ނިއުޒިލޭންޑްގެ ކްރިސްޗާޗް ސަރަހައްދުގައި ހުރި ދެ މިސްކިތަކަށް މިއަދު ދިން ހަމަލާތަކުގައި ދިވެއްސަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ދެ މިސްކިތަކަށް ދިން ހަމަލާއާ ގުޅިގެން އެ މިނިސްޓްރީން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ނިއުޒިލެންޑްގައި ދިވެހި ހައި ކޮމިޝަނެއް ނުހުރެ އެވެ. ނަމަވެސް ނިއުޒިލޭންޑްގައި ވެސް ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ހުރެއެވެ.

މިއަދު ހަމަލާ ދިން ކްރިސްޗާޗްގެ ދެމިސްކިތައް ވެސް ދިވެހިން އާއްމުކޮށް ގޮސް އުޅޭ ކަމަށް ވެއެވެ. ނަމަވެސް ހަމަލާ ދިން ވަގުތު މިސްކިތުގައި ދިވެއްސަކު ކުރި ކަމެއް އަދި ނޭނގެއެވެ.

ނިއުޒިލޭންޑްގެ މިސްކިތްތަކަށް ދިން ހަމަލާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކުށްވެރި ކުރަށްވާފައެވެ.

ރައީސް ޞާލިހް މިއަދު ވިދާޅުވީ ނިރުބުވެރިކަމުގެ ކޮންމެ ހަމަލާއެއް ދިވެހިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ނިއުޒިލޭންޑްގެ ކްރިސްޗާޗް ސަރަހައްދުގެ ދެ މިސްކިތަކަށް މިއަދު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 40 އަށް އަރައިފި ކަން ނިއުޒިލޭންޑް ސަރުކާރުން ދެންމެ ވަނީ ބުނެފައެވެ.

ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން ދެންމެ ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކްރިސްޗާޗްގެ މިސްކިތްތަކުގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 40 އަށް އަރާފައިވާ ކަމަށެވެ. މި ހަމަލާތަކުގައި މަދުވެގެން 20 މީހުން ޒަހަމްވި ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ. ޒަހަމްވި މީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

މިސްކިތްތަކަށް ހަމަލާ ދިން މައްސަލައިގައި ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެލެކްސް

    ނިއުޒީލެންޑްގައި އުޅޭ ދިވެހިން މިސްކިތަކަށް ނުދާނެ. އެމީހުން ނިއުޒިލޭންޑްގައި އުޅެނީ ކާފަރުންނަށް ވުރެ ކާފަރު ކޮށް

  2. ފުތާބެއްޔާ

    ހާދަ ދުރުދުރުން ތި ކުއްވެރިކުރަނީ ސީދާ ޑައިރެކްޓުކޮށް އެހަމަލާ ކުއްވެރި ކޮއްލާކަށް ނުކެރުނު ދޯ. މިހާރު ތިބުނާގޮތުން ހީވަނީ އެންވީމަ "މެންޓަލީ އިލް ވައިޓްމޭން" ގެ ކަމެއްގޮތަށް މިކަން އެގައުމުންނާ މީޑިޔާތަކުން ނިންމީމަ މިކަންކަން ކުއްވެރިއެއް ނުކުރާ ނޭދޯ

  3. ދޮންބެ

    ނައިޓް ކްލަބަކަށް ހަމަލާ ދިންނަމަ ދިވެހިން މަރުވީސް

  4. Anonymous

    މިސްކިތަށް އަރާ ބަޔަކަށް ތާ އަނިޔާ ވާނީ.!!

  5. ސަމީ

    99.99 % ޔަޤީން ދިވެއްސަކު ނުވާނެ ކަަމަށް ސަބަބަކީ ޔޫރަޕކަހަަލަ ޤައުމުތަކުގަ އުޅޭ ދިވެހިންނކީ މިސްކިތްތަކާ ބީރަށއޓެހި ބައެއް ދިވެއްސަކު ނިޔާވި މީހުންގެ ތެރޭގަ ވާނަމ ވަރަށް އުފާކުރާނަން. އުފަަކުރަނީ ނިޔާވުމަުން ނޫން އެކަމަކު އެމިހަކު ދީނަށް ހުރި ލޯތްބެއްގެ ބޮޑު ކަން ހަާމަވާތީ. انا لله وانا اليه راجعون

  6. އިންސާނާ

    ޔަގީން އެއްވެސް ދިވެއްސަކު މިއަދު ހުކުރައް ނުދަނީކަން