މުސްލިމު އުންމަތު އެއްބަނޑު އެއްބަފާ ކަމަކީ ވަރުގަދަ ގުޅުމެކެވެ. އެއް ބަޔަކަށް ދިމާވާ ދަތި ކަންތައްތަކުގައި އަބަދުވެސް އިސްލާމީ މާތް ގުޅުން ފެނިގެންދެއެވެ. އަހުވަންތަކަމުގެ މިސާލުތައް ދުނިޔޭގެ އެކިއެކި ހާދިސާތަކުން ފެނިގެންދެއެވެ.

މިދިޔަ ހުކުރު ދުވަސް ވެގެންދިޔައީ ނިއުޒީލެންޑްގެ ތާރީހުގައިވެސް ކުރިމަތިވި އެންމެ ކަޅު ދުވަހަށެވެ. އާންމުކޮށް، އަމާން އޮމާންކޮށް ފެނިގެންދާ ނިއުޒީލެންޑަށް، ހާއްސަކޮށް އެގައުމުގެ ޗްރައިސްޓް ޗާޗުގައި ދިރިއުޅޭ މުސްލިމުނަށް ހުކުރު ދުވަސްވީ ހަނދާނުން ފޮހެލަން ދަތި، ބިރުވެރިކަމުން ފުރިގެންދިޔަ ދުވަހަކަށެވެ.

ހުކުރު ނަމާދަށް ތައްޔާރުވަމުންދިޔަ ނިއުޒީލެންޑް ދެ މިސްކިތަކަށް ނިރުބަވެރި ހަމަލާއެއް ދީ، އެތައް ބަޔަކު މިސްކިތުގެ ތެރޭގައި ޝަހީދުވެ ދިޔައެވެ. މުޅި ގައުމަށް ބިރުވެރިކަން ވެރިގެންދިޔަ އިރު، މިސްކިތު ތެރެއަށް ވަދެ ހަމަލާދިން ނިރުބަވެރި އޮސްޓްރޭލިއާގެ ބްރެންޓޮން ޓަރަންޓް ހިންގި ލާއިންސާނީ އަމަލު އޭނާ ދިޔައީ ލައިވްކޮށް މުޅި މީސްމީޑިއާގައި ދައްކަމުންނެވެ.

ހަމަލާގެ ކުރިން، އެކަން ހިންގި އެކަކު އިސްލާމް ދީނާ ދެކޮޅަށް ވާހަކަތަކެއް ދައްކާ، ބޮޑު މެނިފެސްޓޯއެއްވެސް އާންމުކޮށްފަައިވާ އިރު، އެ ހަމަލާގެ ވީޑިއޯ ފެނުނު މީހަކުވެސް ހިތް ފަޅައިގެންދާވަރުވެއެވެ. މިސްކިތެއްގެ ތެރެއަށް ވަދެ ކުށެއް ނެތް، އެތަކެއް ކުދިންނާއި އެތަކެއް އާންމުންނެއް މަރާލާފައި ވަނީ މުސްލިމުންނަށްވީތީއެވެެ.

ނިއުޒީލެންޑްގެ ބޮޑުވަޒީރުވެސް، އެ ހަމަލާއަކީ ސީދާ ނިރުބަވެރި ހަމަލާއެއް ކަމަށް ސިފަކޮށްފައިވާ އިރު، ހަމަލާ ވެގެންދިޔައީ މުސްލިމުންގެ ހަގީގަތް ދުނިޔެއަށް ހާމަވެގެން ދިޔަ ހަމަލާއަކަށެވެ. އަބަދުވެސް ނިރުބަވެރިންނަކީ މުސްލިމުން ކަމަށް ބުނަމުންދާ ގައުމުތަކަށްވެސް، އެ ހަމަލާގެ ސަބަބުން މުސްލިމުންނަށް އޮތް ނުރައްކަލާއި، މުސްލިމުންގެ ކެތްތެރިކަން ފެނިގެންދިޔައެވެ.

އިނގިރޭސިވިލާތް ފަދަ ބޮޑެތި ގައުމުތަކުންވެސް މުސްލިމުންނަށް ފުރިހަމަ ހިމާޔަތް ދޭން ވައުދުވި އިރު، ނަމާދު ކުރަމުންދާ އިރު، މުސްލިމުން ހިމާޔަތް ކުރުމަށް އެތައް ގައުމެއްގައި ސިފައިންނާއި އާންމުންގެ މީހުންވެސް ވަނީ މަގުތަކަށް ނުކުމެފައެވެ. ނިރުބަވެރިޔާއަށް މީހުން މެރުމުގެ ދައުވާ މިހާރުވެސް އުފުލާފައިވާ އިރު، ހާއްސަ ޓްރިބިއުޓްތަކާއެކު މުޅި ދުނިޔެއިން، ހާއްސަކޮށް މުސްލިމް އުންމަތުން ވަނީ ނިއުޒީލެންޑްގެ އެތަކެއް މުސްލިމުންނާއެކު ތިބިކަން ދައްކާލާފައެވެ.

