ނިއު ޒިލޭންޑްގެ ދެ މިސްކިތަކަށް މިދިޔަ ހުކުރު ދުވަހު ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން، އެގައުމުގެ މުސްލިމުންނާއެކު ތިބިކަން ދައްކާލުމަށް، އަންނަ ހުކުރު ދުވަހު ގައުމީ ޓީވީންނާއި ރޭޑިއޯއިން ބަންގި ފޮނުވާނެ ކަމަށް، ބޮޑު ވަޒީދު ޖަސިންދާ އާދާން ވިދާޅުވެއްޖެއެވެ.

މުސްލިމުންގެ ތެރެއިން 50 މީހަކު، ނިރުބަވެރިޔާގެ ހަމަލާތަކުގައި ޝަހީދުވެ ދިޔަ އިރު، އެކަމުގެ ހިތާމައިގައި މުޅި ގައުމު ދަނީ ބައިވެރިވަމުންނެވެ.

" އެތަކެއް ބައެއްގެ ދިރިއުޅުން ހަލާކުކޮށްލި މީހާގެ ނަންވެސް ނުގަންނާނަން. އެއްވެސް މަޝްހޫރު ކަމެއް ދީގެން ނުވާނެ. އެއީ ހަމަ ސީދާ ނިރުބަވެރިއެއް. އޭނާ ލޯޔަރުވެސް ދޫކޮށްލީ އަމިއްލަ އެޖެންޑާ ކޯޓުގައި ފަތުރަން. މީޑިއާތަކުން ސަމާލުވެ ތިބެން ޖެހޭނެ. އޭނާގެ އެޖެންޑާ ފެތުރިޔަ ދީގެން ނުވާނެ. ގައުމުގެ ގާނޫނުތައް ބަދަލުކޮށްގެންވެސް ހައްގު އަދަބު ދޭނަން. މިސްކިތަށް ބަޑި ހިފައިގެން ހުރި މީހާ ވަނުމުން މިސްކިތުގައި ހުރި މީހާއަކީ ބުނީ "ހެލޯ ބްރަދާ"އޭ، އެކަމުންވެސް ވަރަށް ގިނަ ވާހަކަ ބުނެދޭ. އިސްލާމުންގެ ރިވެތި އުސޫލާ މަރުހަބާ ދައްކައިދޭ،" އެ ހާދިސާއާ ގުޅިގެން އާދާން ވިދާޅުވިއެވެ.

ނިއު ޒިލޭންޑްގެ ބޮޑު ވަޒީރު، އެ ގައުމުގެ މުސްލިމުންނާ ދޭތެރޭ ބަހައްޓަމުންދާ އޯގާތެރި ކަމަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ އިރު، އެކަމަނާ ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހު ދެ މިނެޓްގެ ހާއްސަ ސްކޫތެއް ގެނައުމަށާއި، ގައުމީ ޓީވީންނާއި ރޭޑިއޯއިން އިސްލާމުންގެ ބަންގި ގައުމަށް އިއްވުމަށެވެ.

އެފަދަ ގޮތަކަށް ގައުމަށް ބަންގީގެ އަޑު އިއްވުމަށް ނިންމާފައިވާ އިރު، އެގައުމުގެ ކޮލެޖު ޔުނިވާސިޓީތަކުގައިވެސް މިހާރު ބަންގި ޖަހަމުންދެއެވެ. އަދި މުސްލިމުންނާއެކު ތިބިކަން ހުރިހާ ރައްޔިތުންވެސް ދަނީ ދައްކަމުންނެވެ. އެފަދަ ކަންކަމުގެ ތެރެއިން މުސްލިމުންގެ ރިވެތި އުސޫލު ފެނި، އެގައުމުގެ އެތައް ބަޔަކު ދަނީ އިސްލާމް ދީން ގަބޫލުވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ކިޔާ

    އަލްޙަމްދުލިﷲ..ރޮވިއްޖެ..މާތްﷲ ކަންކަން ރާއްވަވާ ހިންގަވާގޮތުގެ ފުރިހަމަކަމާއެވެ..މާތްﷲ މި ކަމަނާއަށް ހިދާޔަތު ދެއްވަވާށި.

