހާރު ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ފިރުޓޭ

  ދިވެހިން އުޅުނެއްކަމަކު ދިވެހިން ނުދަންޏަކާ އެމީހުންނަށް ކޮން ގެއްލުމެއް ވާނީ؟

  10
  2
 2. ޖާހިލު

  ދުނިޔޭގެ އެންމެ އަމާން އެންމެ ތަހުޒީބު ގައުމުތަކަށް ދިވެހިން ގޮސް އުޅެނީ ކީއްކުރަން؟

  3
  3
 3. ރިހާބް

  ކޮބާ އަންނި އަވަހައް ހައްޔަރު ކުރިމީހުން ދުކޮއްލުމައް ގޮވާލާ.. ކޮބާ އާނިޔާ އާއި ވެލެޒިނީ ޝަހިންދާ އާއި އިބުރާ..ކޮބާ އިއްޒަތްތެރި މެމްބަރު އީވާ ނިއުޒީލޭންޑް ގެ ސަރުކާރު ކުއްވެރިކޮއް ހައްޔަރު ކުރި މީހުން ދޫކޮއްލަން ގޮވާލާ މިސްކިތައް ދިން ހަމަލާއެއްނު ދޯ

 4. ބަބުރު

  ދިވެހިން ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރަނީ އިސްލާމްދީން ނޫން އެހެން ދީނަށް އުޅުމަށާއި. ރާބޮއެ ޒިނޭކޮށް ޖުވާކުޅެއުޅުމަށް. އެހެންވީމަ އެވަރު ބަޔަކު މިސްކިތަކަށް އަރާނެރަ. ބާއަކަށް ނުވަތަ ކެސިނޯއަކަށް ނުވަތަ ކްލަބަކަށް ހަމަލާއެެއދީފިނަމަ ދިވެހިން އުޅޭސަރަހައްދަކުން %90 މަރުވާނީ ދިވެހިން.