ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން އަށް މީސް މީޑިއާގައި ގިނަ އަދަދެއްގެ މަރުގެ އިންޒާރުތަކެއް ދީފިއެވެ. ބޮޑުވަޒީރު އާޑެން އަށް ދެމުންދާ މަރުގެ އިންޒާރުތަކުގެ މައްސަލަ ނިއުޒިލެންޑްގެ ފުލުހުން މިހާރު ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

އާޑެން އަށް މަރުގެ އިންޒާރު ދިން ބައެއް ޓްވިޓާ އެކައުންޓްތައް މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.

އާޑެން އަށް މަރުގެ އިންޒާރުތައް ދެމުން މިގެންދަނީ ނިއުޒިލެންޑްގެ ކްރިސްޗާޗްގެ މިސްކިތްތަކަށް ދިން ހަމަލާއަށް ފަހު މުސްލިމުންނާއި އެކު އާޑެން ގާތްގުޅުމެއް ބާއްވަވާ އެހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

އާޑެން އަށް އިންޒާރުދިން އެކަކު ބަޑިއެއްގެ ފޮޓޯއަކާއި އެކު އާޑެން ޓެގް ކުރުމަށް ފަހު ކޮށްފައިވާ ޓްވީޓެއްގައި ބުނީ "ދެން އޮތީ ކަލޭ" ކަމަށެވެ.

އާޑެން އަށް ދެމުންދާ މަރުގެ އިންޒާރުތަކާއި ގުޅިގެން ބޮޑުވަޒީރުގެ އޮފީހުން ވެސް އަދި ޓްވިޓާއިން ވެސް މިހާތަނަށް ވަކިއެއްޗެއް ނުބުނެއެވެ. ނަމަވެސް މިއަދު ޓްވިޓާގެ ރަސްމީ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ނިއުޒިލޭންޑް ރައްޔިތުންނާއި އެކުގައި ތިބި ކަމަށް ބުނެފައެވެ. އެޓްވީޓް ކޮށްފައި ވަނީ މިސްކިތްތަކަށް ދިން ހަމަލާ އާއި ގުޅިގެން ހަމަހިމޭންކަމުގެ ސްކޫތު ފާހަގަ ކުރަމުން ދިޔަ ވަގުތު އެވެ.

އާޑެން އަށް މަރުގެ އިންޒާރުތައް ލިބެމުން އަންނައިރު އެކަމަނާ މިއަދު ވަނީ ކްރިސްޗާޗްގައި ބޮޑުޖަމާޢަތުގައި ހުކުރު ކުރި ސަރަހައްދަށް ވަޑައިގެން އެތަނަށް ޖަމާވި މީހުންނާއި މުހާތަބު ކުރައްވާ ވާހާކަފުޅު ދައްކަވާފައެވެ. ވާހަކަފުޅު ދެއްކެވިއިރު ބޮޑުވަޒީރު ހުންނެވީ ބުރުގާއެއް ވެސް ތުރުކުރައްވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖޯން ސައިކަލް

    ޙަޤީޤީ ޓެރެރިސްޓުން ނަކީ އިންޑިއާ، އެމެރިކާ ފަދަ ގައުމުތައް...

    79
    1
  2. އަޙަންމަދު

    ޓެރަރުސްޓުންނަކީ ކޮބާކަން އެނގި ހާމަވެ ފާޅު ވަމުން މިހިރަ ދަނީ ފިސާރި އަވަސް ސްޕީޑެއްގަ. އިރާދަ ކުރެއްވިއްޔާ ކުރިޔަށް އޮތީ މުސްލިމުންނަށް އުފާވެރިކަމުގެ ދުވަސްތައް. ލައްކަ ކެޅުންތައް ދީފީމުއެއްނު. ހަމަ ކަށަވަރުން ﷲގެ ވަޢުދުފުޅަކީ ފާޅުވެގެންވާ ތެދު ވަޢުދުފުޅު.