    244
    2
    • މ.އ

      އާމީން

      46
  2. ޢަބްދުﷲ

    ﷲ އަކްބަރު... ؛')

    176
    2
  3. ާަޢާލި

    މާތް ﷲ ފިޔަވާ އެހެން އިލާހަކު ނުވޭ. ކޮންމެ ކަމަކީވެސް އިމްތިހާނެއް. ކޮންމެ ކަމެއްގައިވެސް ހެވެއްވޭ. ޔާ ﷲ. ނިއުޒިލެންޑުންނާއި މުޅި ދުނިޔެއިން މުސްލިމުންނަށް ވާގިވެރިވާނެ ބަޔަކު ލައްވާ ގިނަ ބަޔަކަށް އިސްލާމީ ހިދާޔަތް ދެއްވާންދޭވެ.

    202
    3
  4. އައިންތީ

    އައި ޖަސްޓް ވަނަ ހަގް ހާ. އަވވވވ. ޜޮވިއްޖެ ހަމަ.

    108
    2
  5. ވިސްނާ

    ވިސްނާ ބަޔަކަށް އިބްރަތަކަށް ނުފުދޭތޯ. އިސްލާމްދީނާ ދެކޮޅަށް އެތައް ވާހަކައެއް އެތައް ކަމެއް ކުރަމުން އަންނަ ގައުމުތަކުގައި ހަމަ އެބައިމީހުންގެ އަތްތަކުން ދީނުގެ މަތިވެރި ޝިއާރުތައް މަތިވެރިކުރަން ފެށީ ނޫންތޯއެވެ. އެބައި މީހުން ނުރުހުނަސް އެބައިމީހުންގެ ހިޔަނިތައް ސަޖިދަކުރާ ވާހަކައާއި ނުރުހުނަސް އެކަލާނގެ ނޫރުފުޅު ނިންވާނުލެވޭނެ ކަން އޮންނަ ބަސްފުޅުގެ ތެދުކަމާއެވެ.

    59
  6. މުޖޭ ޑީޑީ

    ﷲއަކުބަރ.. މުސްލިމަކަށް ވީތީ ފަހުރުވެރިވަން.. ހަމަ އަސްލުވެސް ލޮލުން ކަރުނަ ހިލިއްޖެ.. އަޅުގަނޑު މެންގެ މިގައުމުގެ ވެރިންވެސް އިސްލާމްދީނަށް މިފަދައިން ހިތާނަމައޭ ހިތައްއަރާ..އެފަދަ ދުވަހެއް ދައްކަވާށި... އާމިން...

    66
  7. އިބުރަތްލިބިގަނޭ

    މިކަމުން މުސްލިމުން އިބުރަތް ލިބިގަންނަންޖެހޭ. ކޮއްމެކަމެއްވެސް މެދުވެރިވަނީ ﷲހިކުމަތުން. ނިކަންދެކިބަލަ ޝަހީދުވެގެންދިޔައީ 50މީހުން އެމީހުންގެ ބަދަލުގަ ﷲ ކިތައްމީހުންނަ މިކަމުގެ ސަބަބުން އިސްލާމްދީނުގެ ހިދާޔަތް ދައްކަވައިފި. އަދި ކިތައްމީހުންގެ ހިތުގަ މުސްލިމުންނަ ލޯބިޖެއްސިވީ. މިއީ ހިކުމަތެ މިއީ އިބުރަތެ. އެހެންވީމަ ހިތާމައެ ލިބުނުކަމުގާވިޔަސް ކެތްތެތިވެ ﷲގެހަޒުރަތުން ފަހުންލިބޭނެ އުފާވެރިކަމަށް އިންތިޒާރުކުރަންވީ.

