މިދިޔަ ހަފްތާގެ ހުކުރު ދުވަހު ނިއު ޒިލޭންޑްގެ ދެ މިސްކިތަކަށް ދިން ހަމަލާގައި އެގައުމުގެ ފަންސާސް މުސްލިމުންނެއް ޝަހީދު ކޮށްލާފައިވާ އިރު، އެތައް އާއިލާއަކަށް ވަނީ ހިތްދަތިކަން ކުރިމަތިވެފައެވެ. އެ ހިތާމައިގައި މިއަދު މިއީ ގައުމުގައި ހިތާމަފާޅު ކުރި ދުވަހެކެވެ. މުސްލިމުންނާއެކު ތިބިކަން އެގައުމުގެ އެތައް ބަޔަކު މިއަދު ދައްކާލިއެވެ.
ގައުމީ ޓީވީން ހުކުރު ނަމާދުގެ ބަންގިއާއި ހުކުރު ނަމާދުވެސް ލައިވް ކުރި އިރު، ހަމަލާދިން ދެ މިސްކިތުގެ ކައިރީގައިވެސް ވަނީ މީހުން ފުރާލާފައެވެ. އަންހެނުން މުސްލިމުންގެ ރިވެތި ސަގާފަތުގައި، ބުރުގާވެސް އަޅައިގެންނެވެ. އެތައް ހާސް ބަޔަކު ޖަމާވި އެއްވުމުގައި ވާހަކަ ދެއްކުމަށް ބޮޑު ވަޒީރު ޖެސިންދާ އާދާން ފެށީވެސް، ކީރިތި ރަސޫލާގެ ހަދީޘަކުންނެވެ.
އެ އެއްވުމުގައިވެސް އެތައް އަންހެނުންނެއް ބުރުގާގައި ދިޔަ އިރު، ފުލުހުންވެސް މިއަދު މަގުތަކުގައި ފޯރިމެރީ ބުރުގާގައެވެ. އެކަމުގެ ތެރެއިން ޓީވީ ޕްރެސެންޓަރުންވެސް މިއަދު ހަބުރުތައް ގެނެސްދިނީ ބުރުގާގައެވެ.
އެ ހުރިހާ ކަމަކުންވެސް ދައްކުވައިދިނީ ނިއު ޒިލޭންޑްގެ އެއްބައެއް ވަންތަކަމެވެ. އިސްލާމް ދީނަށް އެގައުމުން ދިން މަތިވެރި މަގާމެވެ. އެތައް އަންހެނުންނެއް ބުރުގާގައި މަގުތައް ފުރާލީ، މުސްލިމުންނާއެކުގައި ތިބިކަން ދެއްކުމަށެވެ. ދުނިޔެއަށް މިސާލު ދައްކައިފިއެވެ.
ތީ ބުރުގާއަށް ހަޖޫ ޖެހުމެއްނު. ތިއަށްވުރެ ރީތިކޮށް އަޅަން ޖެހޭގޮތައް ބުރުގާއަޅާ އަޅަންޏާ! އިންޑިއާމީހުން ދޮޕައްޓާގަނޑު ބޯމަތިންއެއްލާހެން ތިއޮތީ އެއްލާފަ.
ޔާ ﷲ ނިއުޒިލޭންޑުގެ ބޮޑު ބަޔަކައް ތެދުމަދެއްވާންދޭ! އާމީން!
ޔާﷲ ނުއުޒީލެންޑުގެ ބޮޑުބަަޔަކައް ތެދުމަގުދެއްވާ އަޅަމެންނަށް ނަސްރުދެއްވާ އަޅަމެންގެ ފާފާ ފުއްސަވާންދޭ!
އެއީ ބުރުގާ ތަ ވަގުތުގެވެސް ލޮލުގެ މައްސަލަ އެއް ހުރީބަ
އެމީހުންނަކީ މުސްލިމުންނެއް ނޫން. އެކަމަކު މުސްލިމުންގެ ދިފާޢުގަ އެމީހުންނަށްވެސް ކުރެވުނު ކަމެއް ކޮށްފިތާދޯ. ބުރުގާގެ ނަމުގަ ކޮންމެވެސް އެއްޗެއް ކޮންމެވެސް ވައްތަރަކަށް އަޅައިފިތާ. މުސްލިމުންގެ ދިފާޢުގަ އަޑުވެސް އުފުލައިފިތާ. އެކަމަކު މިއޮތް ސައްތަ އިން ސައްތަ މުސްލިމު ނަމުގަ އޮތް ރާއްޖޭގަ ފާޅުގަ އިސްލާމްދީނަށް ހަޖޫޖަހާ ވާހަކަ ދައްކާ މީހުން ކުއްވެރިކޮށް މިއޮތް ސަރުކާރުން އަދި އިސްލާމިކް މިނިސްޓްރީ އިން އިސްލާމް ދީނުގެ ދިފާޢުގަ އެއްޗެއް ނުބުނެޔޭ. މީ ކިހާ ދެރަ ކަމެއް
އެއީއޭ ހަޖޫޖެހޭ ކަމަކީ.
ތިއަށް ނުކިޔާނެ ބުރުގާ އެޅުމެކޭ.
އެނގިއްޖެތަ އެއީ ބުރުގާ އަޅަންވީ ގޮތް. މިފަދަ ހޫނު ގައުމުގައި ކަޅުފޮތިން ބުރުގާ އެޅުވުމަކީ ގަމާރު ޖާހިލު ބަޔަކު ކުރުވާ ކަމެއް. ދެން މާދަމާ ނަގަންވީ. އަޅަންވީމަ އަޅަންވީ.