ފަލަސްތީނުގައި ޔަހުދީން ގަދަބާރުން ހިފައިވާ ސަރަހައްދެއްގައި އޭރިއަލް ނަމަކަށްކިޔާ ޔަހޫދީ އާބާދީގެ ކައިރީގައި ފޯރި މަރަން ހުރި އިސްރާއީލު ސިފައިންގެ މީހަކަށް ވަޅިން ހަމަލާދީ މަރާލައިފިއެވެ.

ފަލަސްތީނު މީހަކު ވަޅިން ހަމަލާދިނީ އޭރިއަލް ޔަހޫދީ އާބާދީގެ ހަތަރުއަނގޮޅިއެއްގައި ފޯރިއަށްހުރި ސިފައިންގެ މީހަކަށް ކަމަށް އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު ބުނެއެވެ. ހަމަލާދިން މީހާ ކާރުގައި ފިލައިގެންގޮސް ވަނީ ފަލަސްތީނު އަވަށެއް ކަމަށްވާ ބްރުގީން އަށް ކަމަށް ވެސް ތަރުޖަމާން ބުނެފައި ވެއެވެ.

ވަޅިން ހަމަލާ ދިނުމަށްފަހު އިސްރާއީލު ސިފައިންގެ މީހާގެ އަތުގައިއޮތް ބަޑި ފޭރިގަނެ އޭގެފަހުން އެހިސާބުން ދަތުރުކުރި ތިން ވެހިކަލަކަށް ބަޑިން ހަމަލާދިންއިރު މި ހަމަލާގައި އިސްރާއިލު ސިފައިންގެ އިތުރު ދެ މީހަކު ޒަހަމުވި ކަމަށް ރިޕޯޓްތަށް ބުނެއެވެ.

އިސްރާއިލުގެ ސިފައިންގެ މީހާއަށް ދިން މި ހަމަލާއަށް އިސްލާމިކް ޖިހާދު ޖަމާއަތުން ވަނީ މަރްހަބާ ކިޔާފައެވެ.

ސިފައިންނަށް ހަމަލާދިން މީހުން ސަލާމަތީ ބާރުތަކުން ހޯދަމުންދާ ކަމަށާއި، އެމީހުން އަތުލައިގަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ވަނީ ބުނެފައެވެ.

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުވެ ބިންތަކުގައި ގަދަކަމުން ވަޒަންވެރިކުރުވާފައިވާ ޔަހޫދީން ފަލަސްތީނު މީހުންނަށް ހަމަލާ ދިނުން ގިނަވެގެން އިސްރާއީލްގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީންގެ ބައެއް މީހުން ތެދުވުމުން އިސްރާއީލުން ވަނީ ފަލަސްތީނުގެ ވެރިރަށް ރާމަﷲގައި މިމަހު ކުރީ ކޮޅު އޮޕަރޭޝަނެއް ވެސް ފަށާފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިޔާ

    ފުރިހަމައަށް ތަމްރީނު ވެފަތިބި ޒަމާނީ ތިޔާރުއެޅި ސިފައިންގެމީހާ ފަލަސްތީނުގެ އާރެއް ބާރެއް ނެތް ޒުވާނާގެ ކުރިމަތީގަ ނުވޭ އެކައްޗަކަށް ވެސް..ސާބަހޭ ޒުވާނާ..

    21
  2. ޝާން

    އަލްހަމްދުލިއްލާހި. އިޒުރޭލުގެ ޔަހޫދީ ހުރިހާ ކުއްތާތައް މަރައި ހުސްކުރަންޖެހެނީ.

    19
    1