    51
  8. ބަބުރު

    މިކަމާ ގުޅިގެން ލާދީނީމީހުންގެ މޭކަރާނެ ކަން ޔަޤީން.

    33
    3
  9. އަހުމަދުބެ

    ދުނިޔޭގައި މިވަގުތު ހުރި އެންމެ ބެސްޓް އަންހެން ބޮޑުވަޒީރު ޖަސިންދާ އާދާން ﷲ ކަމަނާއަށް ހިދާޔަތް ދައްކަވާ ރައްކާތެރިކުރައްދޭނވެ އާމީން.

    105
    2
  10. ހަމްޓީ

    އިރާދަކުރެއްވިއްޔާ މިކަމަނާ ފަހުނޭވާ ލާނީ ޝަހާދަތުގެ ދެކަލިމަ ކިޔުމަށްފަހު އާމީން

    114
    2
  11. ކެނެޑީ

    ހަމަގައިމުވެސް ކެނެރީގޭ މުހައްމަދު ނަޝީދަށްވުރެ މިކަމަނާ އިސްލާމްދީނަށް ކުރާ ޤަދަރު މާބޮޑު

    105
    6
    • ނިހާން09

      ހަމ ގައިމުވެސް ބޮޑުވަގު ޔާމީނަށްވުރެ މިކަމަނާ ދައްކާ ވާހަކަ ރަގަޅު.....

      38
      71
      • Anonymous

        ބަލާބަލަ މިހިރަ ލާދީނީ މީހުންގެ ފެންވަރު. އިސްލާމްދީނޭ ބުނާ އިރަށް ވަގުތުން ޔާމީނޯ. ބުނަން ވާހަކައެއް. ކަލޭމެން ކިތަންމެ ކަޑަވިޔަސް ރައީސް ޔާމީން ދެކެ ލޯބިވާ މީހުން މާ ގިނަ މިގައުމުގަ ތި ނަޝީދަށް ވުރެ. އެކަމު ބުނަން އަހަރެމެން އޭނާއަށް އަޅުކަން ކޮށް އިލާހަކަށް ހަދައިގެނެއް ނޫން މިއުޅެނީ.

        50
        8
        • ާއެނޮނިމަސް

          ޓާއީދުކުރާ މީހުން ގިނަނަމަ މިދިޔަ އިންތިހާބު ކާމިޔާބު ނުކުރެވުނީ ކީއްވެޔޯ؟؟؟

          1
          3
  12. މުހައްމަދު

    މިތިބެނީ އިންސާނުންނަކީ މީގެއިދިކޮޅު އަހަރެމެން 100 ޕަސެންޓް މުސްލިމް ނަމަވެސް ހައްތާދަނީ އިސްލާން ވަންތަ ކަން ނެތެމުން މުރުތައްދު ވެރިންގިނަވަމުން ދީނީކަންކަމަށް ފަރުވާކުޑަކުރަމުން މިސްކިތް ތަކަށް އެރުން ދުރުވްމުން ދީން ނިކަމެތިކޮށް ހަލާކުކޮށް ކާފިރުވަމުން މިގައުމު ސަލާމަތް ކުރާނެ ބަޔަކުނެތޭބުންޏަސް ރަގަޅުވާނެ ނަމާދުވަގުތު ރެސްޓޯރެންޓްތަކާއި ފިނިބުރުޖެހުމާއި ސިޔާސީ ކޮންމެސް ކަހަލަ މުޑުދާރު ކަމެއްގަ ހުރިގިތާމައެއްގެ ބޮޑުކަމާ!