    117
    1
  3. އަހްމަދު

    އަލްޙަމްދުﷲ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ ނިއުޒިލެންޑުގެ ބޮޑުވަޒީރައް ހެޔޮރަޙްމަތްލައްވާ އިސްލާމްދީނުރިވެތިއުސޫލުތަކުން ޒީނަތްތެރިކުރައްވާ ތެދުމަގުދައްކަވާންދޭވެ އާމީން

    47
  4. މޮދީ

    އިންޑިއާ އަދި އެމެރިކާ ދުނިޔޭގެ ޗާޓުން ފޮހެލީމަ ދުނިޔެ އަމާްން ވާނެ

    50
    • ނަތަންޔާހޫ

      އަދި އިޒްރޭލް.

      41
  5. އުފާ އުފާ އުފާ

    އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްހުރިހާދުސްތަކެއްގާވެސް ކަމަނާއަށް ގައުމުގެވެރިކަމުގާހުރެވޭނޭގޮތް މިންވަރުކުރައްވާށި .. އާމީން

    43
    1
  6. އިބޫ

    އިންޝާﷲ އަދި މުސްލިމުން ނައް ދުނިޔޭގެ ވެރިކަން ލިބޭނެ.އަދި ޕުރައިމިނިސްޓަރ ވެސް މުސްލިމް ވާނެ. ހަޤީޤަތުގަވެސް ނިއުޒިލޭންދުގެ ރައްޔިތުންނާއި ބޮޑުވަޒީރު ތިޔަދެއްކެވީ އިސްލާމީ އުންމަތައްވެސް ނަމޫނާއެއް.ވަރައްވެސް ހިއްވަރުގަދަ ބަތަލާއެއް ބޮޑުވަޒީރަކީ

    46
    2
  7. ހުދުބޯ

    މިތާ ކޮމެންޓްތައް ކިޔާލުމުން މިދިވެހީންގެ ބަޔަކު ތިބި ފެންވަރު އެނގޭ. ބަލަ އެކަމަނާއަކީ ކްރިސްޓިއަނެއް ކަމެއް ނޭނގޭތަ؟ އެވަރުގެ ލޯތްބެއް އެހެން ދީނެއްގެ ބަޔަކާމެދު މުސްލިމަކަށް ވެވޭނެތަ؟

    1
    5
    • ސާބަހޭ

      ޢިސްލާމް ދީން ގައިވެސް އޮވޭ އެހެން ދީންތަކުގެ މީހުންވެސް ރަނގަލުކަމެއް ކޮށްފިއްޔާ އެބަޔަކަށް ލޯއްބާ އިހުތިރާމާ ޤަދަރު ދޭން. ޢަސްލުވެސް %100 މުސްލިމުންނޭ ކިޔައިގެން ތިބޭ ޤައުމުތަކަށްވުރެން ރީތި ނަމޫނާއެއް އެ ދެއްކީ އިންސާނިއްޔަތު ތެރިކަމާ ލޯތްބާ އަޅާލުމާ އެކުވެރިކަމަކީ ކޮބައިކަން އަދި ކިހާ މުހިންމު އެއްޗެހިކަން އެ އެންޤީ. ނިއުޒިލޭންޑް ގެ ރައްޔިތުންނަށާ ބޮޑު ވަޒީރާ ވެރިންނަށް. ތައުރީފް ހައްގު.

  8. ޗިއްލޫ

    ޖެސިންޑާ އާޑެންއަށް އިހުތިރާމާއެކު ޝުކުރުދަންނަވަން، ތިފަދަ ލީޑަރަކު މިދުނިޔެއިން ފެނިގެންދިޔަކަމީ ހުރިހާ އިންސާނުންނަށް ހުރި ލާމަސީލްމިސާލަކަށްވާނެ، މިގައުމުގެ ރައީސް އުޅުއްވަނީ މުސްލިމުން މެރި ޓެރަރިސްޓަށް ހިއްވަރުދީ އުފާފާޅުކުރަމުންދާ އިންޑިޔާ ވަރެއްނެތިގެން، ރައްޔިތުން ހޭއަރާކަށް ނުވޭތައަދިވެސް؟؟؟؟؟؟؟؟؟؟؟؟؟

    8
    1