މިއަދު މީސްމީޑިޔާއާއި މީޑިޔާތަކުގައި އެންމެ ބޮޑަށް އަޑު ހިފާފައިވަނީ، ޖަސިންޑާ އާޑާން ވާހަކަތަކެވެ. މިދިޔަ ހަފްތާގެ ހުކުރު ދުވަހު އެޤައުމުގެ ދެ މިސްކިތަކަކަށް ދިން ހަމަލާއެއްގައި 50 މުސްލިމުން ޝަހީދުކޮށްލި ނިރުބަވެރި ހަމަލާއަށްފަހު، ބޮޑު ވަޒީރުގެ ޢަމަލުފުޅު ހުރި ގޮތުން އެކަމަނާއަށް ގިނަ ބައެއްގެ ލޯތްބާއި ތަޢުރީފް އެކަމަނާއަށްވަނީ ލިބިފައެވެ.

މީގެ ކުރިންވެސް ނިއު ޒިލޭންޑްގެ ބޮޑު ވަޒީރަކީ ތަފާތު ކަނބަލެކެވެ. މިގޮތުން އެކަމަނާއަކީ ހެއުމުގެ ޗުއްޓީ މިހާތަނަށް ދުނިޔޭގެ ތާރީޚްގައިވެސް ނެގި ފުރަތަމަ ލީޑަރ އެވެ. ވިހެއުމުގެ ޗުއްޓީގައި 6 ހަފްތާ ދުވަހު މަޑު ކުރުމަށްފަހު އޭރު، އެކަމަނާ އަނބުރާ އޮފީހަށް ވަނީ ވަޑައިގެންފައެވެ. ޖަސިންޑާ އޭނާގެ ފުރަތަމަ ދަރިފުޅު ވިހާފައިވަނީ މިދިޔަ އަހަރު ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.

ސިޔާސީ ދާއިރާއެއްގައި އެހާމަތީ މަޤާމެއްގައި ހުރެ ބަނޑު ބޮޑުވީ މިހާތަނަށް ދެމީހުންނެވެ، އެއީ ބޮޑުވަޒީރު ޖެކިންދާ އާއި 1990 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ބޭފުޅާއެވެ.

ނިއު ޒިލޭންޑްގެ ބޮޑު ވަޒީރަށް ގިނަ ބައެއްގެ ތަޢުރީފް އޮހެމުންދާއިރު، އެކަމަނާ ނިއުޒިލޭންޑްގެ ބޮޑު ވަޒީރު ކަމާ ހަވާލު ވެޑައިގެންފައިވަނީ 21 އޮކްޓޯބަރ 2017 ވަނަ އަހަރުއެވެ. އެއަށްފަހު ނިއު ޒިލޭންޑްގެ މަޝްރަޙް ހަމައަކަށް އެޅުވުމަށް އެކަމަނާ ވަނީ ގިނަ މަަސައްކަތްތަކެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކޮން ހެއުމުގެ ޗުއްޓީއެއް

    6
    1
  2. ދިވެހިރައްޔިތެއް

    މާތްﷲ މިކަމަނާއަށާއި މުޅި ނިވްޒީލޭންޑްގެ ރައްޔިތުންނަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތު މިންވަރުކުރައްވާށި. އާމީން....