އިއްޔެ ނިއުޒިލޭންޑްގެ ކްރިސްޗާޗްގެ ދެ މިސްކިތައް ދިން ހަމަލާގައި 49 މީހަކު ޝަހީދުކޮށްލިއިރު، އެ ނުބައި މީހާވަނީ އެތައް މުސްލިމުންނެއް އެއްވެސް ރަޙްމަކާ ނުލާ މަރާލި ވީޑިއޯއެއްވަނީ ފޭސްބުކްގައި އާއްމުކޮށްފައެވެ.

މިވީޑިއޯ ފަށަމުން އޭނާ ބުނެފައިވަނީ، "ލެޓްސް ގެޓް ދިސް ޕާޓީ ސްޓާޑެޓް" މިހެންނެވެ. އެތައް ބަޔަކު ޝަހީދުކޮށްލުން މިމީހާއަށްވީ މަޖާ ކަމަކަށެވެ. ޕާޓީ ކުރުމަށެވެ.

އެއްވެސް ރަޙްމެއް ހަމްދަރުދީއެއް ނެތި އެތައް ކުޑަކުދިންނަކާ އަންހެނުންގެ ގަޔަށްވެސް ބަޑި ޖެހި މި ނުބައި ޓެރެރިސްޓް މީހާ މިވީޑިއޯގައި، މަޝްހޫރު ޔޫޓިއުބް ޗެނަލްއެއް ކަމަށްވާ "ޕިއުޑީޕައި" އަށް ސަބްސްކްރައިބް ކުރުމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން "ޕިއުޑީޕައި" ވަނީ ޓްވީޓެއްކޮށްފައެވެ. އެޓްވީޓްގައި އޭނާ ބުނެފައިވަނީ، އެފަދަ ނުބައި މީހެއް އޭނާގެ ނަން މިގޮތަށް ބޭނުން ކުރުމަށް ހިތާމަ ކުރާ ކަމަށާއި އޭނާ ކުރި ކަންތަތަކީ ލާ އިންސާނީ އަދި ބަލައި ނުގަނެވޭނެ ކަމެއް ކަމަށެވެ. އަދި ޕިއުޑީޕައިވަނީ މިހާދިސާގައި ޝަހީދުވި ފަރާތްތަކުގެ އާއިލާތަކަށް ތަޢުޒިޔާ ކިޔާފައެވެ.

މިވީޑިއޯގައި އެތައް މީހުންތަކެއް ޝަހީދުކޮށްލާ މަންޒަރު ފެންނައިރު، ބައެއް މީހުންގެ ގަޔަށް އެއްފަހަރަށްވުރެ ގިނައިންވެސް ބަޑި ޖަހައެވެ. މިހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު 72 އަކަށް ވަނީ އަރާފައެވެ. ބައެއް މީހުންގެ ގަޔަށް 5 ވަޒަންވެސް ވަނީ އަރާފައެވެ. ހޮސްޕިޓަލުތަކުން އަދި އެމަޢުލޫމާތުތައް ހިއްސާއެއް ނުކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ކޮބާ ލާދީނީ އެމްޑީޕީ ނަގާކިޔާ ބައިގަނޑު.. އަވަހަށް ބުނޭ އެއީ ސިކުނޑިހަމަޖެހޭ މީހެއްނޫނޭ.. އޭބަޔަށް ހިމާޔަތްދިނުމަށް ގޮވަންވާނެ.. ކަލޭމެންތީ އޭގެ ބައިގަނޑެއްނު!!

    41
    20
    • ސިޔާސީ

      މިކަމާ އެމް ޑީ ޕީ އާ އޮތް ގުޅުމަކީ ކޮބާ ؟

      20
      13
      • ބީނޫ

        ގުޅުން އޮންނަ ހިސާބަކީ އެމްޑީޕީ ޓެރަރިސްޓް އަމަލުތައް ހިންގާ އެކަމަށް ބާރުދޭ ހިސާބުން.

        24
        13
    • މުހައްމަދު

      ކޮންމެ ކަމެއް ސިޔާސީ ނުކޮށްބަލަ

      13
      4
  2. ނުރަބޯ

    މުސްލިމުންގެ އެތައްބަޔަކު ޝަހީދުކޮށްލި މިނުބައި ޖަރީމާ ކުށްވެރިކޮށް ރީނދޫ ލާދީނީ ވަގުސަރުކާރުން ރަސްމީ ސިފައެއްގައި އެއްވެސް ބަހެއް ނުބުނޭ. އެކަމަކު އިންޑިއާ ގެ ގެރިއެއްގެ މޮއްގަނޑަށް ގެއްލުމެއް ވިޔަސް އެކަމާ ރޮއެ ހިތާމަކޮށް މޮދީ އަށް ތަޢުޒިޔާ ފޮނުވާނެ.?.

    26
    7
  3. Anonymous

    ސިޔާސީ ކޮއްލީމަ ނިމުނީ ދޯ

  4. އަލްޖިބްރާ

    އެހެންނޫނަސް ޔާމީނުހެން އެމް.ޑީ.ޕީ އާއި އަޅައިގަނެގެން ނެއްޓެން ނޭގިގެން އުޅޭ ބައިގަޑު އުޅޭނީ އެގޮތަށް !

    • ަަަާަޔަނާލް

      ސިޔާސީ ވިޔަސް ބޮޑުވަރު. މި ޕިންކް ޕެންތާ މެނަކަށް ނޭނގޭނެ މި ނޫން ކަމެއް ކުރާކަށް