ކްރިސްޓްޗާޗްގެ ދެ މިސްކިތަށް ހުކުރު ދުވަހު ހުކުރު ނަމާދަށް ތައްޔާރުވެގެން ތިއްބާ ދިން ނިރުބަވެރި (ޓެރަރިސްޓް) ހަމަލާ ލައިވް ސްޓްރީމް ކޮށް އަޕްލޯޑް ކުރި ވީޑިއޯއާ ޝެއާކުރި 1.5 މިލިއަން ވީޑިއޯ ފޭސްބްކުން ނަގައިފިއެވެ.

އާންމު މިންގަނޑާ ހިލާފު މަންޒަރުތައް ފެންނަ ވީޑިއޯ ތަށް ފޭސްބުކް އިން ނަގާފައިވާ ކަމަށް ކުންފުނިން ބުނެފައިވާއިރު ފޭސްބުކް އިން ވަނީ މިސްކިތަށް ހަމަލާ ދިން މީހާ ލައިވްސްޓްރީމް ކުރި އޭނާގެ އެފްބީ އެކައުންޓާއި އިންސްޓަގްރާމް އެކައުންޓެވެސް މިހާރު ޑިލީޓް ކޮށްލާފައެވެ.

މިސްކިތަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 50 އަށް އަރާފައިވާއިރު މިސްކިތަށް ހަމަލާދިން މީހާވަނީ އެތައް މުސްލިމުންނެއް އެއްވެސް ރަޙްމަކާ ޝަހީދު ކޮށްލި ވީޑިއޯ ފޭސްބުކްގައި އާއްމުކޮށްފައެވެ.

އެފްބީން ބުނީ އެޑިޓްކޮށް އަދި އެނޫން ގޮތްގޮތަށް އަޕްލޯޑް ކުރުމަށް މަސައްކަތް ކުރި 1.2 މިލިއަން ވީޑިއޯ އަޕްލޯޑް ކުރުން ހުއްޓުވާފައިވާ ކަމަށެވެ.

މިވީޑިއޯގައި އެތައް މީހުންތަކެއް ޝަހީދުކޮށްލާ މަންޒަރު ފެންނައިރު، ބައެއް މީހުންގެ ގަޔަށް އެއްފަހަރަށްވުރެ ގިނައިންވެސް ބަޑި ޖަހައެވެ. މިހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު 72 އަކަށް ވަނީ އަރާފައެވެ. ބައެއް މީހުންގެ ގަޔަށް 5 ވަޒަންވެސް ވަނީ އަރާފައެވެ. ހޮސްޕިޓަލުތަކުން އަދި އެމަޢުލޫމާތުތައް ހިއްސާއެއް ނުކުރެއެވެ.