ނިއުޒިލޭންޑްގެ ކްރިސްޗާޗް ސަރަހައްދުގެ ދެ މިސްކިތަކަށް މިއަދު ދިން ހަމަލާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުވާ ކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވައިފިއެވެ.

ޝާހީދު މިއަދު ކުރެއްވި ޓްވީޓެއައި ވިދާޅުވީ، ނިއުޒިލޭންޑްގައި ދިރިއުޅެމުން ދިޔަ ދިވެއްސަކު މިހަމަލާގައި ޝަހީދުވެފައި ނުވާ ކަމަށާއި އަދި އަދި ޒަޚަމްވެފައި ނުވާ ކަމަށެވެ. އަދި މިޓްވީޓްގައި އެހަމަލާގައި ޝަހީދުވި ފަރާތްތަކުގެ އާއިލާއަށް ޝާހިދުވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.

ނިއުޒިލެންޑްގައި ދިވެހި ހައި ކޮމިޝަނެއް ނުހުރެ އެވެ. ނަމަވެސް ނިއުޒިލޭންޑްގައި ވެސް ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ހުރެއެވެ.

މިއަދު ހަމަލާ ދިން ކްރިސްޗާޗްގެ ދެމިސްކިތައް ވެސް ދިވެހިން އާއްމުކޮށް ގޮސް އުޅޭ ކަމަށް ވެއެވެ. ނަމަވެސް ހަމަލާ ދިން ވަގުތު މިސްކިތުގައި ދިވެއްސަކު ކުރި ކަމެއް އަދި ނޭނގެއެވެ.

ނިއުޒިލޭންޑްގެ މިސްކިތްތަކަށް ދިން ހަމަލާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކުށްވެރި ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ފާފަޅޯ

    ދިވެހިން މިސްކިތްތަކަށް ހުކުރުނަމާދަށާއި އެހެން ނަމާދު ތަކަށް ނުދަންޔާ މިސްކިތަށްދިން ހަމަލާއެއްގައި ދިވެހިންނަކަށް އަނިޔާއެއް ނުވާނެ އެއްނު. އެހެނެއްނޫން ބާޔަކަށް ނައިޓް ކުލަބަކަށް ދިން ހަމަލާއެއްނަމަ ދިވެހީންވެސް މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ހިމެނުނީސް ކަަމަށް ގަބޫލް ކުރެވެނީ.

    38
    • ދި

      ރާއްޖޭގައި އުޅޭ %30 ދިވެހިންނަކީވެސް ހުކުރުނަމާދަށާއި އެހެން ނަމާދުތަކަށް މިސްކިތަށް ނުދާ ބައެއް. އެމީހުން ވަރަށް އުފާވާނެ ރާއްޖޭގައި ނައިޓް ކުލަބުތައް ގާނޫނީގޮތުން ހުއްދަ ކުރިއްޔާ.

      10
      1
  2. ސމީ

    99.99 % ޔަޤީން ދިވެއްސަކު ނުވާނެ ކަަމަށް ސަބަބަކީ ޔޫރަޕކަހަަލަ ޤައުމުތަކުގަ އުޅޭ ދިވެހިންނކީ މިސްކިތްތަކާ ބީރަށއޓެހި ބައެއް ދިވެއްސަކު ނިޔާވި މީހުންގެ ތެރޭގަ ވާނަމ ވަރަށް އުފާކުރާނަން. އުފަަކުރަނީ ނިޔާވުމަުން ނޫން އެކަމަކު އެމިހަކު ދީނަށް ހުރި ލޯތްބެއްގެ ބޮޑު ކަން ހަާމަވާތީ. انا لله وانا اليه راجعون

    30
    1
  3. އެލެކްސް

    މި ފަދަ ހާދިސާތައް މި ރާއްޖޭގައި ވެސް މިހާރު މިދާ ގޮތުން ނަމަ ހިނގުން ގާތް. ނިއުޒީލެންޑް ގައި ދިވެއްސަކަށް ކަމެއް ނުވާ ކަމަށް ބުނުމަކީ މި އަމަލަށް ސަރުކާރުން ފަހުރުވެރި ވުމެއްނޫން. ދިވެހިރާއްޖޭގައި މިފަދަ ކަންކަމަށް މަގު ހުޅުމުމަށް ދިވެހީންގެ ތެރެއިން ބަޔަކު ބޭރުގެ ކާފަރުންނާއި ގުޅުގެން ކުރަމުންދާތާ ޒަމާން ތަކެއް ވެއްޖެ ﷲ ގެ ރަހްމަތް ދިވެހިންނަށް އަބަދުގެ އަބަދަށް ލިއްބައި ދެއްވާނދޭވެ އާމީން

