ފާރިދު އަހްމަދަކީ މިދިޔަ ހުކުރު ދުވަހު ކްރިސްޗާޗްގެ އަލް ނޫރު މިސްކިތައް ހުކުރަށް ދިޔަ މީހެކެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިންނަ ފާރިދުގެ ފުރާނަ ސަލާމަތް ކޮށްދިނީ އޭނާގެ އަނބިމީހާ އެވެ. އަނބިމީހާ ވަނީ ފިރިމީހާގެ އައްޑަނައަކަށް ވެގެން ވަޒަންތަކުގެ ކުރިމައްޗަށް އަރާފައެވެ.

ނިއުޒިލެންޑްގެ ނޫސްވެރިޔަކު މިއަދު ލިޔެފައި ވެއެވެ. "އަހަރެން ފާރިދު އާއި ބައްދަލު ވުމުން ސުވާލު ކުރީމެވެ. ކަލޭގެ އަނބިމީހާ ޝަހީދުކޮށްލި ގާތިލާއި މެދު ކަލޭ ބުނަން އޮތީ ކީކޭހެއްޔެވެ؟ ޖަވާބުގައި ފާރިދު ބުންޏެވެ. އޭނާ އަކީ އަހަރެންގެ އަހެއް. އެއީ އޭނާ އިންސާނަކަށް ވުމުން. އަހަރެން އޭނާ އަށް މަޢާފް ކޮށްފިން. އޭނާ އަށް ޙައްޤު އަދަބު ދެއްވާނީ ﷲ."

ފާރިދު ބުނީ 50 މުސްލިމުންގެ ގާތިލަށް އޭނާ މަޢާފް ކުރުމުގެ މާނައަކީ ގާތިލް ކުރި އެއްވެސް ކަމަކަށް ތާއިދު ކުރުން ނޫންކަމަށެވެ. ނަމަވެސް މަޢާފް ކުރުމަކީ އެންމެ ހެޔޮ ކަންތައް ކަމަށާއި ކޮންމެ އަޅަކު ވެސް ކުރި ކުށެއްގެ ސަޒާ އެމީހަކަށް ލިބޭނެ ދުވަސް އަންނާނެ ކަމަށް ގަބޫލު ކުރާ ކަމުގައި ފާރިދު ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދަށް ގޮސް ތިއްބި މީހުންގެ ގަޔަށް ބަޑި ޖަހާ އޭގެ ތެރެއިން 50 މީހުން ޝަހީދު ކޮށްލީ އޮސްޓްރޭލިއާ އަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ބްރެންޓަން ޓަރަންޓް އެވެ.

ގަސްދުގައި މީހުން މެރުމުގެ ދައުވާ ބްރެންޓަންގެ މައްޗަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ އުފުލާފައެވެ. އޭނާގެ ޝަރީޢަތް ދެން އޮންނާނީ އަންނަ މަހުގެ 05 ވަނަ ދުވަހު އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ މައްޗަށް އަދިވެސް އިތުރު ދައުވާތަކެއް އުފުލާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހޭހުސްވެފަ

    އެންމީހުންގެ ނަމުގަ މައާފެއް ނުކުރެވޭނެ!

  2. މފ

    ބުއްދި ހަމަނުޖެހޭ ބޮޑު މޮޔައެއްތައެއީ؟

    10
  3. I have

    އެބުނީrangalhu vaahakަa އެއްh