އެފްރިކާގެ ގައުމެެއް ކަމަށްވާ މޮޒަންބީކް އަދި ޒިމްބާބުއޭ އަދި މަލާވީ އަށް އެރި ބާރުފަދަ ތޫފާންގެ ސަބަބުން އިންސާނީ ބޮޑު ކާރިސާ އެއް ކުރިމަތިވެފައިވާ ކަމަށް އދ އިން ބުނެފިއެވެ.

"އިޑައި" ގެ ނަމުން ނަންދީފައިވާ މި ތޫފާނުގައި މިހާތަނަށް މޮޒަންބީކުން 1000 މީހުން މަރުވެފައިވާއިރު ޒިންބާބުއޭއިން މަރުވިމީހުންގެ އަދަދު ވަނީ 98 އަށް އަރާފައެވެ.

ތޫފާން އިޑައިގައި ލިބުނު ގެއްލުން

ބައެއް ފަރާތްތަކުން މިތޫފާނަކީ ބޮޑު ސުނާމީއެެއްގެ ގޮތުގައި ސިފަކުރާއިރު މި ތޫފާނުގެ އަސަރު މަލާވީ އަށް ވެސް ވަނީ ވަރަަށް ބޮޑަށް ކޮށްފައެވެ. ތޫފާންގެ އަސަރު 2.6 މިލިއަން މީހުންނަށް ކުރި ކަމަށް އދ އިން ބުނެއެވެ. މަލާވީން 920000 އަށް ވުރެން ގިނަ މީހުންނަށް ވަނީ ތޫފާނުގެ އަސަރު ކޮށްފައެވެ.

ތޫފާމުގައި މީނުވީއެއް ނޭނގި އެތަށް ބަޔަކު ގެއްލިފައިވާއިރު މަރުވި މީހުންގެ އަދަފު އަދިވެސް އިތުރުވާނެ ކަމުގެ ބިރުވަނީ ބޮޑުވެފައެވެ.

ތޫފާންގެ ސަބަބުން ބޮޑު ސަރަހައްދެއް ފެނުގެ އަޑީގައި

ތޫފާނުގެ ސަބަބުން ތިން ގައުމުގެ ބޮޑު ސަރަހައްދުތަކުން ކަރަންޓް ކެނޑި ބްރިޖް ތަކާއި މުދަލަށާއި ގެދޮރަަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. ރިޕޯޓްތަށް ބުނާގޮތުގައި ތޫފާނުގެ ސަބަބުން މޮޒަންބީކްގެ 500000 ގެއިން ވަނީ ކަރަންޓް ކެނޑިފައެވެ.

ގަޑިއަކު 177 ކިލޯ މީޓރު ބާރުމިނުގައި ވައިޖެހުނު މި ތޫފާނުގެ ބާރުގަދަ ކަމުން އާންމު ބައެއް ރައްޔިތުން ވަނީ ފަރުބަދަމަތީ ސަރަހައްދުތަކުން ހިމާޔަތް ހޯދާފައެވެ. ފަރުބަދަ މަތީ ސަރަހައްދުތަކުން ހިމާޔަތް ހޯދި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހެލިކޮޕުޓަރު ތަކުގެ އެހީގައި މިހާރު އެގައުމުގެ ސިފައިން ދަނީ ކުރަމުންނެވެ.

މީހުން ސަލާމަތް ކުރުމާއި އިންސާނީ އެހީ ފޯރުކޮށްދިނުން މިހާރު ކުރިއަށް ދާއިރު މި ތޫފާނަކީ ފަހުގެ ތާރީހުގައި އެފްރިކާއަށް އެރި އެންމެ ގެއްލުން ބޮޑު ތޫފާނުގެ ގޮތުގައި ބެލެވިދާނެ ކަމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.