    32
    1
  13. ނިރުބަވެރި

    ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި، ނިރުބަވެރި،

    4
    1
  14. ޑީ

    އުފާވެެރި ޚަބަރެއް. އަލްހަމްދުލިﷲ

    42
  15. ހުދުބޯ

    މުސްލިމުން ކިހާ ރަގަނޅު. މީހުން ބުނާނެ ހަޖަމު ކުރުން ބަލައިގަތުން މުސްލިމުންގެ ނުހުރެޔޭ. ބަލާބަލަ ރައްޔިތުންގެ މަޖްލިސް ހުޅުވަން ގުރުއާންވެސް އެކިޔެވީނު. ދެން ކްރިސްޓިއަން މެޖޯރިޓީ އޮންނަ ގައުމެއްގަ ބަންގި ވެސް އެގޮވަނީނު؟ މުސްލިމުންނަކީ ނަމޫނާއަކަށް ވަނީ މިހެންވެ.

    33
  16. Anonymous

    އަލްޙަމްދުލިﷲ..ރޮވިއްޖެ..މާތްﷲ ކަންކަން ރާއްވަވާ ހިންގަވާގޮތުގެ ފުރިހަމަކަމާއެވެ..މާތްﷲ މި ކަމަނާއަށް ހިދާޔަތު ދެއްވަވާށި.އިންޝާ ﷲ އަވަސް މުސްތަގުބަލެއްގައި ކަމަނާއަށް އިސްލާމްދީން ގަބޫލުކޮށް މުސްލިމެއްގެ ގޮތުގައި ލައްވާނެވިސްނުން އެކަމަނާއަށް ދެއްވާށި ޔާﷲ ޔާﷲ

  17. ޙަސަނުބެ

    އަލްޙަމްދުލިﷲ، ހާދަ ރަނގަޅު އޯގާތެރިވެރިންވެސް އުޅެއެވެ. މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން މުސްލިމުތަކުން އިތުރުކުރައްވާށިއެވެ. އަދި އެފަދަ ނުބައި ޢަމަލުތައް ހިންގާ ޝައިޠޯނުންނަށް ވަރުގަދަ އުޤޫބާތް މިދުނިޔެމަތީގައިވެސްް ދެއްވާށިއެވެ.

  18. ކޮޮސް

    ތިބޮޑުވަޒީރަކީ މުސްލިމެއްނަމަ ތިޔަ ފަދަ ކަމެއް ކުރީސްތަ؟ އޯގާވެރިކަމާ ރަހުމާ ހަމްދަރުދީ ހުރީސްތަ؟

    1
    2
    • މުސްލިމުން

      ކޮސްއަށް ހަމަ ނޭނގެނީތަ؟ ނޫނީ ގަސްދުގަ އެނގޭކަމަށް ނުހަދަނީތަ؟ބޮޑުވަޒީރު އެފަދަ ގޮތަކަށް ކަންކަން އެކުރައްވަނީ މުސްލިމުންގެ ފުށުން ފެނުނު ރިވެތި އަޚްލާޤުގެ ސަބަބުންކަން..މުސްލިމެއްގެ ގޮތުގަ ނެތަސް މިހާ ފާޅުކަން ބޮޑުގޮތެއްގަ މުސްލިމުންނަށް އިޙްތިރާމްކުރާކަން މުޅި ދުނިޔެއަށް ފެންނަގޮތަށް ކުރަންކެރުނު ޖެހިލުންކުޑަ ވެރިޔަކަށް މުސްލިމަކަށް ވީމަވެސް އެކަން އެގޮތަށް ކުރާން ކެރޭނެކަން ކަށަވަރު..އިސްލާމީ ރިވެތިއަޚްލާޤަކީ ހިލަހިތް މަޑުކޮށްލަދޭއެއްޗެއް..މިއަޚްލާޤު އަހަރެމެންނަށް ދަސްކޮށްދެއްވީ މުޅިދުނިޔޭގަވެސް އޭގެކުރިންވެސް އޭރުވެސް މިހާރުވެސް އަދި ފަހުންވެސް އެފަދަ ދެވަނައެއް ނުވާ ޝަޚްސިއްޔަތެއް.އެއީ އަހަރެމެންގެ މާތް ނަބިއްޔާ މުޙަންމަދު ޞައްލައްﷲ ޢަލައިހިވަސައްލަމް.