އަވައްޓެރި އޮސްޓްރޭލިއާގެ ސިޑްނީ ހާބަރުގައިވެސް ރިހި ފަށަލައެއްގެ ލައިޓުން ދިއްލާލި އިރު، މެދުގައި ނިއުޒީލެންޑްގެ ދިދައިގައި ހިމެނޭ ފަތްވެސް ވަނީ ދިއްލާލާފައެވެ. އެ ފަތް ރަމްޒުކޮށްދެނީ ނިއުޒީލެންޑް ދިދައިގެ ހިމެނޭ ރިހި ފަތުގެ ރަމްޒެވެ. އޭގެ އިތުރުން އޮސްޓްރޭލިއާގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ، ނިއުޒީލެންޑާއެކު ތިބިކަން ދައްކާލިއެވެ.

އެމެރިކާގެ ބޮޑެތި އިމާރާތްތަކުގެ އިތުރުން ޔޫރަޕްގެ ލޭންޑްމާކް އިމާރާތްތައްވެސް ރިހި ފަށަލައާއެކު ކަޅުކޮށްލެވިފައިވާ އިރު، އެމެރިކާގެ އެމްޕަޔާ ސްޓޭޓް ބިލްޑިންގްވެސް ވަނީ އެގޮތަށް ދިއްލާލާފައެވެ. އޭގެ އިތުރުން އިންޑިއާގެ ހައިދްރައާބާދު ސްޓޭޓްގެ މަގުތަކަށްވެސް މިއަދު ވަނީ ހިމޭން އިހުތިޖާޖަށް އެތަކެއް އަންހެނުންނެއް ނުކުމެ، މުސްލިމް އުންމަތުގެ ދިފާއުގައި ތިބިކަން ދައްކާލާފައެވެ.

ނިއުޒީލެންޑް ވަރުގަދަ ގޭންގްތައްވެސް އެކަތި ގަނޑަކަށް ވެފައި އޮތް އިރު، މުސްލިމުން ޝަހީދުކޮށްލި ނިރުބަވެރިންނަށް ގައުމުން ޖާގަ ނެތްކަން ދައްކާލިއެވެ. އޭގެ އިތުރުން ތުރުކީގެ މަގުތަކަށް މިއަދު ވަނީ އެތައް ހާސް ބަޔަކު ނުކުމެ، މުސްލިމް އުންމަތް އެކުގައި ނިއުޒީލެންޑާ އެކުގައި އޮތްކަން ދައްކާލާފައެވެ.

މުސްލިމުންގެ އެތަކެއް ފުރާނައެއް، މަތިވެރިވެގެންވާ މިސްކިތްތަކުގައި ގެއްލިގެންދިޔަ ދިޔުންވީ އުންމަތަށް ހިތާމަކުރިމަތި ކުރުވި ކަމަކަށެވެ. މާތް މަތިވެރި އަޅުކަމުގައި އުޅުނު އެތައް ބަޔަކު ޝަހީދުވެގެން ދިޔަ ދިޔުން ވެގެންދިޔައީ މުސްލިމުންނާ މެދު އެތައް ބަޔަކު ކުރަމުންއައި ކުންހީތަކަކަށް ނިމުން ގެނުވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނިރުބަވެރިކާފަރުން

    އެމެރިކާގެ ރައިޓްވިންގްވޮޗް ގެ ބްރަަޔަންފިޝަރ މިހަމަލާއަށް ސަޕޯޓްކޮށްފަ ބުނަނީ އިސްލާމްދީނާއި ރެފިޔުޖީން ނަށް މިކަހަަލަ ހަމަލާ ދެވޭނެކަމަށެވެ. ވީމާ މިޖަމާޢަތް މީ މިކަހަލަ ހަމަލާތަކުގެ ފަހަތުގައި ތިބި ބަޔަކަށްވާއިރު ޓެރަރިޒަމް އާއިދެކޮޅަށޭ ކިޔާފަ ހަމައެކަނި އިސްލާމުން ނައްތާލަން މިއުޅެނީ ކީއްވެބާއެވެ.

    12
    1
  2. ޒުވާނާ

    އޭބަލަ ކޮބާ ނިކަމެތި އެހެން ކުށެއްނެތް އިންސާނުން އެއީ އެއްވެސް ބަޔެއް ނޫންތަ ހަމައެކަނި ޔޫރަޕިއަން މުސްލިމުންނަކީތަަބަޔަކީ. ކޮބާ ފަލަސްތީން ކޮބާ ކަޝްމީރު ކޮބާ ރޮހިންޖާ ކޮބާ ލަންކާ މުސްލިމުން ކޮބާ ޗައިނާމުސްލިމުން

    20
  3. ހުދުބޯ

    ކޮން އެމެރިކާއެއް. އެމެރިކާއަށް ވުރެން ﷲ ގެ ކުޅަދުންވަންތަ ކަމެއްނޫންތަ ގަދަވާނީ. މިސްކިތަކީ އެﷲގެ ގެކޮޅޭ ބުނާ އަޑުވެސް އިވޭ

    6
    1