ބުރުންޑިގެ ރައީސް ޕީއޭ އެންކުރުންޒީޒާގެ ފޮޓޯއެއްގައި ކުރެހި ދަރިވަރުންތަކެއް ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރާނެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

މިދިޔަ ހަފްތާ ބަންދުގައިވެސް އެ ކުދިން ހޭދަކުރަން ޖެހުނީ ޖަލުގައެވެ. މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެ ކުދިންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ހެޑް އޮފް ސްޓޭޓްއަށް މަލާމަތް ކުރި ކަމުގެ ދައުވާއެވެ.

ގަލަން ބޭނުންކޮށްގެން އެ ކުދިން ކުރަހާފައި ވަނީ އެ ކުދިންގެ ސްކޫލް ޓެކަސްޓް ފޮތެއްގައި ހުރި ރައީސްގެ ފޮޓޯއެއްގައެވެ.

އެ މައްސަލާގައި ހައްޔަރުކުރި ދަރިވަރުންގެ ތެރެއިން 13 އަހަރުގެ އަންހެން ކުއްޖަކު ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލާފައި ވަނީ އުމުރުގެ ގޮތުން މާ ކުޑަކަމަށް ބުނެއެވެ.ނަމަވެސް ދެން ތިން ތިން އަންހެން ކުދިން ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަަލަ އެ ކުދިންގެ މައްޗަށް ސާބިތުވެއްޖެނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެފަދަ ފޮތްތަކަކީ ބައެއް ފަހަރު އެއް ކްލާސް އިން އަނެއް ކްލާހަށްވެސް ގެންދާ ފޮތަކަށްވާތީ، އެ ފޮތުގައި ސީދާ ކުރެހީ ކާކުކަން ހޯދަން އުނދަގޫ ވާނެއެވެ.

މީގެ ކުރިންވެސް އެފަދަ މައްްސަލައެއް ވަނީ ފެންމަތިވެފައެވެ. 2016 ވަނަ އަހަރު އެލެމެންޓްރީ ސްކޫލެއްގެ ކުދިންތަކެއްވެސް ވަނީ އެފަދަ މައްސަަލައެއްގައި ހައްޔަރުކޮށްފައެވެ.

Burundi: Schoolgirls face 5 years in prison for drawing on president’s photo

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިސިގިކި

    އަހަރުން ވެސް ތިހެން ހަދަން ވ ގިނައިން

    • ^

      އަހަރެން ވެސް ހުންނާނެ ދިވެހި ފޮތުގައި ހުންނަ އަދީބުންގެ ފޮޓޯތަކުގައި ކުރަހާފަ.