ތުރުކީގައި މުސްލިމުންނަށް ހަމަލާދީފިނަމަ އަނބުރާ ފޮނުވާލާނީ "ސަންދޯކުގައި" ކަމަށް ތުރުކީގެ ރައީސް އުރުޣާން ތައްޔިބު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވީ، އެޤައުމަށް މުސްލިމުންނަށް ހަމަލާދޭން ކަމަށް ބުނެ، އެޤައުމަށް އެތެރެވާން އުޅެނިފިނަމަ، ޤައުމުން އެނބުރި ދާން ޖެހޭނީ "ސަންދޯކުގައި ކަމަށެވެ.

އުރުދުޣާން މިމޭރުމުން ވާހަކަ ދައްކާފައިވަނީ ނިއުޒިލޭންޑަގެ ދެ މިސްކިތަކަށް މިދިޔަ ހުކުރު ދުވަހު ހުކުރު ވަގުތާ ދިމާކޮށް ދިން ޓެރެރިސްޓް ހަމަލާގައި 50 މުސްލިމުން ޝަހީދުކޮށްފައިވަނިކޮށެވެ.

އުރުދުޣާންގެ ވާހަކަފުޅުގައި ނިއު ދިލޭންޑްގެ އިސްވެރިންނާ މުޚާތަބުކޮށް ބުނެފައިވަނީ، މިފަދަ ކަންކަމުގައި ދޫ ނުދެއްވުމަށެވެ.

"ހުޅަނގުގެ ޤައުމުތައް ގޮތަށް މިމައްސަލަ އޮއްބާނުލަން ނިއުޒިލޭންޑަށް ގޮވާލަން. މިފަދަ ކަންކަމަކީ ބޮޑެތި ފިޔަވަޅުތައް އަަޅަން ޖެހޭ ކަންކަން:" އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަސީދު

    ގަދައިގޭ

    25
    1
  2. މަމެން

    މީ އިސްލާމީ ހަރުދަނާ ލީޑަރުންނަަކީ... މީ ހިއްވަރުގަދަ ބަތަލެއް.

    65
    3
  3. ނިއު ދިލޭންޑް

    މިފަދަ ކަންކަމަކީ ބޮޑެތި ފިޔަވަޅުތައް އަަޅަން ޖެހޭ

    25
    2
  4. ނަމެއް ބުނެވޭކަށް ނެތް

    މި ފަދަ ހަރުދަނާ އިސްލާމީ ލީޑަރުން ގިނަ ކުރަށްވާށި.... މީ ފިސާރި ލީޑަރެއް....

    47
    1
  5. ޗިއްލޫ

    މިއީ ފުރިހަމަ މުސްލިމުންނަކީ، ކޮބާ މިގައުމަށް ބުދުއެތެރެކުރި އިންޑިޔާމީހުން، އެމީހުންނާމެދު އެއްވެސް ފިޔަވަޅެއްނާޅާ އެކަންއޮއްބާލީ މިހާރުގެ ލާދީނީ ސަރުކާރުން!

    43
    4