މިދިޔަ ހުކުރު ދުވަހު ނިއުޒިލޭންޑްގެ ކިރިސްޗާޗްގެ މިސްކިތަކަށް އަމާޒުކޮށް ނިރުބަވެރި ހަމަލާ އަށް ފަހު ނިއުޒިލޭންޑްގައި ސެމީ އޮޓަމެޓިކް ރައިފަލް ބޭނުން ކުރުން މަނާ ކުރަން ނިންމާފައިވާ ކަމަށް ނިއުޒިލޭންޑްގެ ބޮޑު ވަޒީރު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ދިން ހަމަލާއަށް 72 ގަޑިއިރު ނުވަނީސް ނިއުޒިލޭންޑްގެ ކެބިނެޓް އިން ވެސް ވަނީ އެގައުމުގައި ބަޑި ގެންގުޅުމުގެ އުސޫލު މުރާޖާ ކުރުމަށް މަޝްވަރާކޮށްފައެވެ.

ހުކުރު ދުވަހު މިސްކިތަށް ހަމަލާ ދިން މީހާ ބޭނުން ކޮށްފައި ވަނީ ސެމީ އޮޓަމެޓިކް ރައިފަލް އެކެވެ.

ނިއުޒިލޭންޑްގެ ބޮޑުވަޒީރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެގައުމުގައި އަސްކަރީ ސްޓައިލުގެ ސެމީ އޮޓަމެޓިކް ބަޑީގެ އޮތުރުން ރައިފަލް ވެސް މުޅިން މަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

މިދިޔަހުކުރު ދުވަހު އެގައުމުގެ ކްރިސްޓްޗާޗްގެ 2 މިސްކިތަށް ހުކުރު ދުވަހު ހުކުރު ނަމާދަށް ތައްޔާރުވެގެން ތިއްބާ ދިން ޓެރަރިސްޓް ހަމަލާ ގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 50 އަށް އަރާފައެވެ.

މިކިސްތަކަށް ދިން ހަމަލާގައި މިހާރު އޮސްޓްރޭލިޔާ މީހެއްގެ މައްޗަށް ދަޢުވާކޮށްފައިވާއިރު، މިސްކިތަށް ހަމަލާ ދެމުން ދިޔައިރު ފޭސްބުކް މެދުވެރިކޮށް އޭނާވަނީ މި މަންޒަރުތަށް ލައިވް ކޮށްފައެވެ.

މިވީޑިއޯގައި އެތައް މީހުންތަކެއް ޝަހީދުކޮށްލާ މަންޒަރު ފެންނައިރު، ބައެއް މީހުންގެ ގަޔަށް އެއްފަހަރަށްވުރެ ގިނައިންވެސް ބަޑި ޖަހައެވެ. މިހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު 72 އަކަށް ވަނީ އަރާފައެވެ. ބައެއް މީހުންގެ ގަޔަށް 5 ވަޒަންވެސް ވަނީ އަރާފައެވެ. ހޮސްޕިޓަލުތަކުން އަދި އެމަޢުލޫމާތުތައް ހިއްސާއެއް ނުކުރެއެވެ.

މިކިސްތަކަށް ދިން ހަމަލާގައި މިހާރު އޮސްޓްރޭލިޔާ މީހެއްގެ މައްޗަށް ދަޢުވާކޮށްފައިވާއިރު، މިސްކިތްތަަކަށް ހަމަލާދީ ރަޙުމް ކުޑަ ގޮތަކަށް ގިނަ ބަޔަކު މަރާލި ޓެރެރިސްޓް މީހާވަނީ އެކަން ހިނގުމުގެ ކުޑައިރުކޮޅެއް ކުރިން 72 ޞަފްހާގެ އެޖެންޑާ އެއް ޓްވިޓަރ މެދުވެރިކޮށް އާއްމުކޮށްފައެވެ.