2025 ވަނަ އަހަރު އަންނަވާ އިރު، ޕާކިސްތާން އޮންނާނީ އިންޑިއާގެ ސަރަހައްދެއްގެ ގޮތުގައި ކަމަށް، އިންޑިއާގެ އެންމެ ބޮޑު އެއް ޕާޓީ،

ސީނިއާ ރަޝްތްރިޔާ ސްވާމަން ސެވަކް ސަންގެ (އާރްއެސްއެސް)ގެ ލީޑަރު އިންދްރޭޝް ކުމާރު ބުނެފިއެވެ.

ޕާކިސްތާނާ އިންޑިއާގެ ދެބަސްވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އަނެއްކާވެސް އެކަމަށް އިތުރު ނުތަވަސްކަމެއް ގެނައުމަށް އިންދްރޭސް ކުމާރު އެހެން ބުނެފައި ވަނީ "ކަޝްމީރު - ވޭއަހެޑް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ރެލީއެއްގައެވެ. އޭނާ ބުނެފައި ވަނީ 1947 ވަނަ އަހަރުގެ ކުރިން ޕާކިސްތާނަކީ އޮންނަ ތަނެއް ނޫން ކަމަށާއި، 1945އެއް ހިސާބު އެއީ އިންޑިއާގެ ތަނެއް. 2025 ވަނަ އަހަރުވެސް އޮންނާނީ އެގޮތުގައި. ޕާކިސްތާނުގެ މިހާރު ބިންތަކުގައި އިންޑިއާގެ މީހުންނަށް ވިޔަފާރިވެސް ކުރެވޭނެ،" އިންދްރޭޝް ކުމާރު ބުންޏެވެ.

އެފަދަ ގޮތަކަށް އިންފްރޭޝް ކުމާރު ވާހަކަ ދެއްކި ނަމަވެސް، އެކަން ކުރެވިގެންދާނީ ކިހިނެތް ކަމެއް އޭނާ ބުނެއެއް ނުދެއެވެ. އަދި އެކަން ކުރާނެ ގޮތަކީ އަޅުވެތިކޮށްގެންތޯ ނޫނީ އެކުވެރިކަން ބަދަހިކޮށް، އެއް ބަޔަކަށް ވެގެންތޯވެސް އޭނާ ނުބުނެއެވެ.

އިންޑިއާގެ ސިފައިންތަކެއް މަރާލި ކަމަށް ތުހުމަތުކޮށް، ޕާކިސްތާނު ވައިގެ ތެރެއަށްވަދެ މިދިޔަ މަހު ދިން ހަމަލާތަކެއްގައި އިންޑިއާއިން އޮޅުވާލިކަންވެސް ފަޅާއަރާފައިވާ އިރު، ޕާކިސްތާނުން ސުލްހައިގެ މިސާލުތަކެއް ވަނީ ދައްކާފައެވެ. އެކަމުގައި އިންޑިއާއަށް އޮތީ ޕްރެޝަރު ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޗިއްލޫ

    މިއީ އިންޑިޔާގެ ވިސްނުމަކީ، މިރާއްޖޭގަ އިންޑިޔާ ސިފައިން ބައިތިއްބައިގެން ގައުމު އަނދަވަޅަކަށް ވައްޓަން ސިޔާސީ ފަރާތްތަކުން މިކުރާމަސައްކަތް ވަގުތުންވަގުތައް ހުއްޓާލަންއެބަޖެހޭ!

    60
    3
  2. ވާނުވާޑް

    ޕާކިސްތާނުގެ އެންމެން ހިންދޫންނަށް ވަނީތަ؟

    26
    1
  3. ހުސޭނުބޭ

    2025 ވަނަ އަހަރު އަންނައިރު އެންމެ ފުރަތަމަ އިންޑިޔާ އޮންނާނީ ގެރިގުއިތަފާލެއްހެން! ދެން ކިހިނެއް އެހެން ޤައުމެއް އިންޑިޔާގެ ގޮތުގައި އޮންނާނީ! އަހަރެމެން ޤައުމުގެ ސަރުކާރުގައި މިތިބި މީހުން އެދުވަހުން ގެންދާތި ގެރިގުއި އުގުޅަން!

    52
    1
  4. ރައްޔިތު

    ޕާކިސްތާނަކާ ނުކުޅެވޭނެ..! ތިކަން ހަނދާން ނައްތާލާ ސޮޑޭ..! އެކަމަކު މިދާގޮތަށް ދަންޏާ ރާއްޖޭގެ ނަން "ދި އިންޑިޔާ މޯލްޑިވްސް" ނުވަތަ "އިންޑިވްސް" އަށް ބަދަލުވުން އެކަށީގެންވޭ..!

    22
  5. ނުރަބޯ

    މިހާރު ވެރިކަމުގައި މިތިބަމީހުން ބޭރު ނުކޮށްފިނަމަ ލަސްތަކެއްނުވެ މި ގައުމުވެސް އޮންނާނީ އިންޑިއާގެ ކޮލޮނީ އެއްގެ ގޮތުގައި. މިހާރުވެސް މިއޮތީ އެކަހަލަ ގޮތަކަށް، ރަސްމީ ގޮތުން ސޮއި ނުކުރާކަން އެކަނި.

    25
  6. ޖޮއްބެ

    ހުވަފެނެއްގަ. އިންޝާﷲ.

    18
  7. އަހު

    މަހަތަމާ ގާނދީގެ މޮޓޯ އަކީ ގްރޭޓަރ އިންޑިޔާ އޭގެ ތެރޭގައި ދިވެހި ރާއްޖެ ވެސް ހިމެނޭ .. ޕާކިސްތާނުވެސް ހިމެނޭ ... އެމީހުންގެ ދުރު ރާސްތާ ގެ އަމާޒަކި އެގޮތަށް އެކަން ކުރުން އިންޑިޔާ ކަނޑާއި ވައި އަދި ބިންތަން އެމީހުންގެ ބާރުގެ ދަށަށް ގެނައުން ބާރު ހިނގާ ތަންތަނަށް ހެދުން.

    13
  8. ބުއްޅ

    2025 ހުގައި މިރާއްޖެވެސް އޮންނާނީ އިންޑިޔާގެ އަޅުވެތިވެ ނިމިފަ!

    4
    2
  9. މޯދީ

    2025 ގައި ކަލޭގެ ބޮލަށް ސަވާރުވެ އިންނާނީ ހަނޫމާން، ނޭފަތްމަތީގައި ގަނަޕަތީބައްޕާ، އަނގަމަތީގަ ހުސް ގެރިގުއި. ހައްހައްހައް...