ނިއު ޒީލްޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ހުކުރު ދުވަހުގެ ހުކުރު ވަގުތާއި ދިމާކޮށް ދިން ހަމަލާގައި 49 މީހަކުވަނީ ޝަހީދު ވެފައެވެ. މާތް ﷲ އެ އެންމެހާ ފުރާނަތަކަށް ސުވަރުގޭގެ ނިޢުމަތް ދެއްވާންދޭ! އާމީން!

މި ހަމަލާއާއެކު ގިނަ ބައެއްގެ ސުވާލުތަކެއް އުފެދުނެވެ. ހަމަލާދިން މީހާއަކީ ކާކުތޯ އަދި އެކަން ހުއްޓުވީ ކާކުތޯ ގިނަ ބަޔަކު ބަލަން ބޭނުންވިއެވެ. ޓެރެރިސްޓް ބްރެންޓަން ޓަރަންޓް ދިން މިހަމަލާގައި އިތުރަށް މީހުން މެރުނަ ނުދީ ހުއްޓުވާފައިވަނީ އުމުރުން 48 އަހަރުގެ އަބްދުލް އަޒީޒެވެ.

ޓެރެރިސްޓް ބްރެންޓަން ޓަރަންޓް އަލް ނޫރު މިސްކިތުގައި ވަރަށް ރަހުމް ކުޑަ ގޮތަކަށް 41 މީހަކު ޝަހީދުކޮށްލުމަށްފަހު ދިޔައީ، ލިންވުޑް މިސްކިތަށެވެ. އަދި އެމިސްކިތައް ބަޑިން ހަމަލާ ދޭން ފެށިއެވެ. ހަމަލާދެމުން ދަނިކޮށް އަބްދުލް އަޒީޒު ހުސްއަތާ ނިކުތެވެ. އޭނާގެ 11 އަހަރުގެ ދަރިފުޅާއި 4 އަހަރުގެ ދަރިފުޅު ބޭރަށް ނުނިކުންނާށޭ ކިޔަކިޔާ ހުއްޓައެވެ. މިސްކިތުގެ ޙަރަމުން ބޭރުގައި ޕާކް ކޮށްފައިވާ ކާރު ތަކުގެ ކައިރީގައި ހުރެ ޓެރެރިސްޓް ބްރެންޓަން ޓަރަންޓް ހަމަލާ ދެމުން ދިޔައިރު، އަބްދުލް އަޒީޒް ޖެހި ލުމެއް ނެތި އޭނާ އާ ދިމާ ކުރުމަށް ހުސްއަތާ ދިޔައެވެ.

"ކޮންމެ މީހަކުވެސް އެގަޑީގައި އެގޮތަށް ކަންތައް ކުރާނެ. އަހަރެންނަކީ ހީރޯއެއް ނޫން." އެވަގުތު ކަން ހިނގޮތް ސިފަކޮށް އަބްދުލް އަޒީޒް ބުންޏެވެ.

އަބްދުލް އަޒީޒް ދުވެފައި ދިޔައީ، ކާރު ތަކުން ކަވަރ ނަގައިގެނެވެ. މިހެންކަމުން ޓެރެރިސްޓް ބްރެންޓަން ޓަރަންޓްގެ ހަމަލާ އޭނާއާ އަމާޒު އެއް ނުވެއެވެ. އަދި ގޮސް ބިންމަތީގައި އޮތް ބަޑީއެއް ނެގިއެވެ. އަދި ބަޑި ޖަހަން ފިއްތަ ފިއްތާވެސް ބަޑިއެއް ނުޖެހުނެވެ. ދެން ޓެރެރިސްޓް ބްރެންޓަން ޓަރަންޓް ދުއްވަން އިން ކާރުގެ ލޯގަނޑު އޭނާ ތަޅާލިއެވެ. އެއާއެކު ޓެރެރިސްޓް ބްރެންޓަން ޓަރަންޓް ބިރުގަތެވެ. އަދި ދުވެފައި ގޮސް ކާރަށް އެރިއެވެ. ޓެރެރިސްޓް ބްރެންޓަން ޓަރަންޓްގެ ވަޒަންވެސް ހުސްވުމާއެކުގައެވެ. އަބްދުލް އަޒީޒްވަނީ ކާރުގެ ފަހަތުންވެސް ދުވެފައެވެ.

އިރުކޮޅެއް ނުވެ، ފުލުހުންވަނީ ހަމަލާދިން ފަރާތުގެ ކާރު ހުއްޓުވާ އެމީހުން ހައްޔަރުކޮށްފައެވެ.

އަފްޤާނިސްތާނަށް އުފަން އަބްދުލް އަޒީޒަކީ 25 އަހަރުވަންދެން އޮސްޓްރޭލިޔާގައި ދިރިއުޅުނު މީހެކެވެ. އަދި އޭގެފަހުން މީގެ 3 އަހަރެއްހާ ކުރިން ނިއުޒިލޭންޑަށް އޭނާގެ ދިރިއުޅުން ބަދަލު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ިިިިިިިިިިޮޮލޮކޮ

  ހީރޯ

  22
  4
 2. މަން

  އަނެއްކާވެސް މުސްލިމުންގެ ތެރެއަށް ހީރޯއެއް އިތުރުވީ.

  30
  4
 3. ކަނޑި

  އެމީހާ ހުއްޓުވީ ﷲ. ހީރޯއަކީ އޭނާއެއް ނޫން

  16
  18