އަބަދުލް ނަޒީރުއާއި އޭނާގެ އަންހެނުން އަންސީ އަލިބާވާ ނިއުޒިލޭންޑަށް ދިރިއުޅުން ބަދަލު ކުރީ މިދިޔަ އަހަރުގައެވެ. އަންސީގެ ކިޔެވުން ފުރިހަމަ ކުރުމަށް އުފަން ރަށް އިންޑިޔާ ދޫކޮށް، ނަޒީރު، ނިއުޒިލޭންޑަށް ބަދަލުވީ، ވަރަށް ރަނގަޅަށް ކުރިޔަށް އޮތް ދުވަސްތަކުގައި ކުރާނެ ކަންތައްތައް ރާވައިގެނެވެެ. ނަމަވެސް މިއަދު ނިއުޒިލޭންޑްގައި މިދިޔަ ހުކުރު ދުވަހު ހުކުރު ވަގުތާ ދިމާކޮށް ދިން ޓެރެރިސްޓް ހަމަލާއިން އޭނާގެ ހުވަފެންތައް މިއަދު މިވަނީ ވީރާނާވެފައެވެ.

އަންސީ ނިއުޒިލޭންޑަށް ބަދަލުވީ، މާސްޓާސް އިން އެގްރިކަލްޗަރ ކިޔަވުމަށެވެ. އަދި ކިޔެވުން ފުރިހަމަ ކުރުމަށްފަހު، އިންޑިޔާއަށް ގޮސް އޭނާގެ ޢާއިލާއާއެކު އުފާވެރި ދިރިއުޅުމެއް އުޅުމުން، މިދެމަފިރިން ރާވާފައިވެއެވެ. އާދައިގެ މަތިން ކޮންމެ ހުކުރަކުވެސް ހުކުރު ނަމާދަށް ދާ މިސްކިތަށް އަބަދުލް ނަޒީރުއާއި އޭނާގެ އަންހެނުން ދިޔައެވެ. އަންހެނުން ނަމާދު ކުރުމަށް ޚާއްސަތަނުގައި އަނބިމީހާ ބެހެއްޓުމަށްފަހު، ފިރިހެނުން ނަމާދު ކުރާތަނަށް ނަޒީރު ދިޔައެވެ.

"ގަމަތްދޭން ކުޑައިރުކޮޅެއް ވެފައި ހުއްޓާ ފުރަތަމަ ބަޑީގެ އަޑު އިވުނީ. އަހަރެން ހީކުރީ، ކުއްޖަކު ހަމެއް ފަޅާލީ ކަމެއް. ދެން އިރުކޮޅެއް ނުވަނީ ފުލުފުލުގައި ބަޑި ޖަހާއަޑު އިވުނީ. އަދި އަހަރެން އިން ތަަނަށް ބަޑި ހިފައިގެން އިން މީހާ އައީ. އަހަރެންވެސް ދުއްވައިގަތިން. އަހަރެންގެ ވަރަށް ކައިރީ އެމެޖެންސީ އެކްޒިޓް ދޮރު ހުރި. އަހަރެންނަށް މިސްކިތުން ބޭރަށް ނިކުމުވެނު. ލޮލަށް ފެނިގެން ދިޔަ އެތައް ބަޔެއްގެ ގަޔަށް ވަޒަން އަރަމުން ދިޔަ ތަން." ގިސްލަމުން އޭނާ ކިޔައިދިނެވެ.

އަލީ ނަޒީރު ބުނެފައިވަނީ ވަރަށް އަވަހަށް އެތާ ކައިރި ހުރި ގެޔަކަށް ގޮސް، ފުލުހުންނަށް އެވާހަކަ ރިޕޯޓް ކުރި ކަމަށާއި، އެއަށްފަހު އަންހެނުްނ ހޯދުމަށް މިސްކިތާ ދިމާޔަށް ދިޔަ ކަމަށެވެ.

"ވަރަށް ހޯދިން އަންހެނުން. އެކަމަކު..." ނަޒީރު އަކަށް ކުރިޔަކަށް ނުދެވުނެވެ.

ނަޒީރުގެ އަންހެނުން ހިމެނިފައިވަނީ އެ ޓެރެރިޒަމް ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައެވެ. ﷲ އެމަރުޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި. އާމީން!

އަބަދުލް ނަޒީރުގެ އުންމީދުތައް މިއަދު މިވަނީ ފުޑުފުޑުވެފައެވެ. އޭނާގެ އަންހެނުން ކިޔަވަން ނެގި ބޮޑު ލޯން، މިވަނީ އޭނާގެ ކޮނޑުގައި އެޅިފައެެވެ. ދެމީހުން އެކުގައި ކުރި އުންމީދު ފެނަށް ގޮސްފައެވެ. ނަޒީރު ދިރިއުޅެމުން ދިޔައީ، އަންހެނުން ކިޔަވުމަށް ދިން ވިސާގެ އެހީގައި ކަމުން، ދެން އެޤައުމުގައި އުޅެވޭނެ ކަމެއްވެސް ނަޒީރަކަށް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ފަސްކުޅަނދު

  ފުރަތަމަ ދުއްވައިގަންނަންވީ އަންހެނުން ސަލާމަތް ކުރާކަށްނު؟

  6
  25
 2. ވ

  މަށަށް ފެނޭ ރާއްޖޭގައި މީނާއަށް ފަންޑު ފޮއްޓެއް ހުޅުވަން

  9
  11
 3. Anonymous

  އެކަކަށް އެގޮތައް ކަމެއް މެދުވެރިވީމަ އެންމެނަށް އެކަން އެގޮތަށް ދިމާވޭތަ

  5
  15
 4. ޙަސްސާ

  ތި ލިޔުން ދިމާނުވޭ ރަނގަޅަށް ބަލާލަ