ނިއުޒިލެންޑްގެ ކްރިސްޗާޗް މިސްކިތައް މިދިޔަ ހުކުރު ދުވަހު ދިން ނިރުބުވެރި ހަމަލާއަށް އެއް ހަފްތާ ފުރުން ފާހަގަ ކުރުމަށް މިއަދު ކްރިސްޗާޗްގައި ބޭއްވި ބޮޑު ޖަމާޢާތުގެ ހުކުރު ނަމާދު ފެށުމުގެ ކުރިން ހުކުރަށް ހާޒިރުވެ ތިބި މީހުންނާއި މުހާތަބުކޮށް ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން ވާހަކަފުޅު ފައްޓަވަމުން ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ ހަދީޘްފުޅެއް ވިދާޅުވެއްޖެއެވެ.

އާޑެން އިނގިރޭސިބަހުން ވިދާޅުވީ ކީރިތި ރަސޫލާ ސައްލަﷲ އަލައިޙި ވަސައްލަމް ހަދީޘްފުޅުގެ ދިވެހި މާނައަކީ "މުއުމިނުން އެއްބަޔަކު އަަނެއް ބަޔަކަށް ލޯބިވުމުގައްޔާއި، ރަހުމް ކުރުމުގައްޔާއި އޯގާތެރިވުމުގައި، އެމީހުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ، މުޅި ހަށިގަނޑު ހޭލާހުރުމުންނާއި ހުން އައުމުން އެ ގުނަވަނާއި ބައިވެރިވެ އެވެ."

ކަޅު ހެދުމަކާއި ކަޅު ބުރުގާއެއް ތުރުކުރައްވައިގެން ހުންނެވި އާޑެން ވިދާޅުވީ މުޅި ނިއުޒިލެންޑް އޮތީ މުސްލިމް އަޚުންނާއި އުޚުތުންނާއި އެކުގައި ކަމަށެވެ.

މިއަދު ކްރިސްޗާޗްގައި އޮތް ބޮޑު ޖަމާޢަތުގެ ހުކުރު ނަމާދަށް ވިހި ހާހަށްވުރެ ގިނަ މީހުން ޖަމާވިއެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ޣައިރު މުސްލިމުން ވެސް ހިމެނެއެވެ. ހުކުރު ނަމާދުގެ ޙުތުބާ ކިޔަމުން ދިޔަ ވަގުތާއި ނަމާދު ކުރަމުން ދިޔަ ވަގުތު ޣައިރު މުސްލިމުން ހަމަހިމޭންކަމާއި އެކު އެސަރަހައްދުގައި ތިއްބެވެ.

މިއަދުގެ ހުކުރު ނަމާދުގެ ކުރިން މުސްލިމުންނަށް ލިބުނު ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ނިއުޒިލެންޑްގައި ވަނީ ދެމިނެޓްގެ ހަމަހިމޭންކަމުގެ ސްކޫތެއް ގެނެސްފައެވެ. އެސްކޫތުގައި ނިއުޒިލެންޑްގެ އެތައް މިލިއަން ރައްޔިތުނެއް ބައިވެރިވިއެވެ.

މިދިޔަ ހުކުރު ދުވަހު ނިއުޒިލެންޑްގެ ދެ މިސްކިތަކަށް ދިން ހަމަލާގައި 50 މީހަކު ޝަހީދުވިއެވެ. އެހަމަލާއަށް ފަހު ނިއުޒިލެންޑްގެ ސަރުކާރުންނާއި އެގައުމުގެ އާއްމު ރައްޔިތުން ވެސް ގެންދަނީ މުސްލިމުންނަށް ހަމްދަރުދީފާޅުކޮށް ހެޔޮބަސްތައް މުސްލިމުންނަށް ރައްދު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މަބުނީ

    ސާބަހޭ ކަމަނާ..މުސްލިމުންގެ ތެރެއިންވެސް އަހަރެމެން ބޭނުންވަނީ މިކަހަލަ ހައްގުބަސްބުނަން ކެެރޭ ޖެެހިލުންކުޑަ ހިތްވަރުގަދަ ވެރިންތަކެއް..

    102
  2. ޢަބްދުއްލަޠީފު

    100 ޕަސެންޓް މުސްލިމުން ދިރިއުޅޭ މި ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުން ހަމަ ހިރުވާތަން ކަހާލާކަށްވެސް ބޭނުމެއްނޫން ދޯ؟ %100 މުނާފިގުން އުޅޭހެން ނުދެނެހުރިކަމަށް ހަދައިގެން ތިޔަ ތިބެނީ. ވަގުތު ނޫހުން ތިޔަކުރަށްވާ ބުރަމަސައްކަަތަށް ޝުކުރިއްޔާ!

    103
    1
  3. އިބްރާ

    ދޮން ކާފަރަކު ހަމަލާދިނީމަ ނިރުބަވެރި. މުސްލިމަކުނަމަ ޓެރެރިސްޓް.

    30
    11
    • ލޮލް

      ބަލަ ދިވެހިބަހުގަ ޓެރަރިސްޓަށް ކިޔަނީ ނިރުބަވެރިކަމެއްނޭނގޭތަ؟؟؟؟

      34
    • ^

      ނިރުބަވެރިގެ މާނައަކީ ޓެރަރިސްޓް.

