ސަލްވާ މުސްތަފާއަކީ، ނިއު ޒިލޭންޑް ހާދިސާގައި އެންމެ ބޮޑު ހިތާމައެއް ކުރިމަތިވި އެކަކެވެ. ދެ މިސްކިތެއްގައި އެތައް މުސްލިމުންނެއް ނަމާދުގެ މަތިވެރި އަޅުކަމުގައި ތިބި ވަގުތު، ނިރުބެރިވެރި ހަމަލާއެއް ދީ 50 މުސްލިމުން ޝަހީދު ކޮށްލާފައިވާ އިރު، އޭގެ ތެރޭގައި ސަލްވާގެ ފިރިމީހާއާއި ކުޑަ ފިރިހެން ދަރިފުޅު ހިމެނެއެވެ.
ސީރިއާގެ ހަނގުރާމައިން ސަލާމާތްވެ ޖޯޑަންގައި ރެފިއުޖީންގެ ގޮތުގައި އެތަކެއް ދުވަހަކު އުޅެމުންދިޔަ ސަލްވާގެ އާއިލާއިން ނިއު ޒިލޭންޑަށް ގަބޫލުކުރީ މިދިޔަ އަހަރުއެވެ. އެ ގައުމުގައި ދިރިއުޅޭތާ މަދު ދުވަސްވެފައިވީ ނަމަވެސް، އާއިލާއިން ވަނީ ހިތްހަމަ ޖެހިލައިފައެވެ. ކުޑަ ދަރިފުޅުހަމްޒާ މުސްތަފާއާއެކު ޒައިދު މުސްތަފާވެވެސް ކަޝްމެއާ ސްކޫލަށް ދާ އިރު، އެތައް ރައްޓެހިންނެއް މިހާރުވެސް ވަނީ ލިބިފައެވެ.
ހިތްހަމަ ޖެހުމާއެކު އާއިލާއިން ދިރިއުޅެމުންދިޔަ ދިޔުމަށް ނިމުން ގެނުނީ މިސްކިތްތަކަށް ދިން ނިރުބެރި ހަމަލާއެވެ. އެ ރަށްޓެހިންނާ ސަލްވާގެ ދަރިފުޅު ވަކިވެގެން ދިޔަ އިރު، ސަލްވާގެ ލޯބިވާ ފިރިމީހާ، މުސްތަފާ ޝަހީދުވެ ދިޔައީ ދަރިފުޅު ޒައިދު ކުރިމަތީގައެވެ. ދިރިއުޅުމަށް ދެން އަޅަން ޖެހޭ ފިޔަވަޅު އަޅަން ތެދުވަންވެސް ޒައިދު ވަނީ ނުކުޅެދިފައެވެ. ފަޔަށް އެރި ވަޒަނާ އެކުގައެވެ. ހިތާމައިގެން ކޮޅެއް ނެތެވެ.
ޒައިދުގެ ބައްޕައާއި ކޮއްކޮ، ހަމްޒާ ފަސްދާނު ލެވިގެންދިޔަ އިރު، ނުކުޅެދުންތެރިކަމުގައި ޒައިދު އިންނަން ޖެހުނީ ބަލާށެވެ. ސަލްވާއަށް ޖެހުނީ ކެތްތެރިވާށެވެ. އާއިލާ އަލުން އާރާސްތު ކުރުމަށް ތެދުވާށެވެ.
"އަހަރެން ގަބޫލުކުރަނީ، އިންޝާ ﷲ އަހަރެންގެ ދަރިފުޅާއި ފިިރިމީހާ ވާނީ ސުވަރުގޭގައި ކަމަށް. އަހަރެންގެ އަނެއް ދަރިފުޅު ކުރިމަތީގައި ހުރިހާ ކަމެއް ހިނގާ ދިޔައީ. އޭނާ ރުޅިވެސް ގަދަވި، ދެރަވެސްވި. އެކަމަކު ރަނގަޅުވާނެ އިންޝާﷲ" ސަލްވާ ބުންޏެވެ.
ހިތްވަރާއެކު ސަލްވާ ވާހަކަ ދެއްކި ނަމަވެސް، އޭނާގެ ހިތްވާނީ ފަޅައިގެން ގޮސްފައިކަން ޔަގީނެވެ.
އިންޝާﷲ. ތި އުހުތާ އަށް ކެތް ތެރިކަން ދެއްވާދޭ. އާމީން
އަދި ތިޔަ އުޚުތާއަށް ވެސް ދެވޭނެ. ށަހީދެއްގެ އަނބިކަނބަލެއް ތިޔައީ. މީ ދޮގެއްތަ؟
އިންޝާﷲ.ތި އުހުތާ އަށް ހެޔޮގޮތް މިންވަރު ކުރައްވާންދޭވެ. އާމީން