ނިއުޒީލެންޑްގެ ދެ މިސްކިތަކަށް، މިއަދު ހުކުރުވަގުތު ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އިނގިރޭސިވިލާތުގެ މިސްކިތްތަކުގެ ކައިރީގައި ފުލުހުން ފޯރިމަރަން ފަށައިފިއެވެ.

ނިއުޒީލެންޑް ހަމަލާއާ ގުޅިގެން ލަންޑަންގެ މޭޔަރު ސާދިގު ހާންވެސް ނިއުޒީލެންޑްގެ ހިިތާމައިގައި ބައިވެރިވެ ޓްވީޓެއް ކޮށްފައިވާ އިރު، އޭނާ ވިދާޅުވެފައި ވަނީ ގަބޫލުކުރާ ގަބޫލުކުރުމެއްގެ ސަބަބުން އެފަދަ އަނިޔާވެރިކަމެއް އެއްވެސް މީހަކަށް ހައްގުނުވާ ކަމަށާއި، ލަންޑަނާއި އިނގިރޭސިވިލާތް އޮތީ ކްރައިސްޓްޗާޗުގެ މީހުންނާ އެކުގައި ކަމަށެވެ.

އަދި މިހާރުން މިހާރަށްވެސް ލަންޑަންގެ ފުލުހުންނާ މަޝްވަރާކޮށް، މުސްލިމް އާއިލާ ހިމާޔަތްކުރުމަށް ފިޔަވަޅުތައް އަޅާފައިވާނެ ކަމަށްވެސް މޭޔަރު ވިދާޅުވެފައިވެއެވެ.

އިނގިރޭސިވިލާތުގެ ކައުންޓާ ޓެރެރިޒަމް ފުލުހުންގެ އިސްވެރިޔާ ވިދާޅުވެފައި ވަނީ އެގައުމުގެ މުޅި ސިފައިންގެ ފައުޖުވެސް އޮތީ މުސްލިމް އާއިލާތަކާއެކުގައި ކަމަށާއި، މުސްލިމް އާއިލާތައް ހިމާޔަތް ކުރާނެ ކަމަށެވެ. އަދި މިހާރުން މިހާރަށްވެސް މިސްކިތްތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށާއި، "މުސްލިމް އާބާދީ ހިމާޔަތް" ކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

އިނގިރޭސިވިލާތުގެ އިތުރުން ފްރާންސްގައިވެސް މުސްލިމުންގެ ހިމާޔަތަށް ފުލުހުން މަގުމައްޗަށް ނެރެފައިވެއެވެ. ހާއްސަކޮށް މިސްކިތްތަކުގެ ކައިރީގައި ދަނީ ފޯރި މަރަމުންނެވެ.

މިއަދުގެ ހުކުރު ވަގުތު، ހުކުރުކުރަން ތައްޔާރުވަނިކޮށް، މިސްކިތަށްވަން ލާއިންސާނީ މީހަކު ވަނީ މިސްކިތު ތެރެއަށް އެތައް މުސްލިމުންނެއްގެ ލޭ އޮހޮރުވާލާފައެވެ. އެ ހާދިސާގައި ޝަހީދުވި މުސްލުމުންގެ އަދަދު 49 މީހުންނަށް މިހާރު އަރާފައިވާ އިރު، އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ......

  ފޮރުވިފަވާ ކަންތައްތަކެއް މީގެ ފަހަތުގަ ވާހެން ހާދަ ހީވެޔޭ...

  20
  3
 2. ......

  ކީއްވެބާ ފަލަސްތީންގެ ހާސް މުސްލިމުން މަރަމުންދާ އިރު މިގައުމުތަކުން އަޅާނުލަނީ....ހާދަ މަކަރުގެވަސް ދުވަޔޭ...

  24
  2
 3. Anonymous

  ޔަހޫދީންނާ ނަސާރާއިން ނަކީ މުސްލިމުންގެ އަދުއްވުން. އިތުބާރު ނުކުރާތި ނަމަ ނަމަ

  34
  1
 4. ހޯރަބޭ

  އަހުރެމެންނާއި ދީން ހިމާޔަތްކޮންދެއްވާނީ މާތްﷲއެވެ އާމީން