      31
  4. ނަފާ

    ﷲމިކަނާއަށްތެދުމަގުދައްކަވާ އިސްލާމްދިންމަތިލަހަށްޱަވާށި امين

    130
    3
  5. ހިކުމަތްތެރި

    އަލްހަލްދުލިﷲ .. ކަމަނާއަށް އުފާވެރިމުސްތަޤްބަލަކަށްއެދެމުން ފުރިހަމަމުސްލިމަކަށްވުމުގެތައުފީޤުދެއްވުންއެދި ދުޢާކުރަން ..

    120
    2
  6. ޜާއްޖެ އިސްލާމް

    ޢިންޑިއާ ނަމަ މިޔަދު މުސްލިމުންނަށް ހުކުރައްވެސް ނުދެވޭނެ އޭގެއިތުރުން އިތުރު މިސްކިތްތަކަށް ހަމަލާދިނީސްކަން ޔަގީން.
    އެމީހުންނާ ބެހޭކަމަކަށް ނުވިނަމަވެސް މުސްލިމުންނަށް މިލިބުނު ހިތާމަޔާ ގުޅިގެން އިންޑިއާގައި ވަނީ އުފާފާޅުކޮއްފަ

    74
    3
  7. ނޮކިޔާ

    މުޅި މުސްލިމު އުންމަތް އަދި ދުނިޔެޭގެ އެންމެންގެ ލޯބި މިއަންހެނާ ހޯދީ ނަބިއްޔާގެ ސުންނަތުންސާބިތުވާ މަޑުމައިތިރި ކަމާއި ހުލްގުހެޔޮކަންބޭނުންކޮށްގެން. ދިވެހީންގެތެރޭ ހުރިހާކަމެއް ދަންނަކަމަށް ހެދިގެންތިބި ހައްދުފަހަނައެޅިމީހުން ނަށް ވަރަށް އަގުހުރި ފިލާވަޅެއް ލިބިގެންމިދިޔައީ. ދީނެއް މަޒްހަބެއްނެތި ﷲ ގެ އަޅުންނަށް ހެޔޮކޮށް ހިތާ ހެޔޮބަސް ބުނާނަމަ އިސްލާމްދީން ކުރިއަރާދާނީ ބާރު ސްޕީޑްގަ. ކޮންމެ ޝޭހަކު ތިމަންމީ ނަބިއްޔާގެ ސުންނަތްތައް ތަބާވާމީހެކޭ ކިޔާއިރު މިބައިގަނޑުގެ ފަރާތުން ވަރަށް ހަރުކަށިކަމާއި ލާއިންސާނީ ބަސްތައް ދަނީ އިވެމުން. މާތް ނަބިއްޔާއާއި މިބޮޑު ރިސާލަތު ﷲ ހަވާލުކުރެއްވީ ވެސް އޭގައި އެތަކެއް ހިކްމަތަކާއި އިބްރަތްތަކެއްވާތީ ކަން ކަށަވަރު. ޔާ ﷲ މި އަޅާ މިލިއުނު ވާހަކާއިގަ އުރެދުމެއްވާނަމަ އަފޫކުރައްވާނދޭވެ. ޢާމީން

    17
    1
  8. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ދިވެހިރާއްޖޭގެ މިސަރުކާރުން މިހަމަލާ ކުއްވެރިކުރިތަ؟ ނުކުރޭ! އެކަމަކު އިންޑިޔާގެ ގެރިއެއް މަރުވިނަމަ ހަމްދަރުދީގެ މެސެޖު ފޮނުވީސްކަން ހަމަ ޔަގީން! މިމީހުންގެ އެޖެންޑާ ރައްޔިތުންނަށް އަދިވެސް ގެޓުވާކަށްނުވޭތަ؟ ވިސްނާ!

    17
  9. އައިނ

    ޔާ ﷲ ވަޒީރު އަށް އިސްލާމް ދިީނުގެ ތެދުމަގު ދައްކަވާ ކަމަނާގެ ވެރިކަން ބާރުގަދަ ކުރަންވާ މުސްލިމުންނަށް އޯގާތެރި ވެރިއެއް ކަމުގައި ލައްވާދޭ. އާމީން

    49
    2
  10. ގަލަން

    ތިކަމުން ދައްކަނީ ހަޖަމު ކުރުމުގެ ކެތްތެރިކަން ހުރީ ކޮންބައެއްގެ ކިބައިގައި ކަން

    9
    1
  11. ނޭމާ

    އޭނާގެ ކިބައިގައި ލޯތްބާ ހަމްދަރުދީ ހުރީ އޭނާ އަކީ މުސްލިމެއް ވީމައެއް ނޫން ކުދިންނޭ

    11
    3
  12. އަލީ

    ޔާﷲ ކަމަނާއަށް އިސްލާމްދީންގެ ހިޔާޔަތުދެއްވާ ސުވަރުގޭގައި ގަނޑުވަރެއް ބިނާ ކޮށްދެއްވާންދޭވެ..އާމީން

    29
    1
    • ސޮރު

      މުސްލިމަކަށް ވީމާ އެދައިތައަށް ސުވަރުގެ ލިބިދާނެ ތޯއްޗެއް. އެކަމަކު އެހެން ދީނެއްގެ ބަޔަކަށް އެފަދަ ލޯތްބެއް ނުދެވޭނެ.

  13. ޚާން

    ބާޣޫޒްގައި ހަފްތާއެއްތެރޭ 10 ހާސް މުސްލިމުން މަރާލުމަކުން ތަދު އިހުސާސްވާ ބައެއް ނެތް

  14. ޅަބޭ

    ކަނބުލޮ ކީއްވެތަ ދެން އެންމެން ކުރިމަތީ އިސްލާމުނުވީ.................؟؟؟؟؟!!!!!!!!!