    3
    1
  4. ރަކޫޓަންޖިންނި

    ދިވެއްސަކަށް ގެއްލުންވާނީ ނިއުޒީލެންޑަގައި އުޅޭ އެއްވެސް ދިވެއްސަކު މިސްކިތަށް އަރާނަމައެއްނު؟ ނިއުޒީލެންޑްގައި އުޅޭ އެއްވެސް ދިވެއްސަކު ދުވަހަކުވެސް އެއިން މިސްކިތަކަށްނާރާނެ. ޝާހިދު ހިތުން މާމޮޅުވާހަކައެއްދޯތިބުނީ.؟

    6
    2
  5. އަބޯ

    ތިފަދަ ހަމަލާއެއްގަ ދިވެހިނަށް ވަރަށް ހާނިއްކަ ނުވާނެ. އެ ވަކި ނަސީބު ރަނގަޅު ކަމަކުނުންނެއް ނޫން. ބޭރު ގައުމުތަކުގަ އުޅޭ ދިވެހިން ވަރަށް މިސްކިއްތަކާ ދުރު. ނަމާދަށް ނާރާ، ނާޗަރަގީގަ ނަދު ވަގުތުތަކުގަވެސް އުޅެނީ. އެހެނެއް ނޫން ނާސި ގެއަކަށް ކަސީނޯއަކަށް ހަމަލާއެއް ދީފިއްޔާ ދިވެއްސަކަށް އަނިޔާވުން ވަރަށް ގާތްވާނެ. މިކަން އިނގޭގެ ކައިރީގަ މިއޮތް ލަންކާއަށް ޖައްސާލައިގަ ކަންކަން ބަލާލީމަ!

    5
    2
  6. ދދދދދދ

    މިސްކިތަށް ދިން ހަމަލާއަކާ އެތާ އުޅޭ ދިވެހިންނަކާ ކީކީ. މިސްކިތަށް ދޭ ހަމަލާއާ ކުރިމަތިލާން ޖެހޭނީ މިސްކިތަށް އަރާ މީހުންނަކަށްނު.

  7. ޖީވަންޓޭ

    ދިވެހިން މިސްކިތަށް ނާރާތީ އުފާ ކުރަމޭ ނުބުނީ ކީއްވެ.

    2
    2
  8. އިބްރާ

    އެތާނގައިތިބި ދިވެހިން މިސްކިތަށް ނުދަނީތޯ؟

  9. ޝަޒްރާ

    ހިޔެއް ނުވޭ މިސްކިތައް ދިވެއްސަކުދާނެހެނެއް.. މި ރާއްޖޭގައި އަމިއްލަ ވަތަނުގައި ހިނގާފަ ދެވޭހިސާބުގަ މިސްކިތް ހުންނައިރު ނަމާދައް ނުދާބަޔަކު އަދި ލެއްވިހާ މިނިވަންކަމެއް ދީފައި އޮންނަ އަދި އެހާ ފާހިޝް ކަމާއި ދުނިޔޭގެ ޒީނަތްތެރިކަމުން ފުރިފައިވާތަންތާގައި އުޅޭއިރު މިސްކިތައް ދާނޭ ބުނަން ވަރައް ދައްޗެވެ. މި ބުނީ އެކަކު ދެމީހަކު ނުދާނެ ވާހަކައެއް ނޫނެވެ. މި ބުނީ މެޖޯރިޓީ ނުދާނެޔޭ..އަދި މިވީގޮތުން ދެން އަމުދުން ނުދާނެކަމައް ގަބޫލް ކުރެވޭ..

    7
    1
  10. އަލި

    އަދިބެސް އަހަރުމެން މި ޤާފިލް ކަމުގެ ނިދިން ހޭލާކައް ނުވޭތަ