ނިއު ޒިލޭންޑްގެ ދެ މިސްކިތަކަށް ދިން ހަމަލާއާ ގުޅިގެން، "އެގައުމުގެ އެތައް ބައެއްގެ ހިތްތައް ފަޅައިގެން ދިޔަ ނަމަވެސް، އެގައުމު ބައިބައެއް ނުވެއެވެ." މިއީ ހުތުބާގު ބާރުގަދަ ބަސްތަކެވެ. ތެދެއްވެސް މެއެވެ. މުޅި ނިއު ޒިލޭންޑުން، ދުނިޔެއަށް ނަމޫނާ ދައްކައިފިއެވެ. އެކަކު އަނެކަކަށް ދޭން ޖެހޭ ލޯތްބާއި އިހުތިރާމް ދައްކާލައިފިއެވެ.

ހާއްސަކޮށް، އިސްލާމީ އުންމަތަށް ލިބެމުންދާ އަނިޔާތަކަށް، އެހެން ގައުމުތަކުންވެސް ކަންކުރަންވީ ރިވެތި އުސޫލު ދައްކާލައިފިއެވެ. ނިއު ޒިލޭންޑްގެ ހުކުރު ނަމާދު، މިއަދު މުޅި ގައުމަށް ލައިވް ކުރި އިރު، އެގައުމުގެ ބޮޑުވަޒީރުގެ އިތުރުން އެތައް ބަޔަކު ވަނީ މުސްލިމުންނާއެކު ތިބިކަން ދައްކާލަފައެވެ. ހުކުރު ނަމާދުގެ ހުތުބާ އަޑު އެހުމުގައި މުސްލިމު ނޫން މީހުންވެސް ބައިވެރިވެ، އިސްލާމް ދީނަކީ އެގައުމުގައި އަބަދުވެސް ބަލައިގަންނާނެ މަތިވެރި ދީނެއްކަން ވަނީ ދައްކާލާފައެވެ.

ފޮޓޯގައި ފެންނަން ހުރީ ކޮންސްޓޭބަލް މިޝޭލް އީވަންސްއެވެ. ސެމީ އޮޓޮމެޓިކް ރައިފަލްއަކާއެކު ހުރި އޭނާއަށް މުޅި އިންޓަނެޓްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ކްރައިސްޓް ޕާކުގެ މެމޯރިއަލް ޕާކް ގަބުރުސްތާނުގައި ގާޑުކޮށްގެން ހުރި މިޝޭލް ހުރީ ބުރުގާގައެވެ. މޭމަތީގައި ޖަހާފައިވާ ފިނިފެންމަލުން އެތައް ވާހަކައެއް ބުނެދެއެވެ.

އެސޯސިއޭޓެޑް ޕްރެސްގެ ފޮޓޯގްރަފާ ނަގާފައިވާ ބާރުގަދަ ފޮޓޯ އެތައް މީޑިއާއަކަށް އަރާފައިވާ އިރު، އެ ފޮޓޯއިން ދައްކުވައިދެނީ އެންމެ މަންޒަރެކެވެ. ނިއު ޒިލޭންޑްގެ އެއްބައެއް ވަންތަކަމެވެ. އިސްލާމް ދީނަށް އެގައުމުން ދިން މަތިވެރި މަގާމެވެ. އެތައް އަންހެނުންނެއް ބުރުގާގައި މަގުތައް ފުރާލީ، މުސްލިމުންނާއެކުގައި ތިބިކަން ދެއްކުމަށެވެ. ދުނިޔެއަށް މިސާލު ދައްކައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހައިކޫ

    އިންޑިއާއަށް ސަޕޯރޓު ކުރާ ބަޔަކަށް ދިވެހި ރައްޔިތުން ވޯޓް ނުދެއްވާތި އެ މުޝްރިކުން ވަނީ ނިއުޒިލޭންޑްގައި ޝަހީދު ކޮށްލެވުނު މުސްލިމުންނަށް ނިކަމަތިކަންދީ ޤާތިލަށް ތަޢުރީފްކޮށް އުފާ ފާޅުކޮށްފައެވެ.

    53
    2
  2. ޢުފާ

    ޢުފަލުން ރޮވިއްޖެ. ޢިރާދަކުރެއްވިއްޔާ އިސްލާމީ އުންމަތް ގަބޫލު ކުރާ މީހުން ގިނަ ކުރައްވާނެ

    96
    1
    • ރޯގޯނި

      މަށަށްވެސް ރޮވިއްޖެ.

      16
  3. ދިވެހިި

    ނިއުޒީލެންޑު މުސްލިމުގައުމަކަށް ވާން ތައްޔާރުވަނީ. އޭރުން ޔޫރަޕަށް އަނެއް ހަ ބަލާވެރިކަން އައީ.

    11
    6
  4. ޗިއްލޫ

    ނިއުޒިލޭންޑުގެ ބޮޑުވަޒީރު ޖެސިންދާ އާއި އެގައުމުގެ ރައްޔިތުންނަށް ވަރަށް ވަރަށް ޝުކުރުދަންނަވަން، އަދި މިދިވެހިގައުމުގެ ވެރިންގެ ކިބައިން މިފެންނަނީ ހުކުރުދުވަހު ދިންހަމަލާއަށް ތައުރީފްކޮށް ވާހަކަދައްކާ އިންޑިޔާގެ އަޅުތަކެއްގޮތުގަ އެކަމާހިތާމަކުރަމުން ރައްޔިތުންގެ އަރިހުން ދިވެއްސަކަށްވީީތީ އެދެނީ ކުރިޔަށްއޮތް އިންތިހާބުގަ މިސަރުކާރަށް ތާއިދުކުރާ މެންބަރުންނަށް ނޫނެކޭބުނަން!

    31
    3
  5. ހަސަނު

    ނިއުޒީލެންޑުގައި ތިބި ދިވެހިން ދިޔަތަ ބުރުގާ އަޅާފަ. ބަޔަކު ރަނގަޅުވަނީ މުސްލިމު ވެގެން ނޫންކަން މިހާރު އެނގިއްޖެއެއްނު؟

    5
    3