ނިއުޒިލޭންޑްގެ ކްރިސްޗާޗް ސަރަހައްދުގެ ދެ މިސްކިތަކަށް މިއަދު ދިން ހަމަލާ ދިފާޢު ކުރުމަށް މީހަކު މަސައްކަތް ކުރި ކަމަށާއި މިގޮތުން ބަޑި ޖަހަން ހުރި މީހާގެ އަތުން ބަޑި އަތުލި ކަމަށް އެ މިސްކިތުގައި ހުރި މީހަކު މީޑިޔާތަކަށް މަޢުލޫމާތު ދީފިއެވެ.
މިއަދު ހަމަލާދިން މިސްކިތުގެ ތެރެއިން އަލް ނޫރް މިސްކިތުގައި ހުރި މީހަކު ބުނެފައިވަނީ، ބަޑިން ހަމަލާދެމުން ދިޔަ ވަގުތު، މިސްކިތް ސާފުކޮށް، ބަލަހައްޓާ މީހާ ގޮސް ބަޑި ޖަހަން ހުރި މީހާ އާ ދިމާކޮށް ބަޑި އަތުލި ކަމަށެވެ. ނަމަވެސް މިމީހާއަށް ބަޑި ޖަހަން ނޭނގުނު ކަމަށާއި މިހެން، އަލުން ބަޑި އަތުލާ މިމީހާއަށް ހަމަލާދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މިގޮތަށް ބަޑިން ހަމަލާ ދެމުން ދިޔަ މީހަކާ ދެކޮޅަށް ނިކުތުމުން، އެ ނިކުތް މީހާއަށް ގިނަ ބަޔަކުވަނީ ތަޢުރީފްކޮށްފައެވެ. މިހާދިސާގައި މިމީހާ ޝަހީދު ވިކަމެއް ނުވަތަ ނުވާ ކަމެއް އަދި ވަނީ އެނގޭ ގޮތް ނުވެފައެވެ.
މިއަދު ދިން ނިރުބަވެރި ކަމުގެ މިހަމަލާގައި ޖުމްލަ، 49 މީހުން ވަނީ ޝަހީދުވެފައެވެ.
މިސަރުކާރަކަށް ނުކެރުނު މިކަން ކުވެރިކުރާކަށް ......
އެއްމެ ހަބަރެއް ކިޔާލިޔަކަސް ނޭގޭނެ ހުރިހާކަމެެއް. ވާނުވާ ބަލާފަ ކޮމެންޓް ކުރިނަމަ ރަނގަޅުވީސް. ޙަމަލާ އެއްމެ ފުރަތަމަ ކުއްވެރިކުރި އެއްގަޢުމަކީ މިކުޑަކުޑަ ދިވެހިރާއްޖެ
ތީ ވަގުތު ނޫސް އެކަނި ބަލާތީ ވާގޮތެއް
ކުވެރިކުރާކަށް .. ގޮސް ބަޑި ޖަހަންވަގުތު،ދެކޮޅަށްމީހުން ވަނީ މަސައްކަތް ކުރި ކަމަށާއި