ނިއުޒިލޭންޑްގެ ކްރިސްޗާޗް ސަރަހައްދުގެ ދެ މިސްކިތަކަށް މިއަދު ހަމަލާދިން މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ.

އެޤައުމުގެ ފުލުހުން ބުނެފައިވަނީ ނިރުބަވެެރި މިހަމަލާގައި 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ، އަދި މީގެ ތެރޭގައި 3 ފިރިހެނުންނާއި އަންހެނަކު ހިމެނޭ ކަމަށެވެ. އަދި މީގެ ތެރެއިން އެކަކުގެ މައްޗަށް މިހާރު ދަޢުވާ ކުރަން ފޮނުވާފައިވާ ކަމަށްވެސް ފުލުުހުން މަޢުލޫމާތުދެއެވެ. މިމީހާގެ މައްޗަށް ދަޢުވާކޮށްފައިވަނީ ނިރުބަވެރިކަމުގެ ދަޢުވާއާއި ގަސްދުގައި މީހެއް މަރާލި ކަމުގެ ދަޢުވާއެވެ.

މިއަދު ޤައުމާ މުޚާތަބު ކުރައްވަމުން އެޤައުމުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން ވިދާޅުވީ، މިއީ އެޤައުމުގެ ތާރީޚްގައި ހިނގި ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.

މިހަމަލާތަށް ދިން ފަރާތްތަކުންވަނީ 74 ޞަފްޙާގެ މެނިފެސްޓޯއެއް އާއްމުކޮށްފައެވެ. އެ މެނިފަސްޓޯއަކީ އެޤައުމަށް މީހުން އެތެރެވިޔަ ނުދިނުމަށް ކަމަށްބުނެ ހަދާފައިވާ މެނިފަސްޓޯއެކެވެ.

ހަމަލާއާ ގުޅިގެން ނިއު ޒީލެންޑުގެ ހުރިހާ މިސްކިތެއް ބަންދުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގައިފަ އެވެ. ކްރައިސްޗާޗުގެ ހުރިހާ ސްކޫލެއް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

(ތަފްސީލް އަންނަނީ)

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދދދދދދ

  އެހެންތަ؟ އަހަރުމެންގެ ގައުމުގަ ހިނގި ފެބްރުވަރީ 8 ގެ ބޮޑުހުޅު މީހުން އަދިވެސް ތިބީ. އެމީހުންނަށް ޝަރީއަތް ހިންހިޔަ ނުދޭން ތިކަހަލަ ހުރިހާ ގައުމަކުން ބާރުވެސް އެޅި. އަބުލާހި ތިޔާޒު ހުރީ ކަލޭމެނާ އަޑިން ޑީލް ހަދައިގެން. ތި ހަމަލާގައި ޝަހީދުވި މުސްލިމް އަޚުންނަށް ސުވަރުގެ މިންވަރު ކުރައްވާށި އާމީން.

  • ހހހހހ

   އިހަށް ދުވަހު ނޮވެމްބަރ 3ގެ ބޮޑެއް ދޫކޮއްލީ. ދެން ކިހިނެއްތަ ފެބްރުއަރީ ބޮޑުހުޅުޖެހި މީހުންނަށް ކަމެއްކުރުވޭނީ. އަދި މިގައުމު ކޮންޓްރޯލް ކުރަމުން ދަނީވެސް މުސްލިމުންނަށް ފުރައްސާރަކުރާ ކާފަރެއް (ފާޅުގައި އިސްލާމްދީނަށް ހަޖޫޖަހަނީ ކާފަރުން ނޫންތޯ؟).

 2. ޖިންނި

  އެލެކްސް ގެ ދޮން ފްރެންޑުން ކިހާ ތަހުޒީބްތާ ދޯ

 3. ފިލްވ

  ހެކި ފެނުނީމާ ތަހުގީގަށް އިތުރު ވަގުތެއް ބޭނުމެއް ނުވާނެ. އެ ފޮނުވީ ވަގުތުން ޕީޖީ އަށް. ރާއްޖޭ މިފަދަ ކަންކަމުން މިސާލު ހޯދައި ކުރިއަރަން ޖެހޭ.

 4. ބުދިސްތު

  އަދިވެސް އެހެން މީހުންގެ ފަރާތުން ދޯ މިސާލު ހޯދަން ޖެހެނީ. މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ތިބޭތާ 1ހާސް އަހަރުވާން މިއުޅެނީ. ގައިގައި އޮންނަ ފޮށާގަނޑުން ސަލާމަތް ނުވެވިގެން އަދިވެސް އުޅެން މިޖެހެނީ.