ހޮނިހިރު ދުވަހު މެންދުރުން ފަށައިގެން އާދިއްތަ ދުވަހު ހެނދުނާ ހަމައަށް އިންޑޮނޭޝިއާގެ ޕަޕުއާ ޕްރޮވިންސަށް ކިސަޑު ފޭބުމުގެ ސަބަބުން 50 މީހުން މަރުވެއްޖެއެވެ.

ކޯރެއް ބަންޑުންވުމާއި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިއްޔެ ފެންބޮޑުވި ޕަޕުއާގެ ޖަޔަޕޫރާ ޑިސްޓްރިކްޓްއަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ. އަދި ކިސަޑުގެ ސަބަބުން ގިނަ އަދަދެއްގެ ގެތަކަށް ފެނާއި ކިސަޑު ވަދެ މަގުތަކާއި ބުރިޖުތައް ބޭނުން ނުކުރެވޭ ވަރު ވެފައިވާ ކަމަށް އެގައުމުގެ ނެޝަނަލް ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީ(ބީއެންޕީބީ)ގެ ތަރުޖަމާނު ވިދާޅުވި އެވެ.

50 މީހުން މަރުވުމުހެ މިހާދިސާގައި ކުޑަ ތިން ކުދިންވެސް ހިމެނެެވެ. 273 އާއިލާއެއްވަނީ ވައްނާނެ ތަނެއް ނުލިބިފައެވެ. އަނިޔާ ލިބުނު މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައު ފަރުވާ ދެމުންނެވެ. 200 މީހުން މިހާރު ވަނީ ސަލާމަތް ކޮށް 1400 މީހުން މިހާރު ތިބީ ކާރި ސްކޫލްތަކުގައި ވަގުތީ ހިޔަލުގައެވެ.

ޕަޕުއާ އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް މުހައްމަދު އައިދީ ވިދާޅުވި ގޮތުގައި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ 4،000އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

މިހާދިސާގައި މުޅިއަކު 350 ގެއާއި 100 ފިހާރަތަކާއި 2 ބްރިޖް ވަނީ ނެތިގެން ގޮސްފައެވެ. މި 2007 ގެ ފަހުން އިންޑޮނޭޝިއާގައި ހިންގާދިޔަ ދެވަނަ ބޮޑު ހާދިސާއެވެ.

ހާދިސާއާއި ގުޅިގެން މިހާރު ޕަޕުއާ ޕްރޮވިންސުން ވަނީ ދެ ހަފްތާގެ ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ. އެެއީ ކުއްލި ހާލަތު އިއުލާން ކުރުމުން މައި ސަރުކާރުން އެހީ ލިބޭނެ އެވެ.