ނިއުޒިލޭންޑްގައި މިދިޔަ ހުކުރު ދުވަހު ހުކުރު ވަގުތާއި ދިމާކޮށް ދިން ހަމަލާގައި 50 މީހުން ޝަހީދުވިއިރު، އެ މިސްކިތުގައި އެވަގުތު ތިބި ފަރާތްތަކުން އެދުވަހު ކަން ހިނގި ގިތް މީސްމީޑިޔާގައި މިހާރު ދަނީ ހިއްސާ ކުރަމުންނެވެ.

މިގޮތުން މުޙައްމަދު ކަވާޖް އަކީ އެދުވަހުގެ ނިރުބަވެރި ހަމަލާދިން ވަގުތު، މިސްކިތުގައި ނަމާދު ކުރަން ގޮސް ހުރި މީހެކެވެ.

“ބާރު އަޑު ފައްގަނޑެއް އިވުމުން ފުރަތަމަ ހީކުރީ ކުޑަކުދިން ތަކެއް، ފަޓާސް އަރުވަނީ ކަމަށް. އެހެންވެ އެހާބޮޑު ސަމާލުކަމެއް އެކަމަކަށް ނުދެން. ދެން ކުއްލިއަކަށް މީހުންތައް ރޯއަޑު އިވުނީ. ކަމުގެ ސީރިޔަސްކަން އެނގުނީ އެހާހިސާބުން.” އޭނާ ބުންޏެވެ.

މުޙައްމަދު އިތުރަށް ބުނެފައިވަނީ އޭގެ ދުވަހެއް ކުރިން، އޭނާގެ އަމިއްލަ ޤައުމު ކަމަށްވާ އިންޑިޔާއަށް އަލުން ދިރިއުޅުން ބަދަލު ކުރަން ވާހަކަދެއްކި ކަމަށާއި ހަމަލާތަކާއެކު ފުރަތަމަ ސިނކުޑިއަށް އައީ އެވާހަކަތައް ކަމަށެވެ.

“ބުރާސްފަތި ދުވަހު، އަހަރެންނާއި އަހަރެންގެ ރަޙްމަތްތެރިއަކު ވާހަކަ ދެއްކިން، އަނބުރާ ޤައުމަށް ދާވަހަކަ. ބަޑީގެ ހަމަލާއާއެކު ފުރަތަމަ ވެސް ހަނދާންވީ އެކަން.” އޭނާ ބުންޏެވެ.

ނިއުޒީލެންޑްގެ ދެ މިސްކިތަކަށް ދިން ނިރުބަވެރި ހަމަލާގައި ޖުމްލަ 50 މީހުން ޝަހީދުވެފައިވާއިރު، މީގެ ތެރޭގައި7 އިންޑިޔާއަށް ނިސްބަތްވާ މީހުން ހިމެނެއެވެ.