ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ މިސްކިތެއްގައި މިއަދު ހުކުރަށް ގޮސް ތިބި ބަޔަކަށް އަމާޒުކޮށް ބަޑިން ހަމަލާދީފައިވަނީ ޓެރެރިސްޓުން ކަމަށާއި، ޝަހީދުވީ އެޤައުމުގެ ރައްޔިތުން ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން މިއީ ވަރަށް ރޭވިގެން ކުރެވިފައިވާ ކަމެއް ކަމަށް އެނގޭ ކަމަށާއި މިއީ ނިރުބަވެރި (ޓެރެރިސްޓް) ހަމަލާއެއް ކަމަށެވެ.

ބޮޑު ވަޒީރު ވިދާޅުވީ، މީގެ ތެރެއިން އެކަކު ހިމެނެނީ އެޤައުމުގެ ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތަކާ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު ތަޙްޤީޤް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

ބޮޑު ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މަރުވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ، އެޤައުމަށް ހިޖުރަ ކުރި މީހުން ކަމަށެވެ. ނަމަވެސް ޝަހީދުވި މިމީހުންނަކީ، އެމީހުންގެ ތެރެއިންވާ ބައެއް ކަމަށާއ، ޓެރެރިސްޓުންނަކީ ނިއުޒިލެންޑްގެ ތެރެއިން ވާ ބައެއް ނޫން ކަަމަށްވެސް ބޮޑު ވަޒީރު ވިދާޅުވިއެވެ.

ބޮޑު ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިއީ އެޤައުމުގެ ތާރީޚް ދުށް އެންމެ ކަޅު ދުވަސް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޕްރޭފޯ އެން ޒެޑް

  ޖެސިންޑާ އަރޑާން އަކީ ބޮޑުވަޒީރު!

 2. ސަންގުމަރުމަރު

  މިޚަބަރު ގޯސް. ތިއަންހެނާ ދެއްކިވާހަކަ އަޑުއެހި މީހަކަށް އެނގޭނެ އޭނަ ގޯސްކުރީ އެޤައުމުގަތިބޭ މުސްލިމުންކަން. ޙަމަލާދިން މީހުން ސިފަކުރީ ވަރަށް ތަފާތުގޮތަކަށް. ޚަބަރު ލިޔުމުގެ ކުރިން އޭނަގެ ވާހަކަ އަށް ވިސްނާލިނަމަ ރަނގަޅުވީސް.
  ޝުކުރިއްޔާ

  3
  7