ނިއުޒިލޭންޑްގެ ކްރިސްޗާޗް ސަރަހައްދުގެ ދެ މިސްކިތަކަށް މިއަދު ހަމަލާ ދިނުމުގައި ބައިވެރިވި އެކަކު ވަނީ ހަމަލާ ދިނުމަށް ފަހު ފޭސްބުކާއި ޔޫޓިއުބްގައި އޭނާ ހަމަލާ ދިން ސަރަހައްދުގެ ވީޑިއޯއެއް ލައިވް ކޮށްފައެވެ. މިވީޑިއޯ ފޭސްބުކް އަދި ޔޫޓިއުބްއިން މިހާރު ނަގާފައިވާއިރު، ބައެއް ފަރާތްތަކުން މިވީޑިއޯވަނީ ސޭވްކޮށްފައެވެ.

ތިރީގައި މިވަނީ މިވީޑިއޯގައި ދައްކާ މަންޒަރު ތަކެތެވެ.

ވީޑިއޯ ފެށިގެން އަންނައިރު، ހަމަލާ ދިނުމަށް އަންނަ ނިރުބަވެރިޔާ ކާރެއްގައި ދާތަން ފެނެއެވެ. އަދި މިސްކިތުގެ ކައިރީގައި ކާރު މަޑުކޮށްލާފައި ޕޭމަންޓް މަތިން ހިނގާފައިދެއެވެ. އަދި މިސްކިތުގެ ހަރިއްމައާ ހަމައަށް ދިއުމަށްފަހު މިސްކިތުގެ ތެރޭގައި ނަމާދު ކުރަން ތިބި މީހުންނަށް އަމާޒުކޮށް ބަޑި ޖަހަން ފަށައެވެ. އަދި އަންހެނުން ނަމާދުކުރުމަށް ޚާއްސަކޮށްފައިވާ ސަރަހައްދަށް އަމާޒުކޮށް ބަޑި ޖަހައެވެ. އެއަށްފަހު މިސްކިތުގެ ތެރެއަށް ގޮސް ކޮންމެ މީހެއްގެ ގަޔަށް ވަކިން ބަޑި ޖަހައެވެ. ބައެއް މީހުންގެ ގަޔަށް 5 ފަހަރު ހަމަލާދީ ޒަޚަމްކޮށްލައެވެ. މީހުން ފިލަން ދުވާ މަޒަރުވެސް މިވީޑިއޯއިން ފެނެއެވެ. ނަމަވެސް އެއްވެސް ރަޙްމެތްނެތި މިމީހާ ހަމަލާތައް ދޭ މަންޒަރު ފެނެއެވެ.

ގިނަ އަދަދެއްގެ ބަޔަކަށް ހަމަލާދިނުމަށްފަހު، އޭނާ އަނބުރާ ކާރަށް ދެއެެވެ. ހީވާ ގޮތުގައި އެއީ ބަޑީގެ ވަޒަން ހުސްވެގެންނެވެ. އަދި ކާރުން އިތުރު ބަޑިއެއް ނަގައެވެ. އެ ބަޑީގެ ކޭސްގައި އޭނާގެ ނަމާއި އިތުރު އެހެން މަޢުލޫމާތުވެސް ހުއްޓެވެ.

ބަޑި ހިފައިގެން އަނެއްކާވެސް އެމީހާ މިސްކިތުގެ ތެރެއަށްދާތަން ފެނެއެވެ. އަދި ގޮސް ޒަޚަމްވެފައިވާ މީހުންގެ ތެރެއިން ޝަހީދުނުވެ ތިބިމީހުންގެ ގަޔަށް އަނެއްކާވެސް ބަޑި ޖަހައެވެ. ބައެއް މީހުން ހަރަކާތް ހުއްޓެއްދެން ބަޑިން ހަމަލާދިނެއެވެ.

ދެން މިމީހާ ބާރަށް ދުވެފައި ގޮސް ކާރަށް އަރައެވެ. އަދި މަގުމަތީގައި ހުރި ކާރުތަކާއި އިމާރާތްތަކަށް ބަޑި ޖަހަމުން ބާރު ސްޕީޑްގައި ދުއްވާފައިދެއެވެ.

ނިއުޒިލޭންޑްގެ ކްރިސްޗާޗް ސަރަހައްދުގެ ދެ މިސްކިތަކަށް މިއަދު ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 49 އަކަށްވަނީ އަރާފައެވެ. އަދި 20 މީހުނަށްވަނީ ސީރިޔަސް ޒަޚަމްތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖަޒީރާ

    ތި ސަރަހައްދުގައި ކިތަންމެ ގިނަ ދިވެހިން ދިރިއުޅުނަސް އެމީހުންނަކައް ތިކަމުން ނުރައްކަލެއް ނެއް، ދިވެހިން އުޅަނީ މިސްކިއްތަކާ ދުރުގަ ފާހިސް އަމަލު ކުރުމުގަ ހޭބޯނރާ

    84
    5
    • ޖޮއްބެ

      ހަހަހަ ފައްޅިއަކަށް ނުވަތަ ނާސިގެ އަކަށް ދިން ޙަމަލަ އެއްނަމަ ދިވެހިން މަރުވީސް ތޯއްޗެދޯ....!!!

      105
  2. ހުޅުރާއްޖެ

    ޝަހީދުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތަށް އެދެމެވެ. ހަނދާނަށް އަންނަނީ މިރާއްޖޭގައި ބޮޑު ހުޅުޖެހި ދުވަހެވެ. ހައްދުން ނައްޓާފައިވާ މީހުންގެ އަމަލުތަކަށް ފުރިހަމަ ޖަޒާދެއްވާނދޭވެ.

    76
    2
    • ދދދދދދ

      ފެބްރުވަރީ 8 ދޯ

      6
      2
  3. އަން

    ތި ހަމަލާ ދިނީ ސިކުނޑި ހަމަނުޖެހޭ މީހެކޭ ބުނެ މައްސަލަ ނިއްމާލާ

    34
    7
  4. ސަމިި

    99.99 % ޔަޤީން ދިވެއްސަކު ނުވާނެ ކަަމަށް ސަބަބަކީ ޔޫރަޕކަހަަލަ ޤައުމުތަކުގަ އުޅޭ ދިވެހިންނކީ މިސްކިތްތަކާ ބީރަށއޓެހި ބައެއް ދިވެއްސަކު ނިޔާވި މީހުންގެ ތެރޭގަ ވާނަމ ވަރަށް އުފާކުރާނަން. އުފަަކުރަނީ ނިޔާވުމަުން ނޫން އެކަމަކު އެމިހަކު ދީނަށް ހުރި ލޯތްބެއްގެ ބޮޑު ކަން ހަާމަވާތީ. انا لله وانا اليه راجعون

    89
    2