މަސްތުވާތަކެއްޗާއި ޖިނާއީ ކުއްތަށް ކަވަރު ކުރަމުން އައި މެކްސިކޯގެ ނޫސްވެރިއެއް ގަޔަަށް ބަޑި ޖަހައި މަރާލައިފިއެވެ.

ސެންޓިއޭގޯ ބްރޮސޯ ގަޔަށް ބަޑި ޖަހައި މަރާލީ އެމެރިކާ އަދި މެކްސިކޯ ގުޅޭ ބޯޑަރުގައި ހުރި އޭނާގެ ގެ ކައިރީ ހަރަކާތްތެރިވަމުން ދަނިކޮށެވެ.

ނޫސްވެރިއެއްގެ އިތުރުން ރޭޑިއޯ ޝޯވ އެއްވެސް ހުށައަޅައިދޭ އުމުރުން 47 އަހަރުގެ ސެންޓިއޭގޯ ގަޔަށް ހަތިޔާރު ހިފައިގެން ހުރި މީހަކު އެތަށް ފަހަރަކު ބަޑި ޖެހި އިރު އޭނާ މަރުވީ މެކްސިކޯގެ ހޮސްލިޓަލެއްގައި ލިބުނު ޒަހަމުތަކަށް ފަރުވާ ދެވެމުން ދަނިކޮށެވެ.

މެކްސިކޯގައި ނޫސްވެރިއެއް ގަޔަށް ބަޑި ޖަހައި މަރާލާފައި މިވަނީ މެކްސިކޯގެ ކޯރަކުން މަރުވެފައިވާ 19 އިންސާނެއްގެ ހަށިގަނޑު އެގައުމުގެ ފުލުހުން ހޯދިތާ ހަފްތާއެއް ނުވަނީސްއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި ފެނުނީ ހަށިގަނޑުތައް ހުރީ ކުދިކޮށް ކޮށާ ކޮތަޅުތަކަށް އަޅާފައެވެ. 18 ހަށިގަނޑަކީ ފިރިހެނުން ކަމަށާއި އެއް ހަށިގަނޑަކީ އަންހެނެއްގެ ހަށިގަނޑު ކަމަށް މިހާތަނަށް ބެލިބެލުމުން އެގިފައިވާ ކަމަށް މެކްސިކޯގެ ފުލުހުން ވަނީ ބުނެފައެވެ.

މެކްސިކޯއަކީ ޑްރަގްގެ ވަގު ވިޔަފާރިއާއި އިންސާނީ ވަގުފާރި އެންމެ ފުޅާކޮށް ކުރަމުންދާ އެއްގައުމަށް ވާއިރު އެގައުމުގެ ފުލުހުން މިހާރު ދަނީ މަރާލާފައި ކޯރަށް އެއްލާލާފައި އޮއްވާ ފެނުނު މީހުންނަކީ އެއްވެސް ކަހަލަ ކުށެއް ކުރި ބައެއް ތޯ ބަލާ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ ކޮކޭން އާއި ހެރޮއިން ފަދަ އެއްޗެހި ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އައި ސިނަލޯއާ ކާޓެލްގެ ވެރިޔާ އެލްޗަޕޯ ނިސްބަތްވަނީ މެކްސިކޯ އަށެވެ.